ދުނިޔެ ވަށާ ދަތުރު ކުރާ އެތަކެއް ހާސް ސެޓެލައިޓުގެ ނިމުން އަންނަނީ ދުނިޔެއަށް އެންބުރި ވަންނަ އިރު އަލިފާނުގެ ގޮވުން ތަކާއި އެކުއެވެ. ޔޫރަޕުގެ ޖައްވީ އިދާރާއިން މިއަހަރު ފަހުކޮޅު ޖައްވަށް ފޮނުވުމަށް ތައްޔާރުވާ ކިއުބްސެޓް ސެޓެލައިޓްގެ ފަހު ވަގުތުކޮޅު ހަމަގައިމުވެސް މާ ބޮޑު ދިއްލުމެއް އަންނާނެއެވެ. އެއީ މި ކުޑަ ވާއިސާ-ވުޑްސެޓް ފަރުމާ ކޮށްފައިވަނީ މުޅިންހެން ޕްލައިވުޑުން ކަމަށް ވީތީއެވެ.
ފްލައިވުޑް ސެޓެލައިޓް އެއް ޖައްވަށް ފޮނުވުމަކީ ކަނޑުކޮސް ހިޔާލެއް ނޫނެވެ. މީގެ ގަރުނެއްހާ ދުވަސް ކުރިން އާއްމުކޮށް ލިބެން ފަށާފައިވާ ޕްލައިވުޑަކީ އޭގެ ޒާތުގައި ވަރަށް އާރުހުރި އަދި ގިނަ ދުވަހަށް ދެމިހުންނަ މާއްދާއެކެވެ. އެއީ ޖައްވީ އުޅަންދަކަށް ހަމަ ފައްކާ ސިފަތަކެކެވެ.
ވުޑްސެއްޓް ފަރުމާ ކުރެވިފައި ޔޫޕީއެމް ޕްލައިވުޑް އިން އުފައްދާފައިވާ ހާއްސަ ބާވަތެއް ކަމުގައިވާ ވީސާ ޕްލައިވުޑް ޖައްވުގައި ބޭނުން ހިފޭ މިންވަރު ދެނެގަތުމަށް ހަދާ ދިރާސާއެއް ގޮތުގައެވެ.
ގަބޫލު ކުރެވޭ ގޮތުގައި މިހާރު ޖައްވީ އުޅަނދުތައް އުފެއްދުމަށް ބޭނުންކުރާ މައުދަނު ތަކަށް ވުރެއް މިފަދަ ޕްލައިވުޑް ބޭނުން ކުރުމުން ސެޓެލައިޓް އުފެއްދުމުގެ ހަރަދު އެތަކެއްގުނަ އަގުހެޔޮ ވެގެންދާނެއެވެ. ޒަމާނީ ޖައްވީ އުޅަންދުތައް އުފެއްދުމަށް ބޭނުން ކުރާ ކާބަން ފައިބަރ ކޮމްޕޮސިޓް އަކީ ހަޤީޤަތުގައި ވަކަރު ފަދަ ގުދުރަތީ ބައެއް މާއުދަންތަކަށް އިންޖިނިއަރިންގެ އެހީގައި ގެނެވިފައިވާ ބަދަލުތަކަކުން އުފައްދާފައިވާ މައުދަނެކެވެ.
ގިނަ ފަންނީ މާހިރުންވެސް ދެކެނީ ޖައްވީ އުޅަނދު ޕްލައިވުޑުން އުފެއްދުމަކީ ރަނގަޅު ހިޔާލެއް ކަމުގައެވެ. އެކަމަކު މި ފަދަ ޕްރޮކެޓްއެއް ކާމިޔާބު ކުރުމަށްޓަކައި ގިނަ ގުނަ ގޮންޖެހުންތައް ހުންނެއެވެ. ވަކަރު އުފެއްދިގެން އަންނަ ގުދުރަތީ އުސުލާއި، ވަކަރަކީ އޭގެ ޒާތުގައި ތެތްކަން އުދެދޭ އެއްޗަކަަަށް ވުމާއި، ޖައްވުގެ ތެރޭގައި ވާ ރޭޑިއޭޝަންތައް ފަދަ އެތަކެއް ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަންޖެހޭނެ އެވެ.
ޖަޕާނުގެ ކިޔޯޓޯ ޔުނިވާސިޓީ އާއި ގުޅިގެން ޖަޕާނުގެ ކުންފުންޏަކުންވެސް 2023 ގައި ޖައްވަށް ފޮނުވުމަށްޓަކައި ވަކަރުން ހަދާފައިވާ ސެޓެލައިޓް އެއް އުފެއްދުމުގެ ހަބަރުވެސް ލިބިފައި ވެއެވެ. ވަކަރުން އުފައްދާ ސެޓެލައިޓް އެއް ދުނިޔެއަށް އަނބުރާ ގެނައުމުގެތެރޭގައި މުޅިންހެން ނައްތައިލެވިގެން ދާތީ މި ކުންފުނީގެ އުންމީދަކީ ޖައްވުގެތެރޭގައި އުފެދޭ ޖައްވީ ކުނިބުނި މަދުކުރުމަށްވެސް މިކަމުގެ ސަބަބުން އެހީތެރިކަން ލިބިގެން ދަނެކަމެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.