ވަޓްސްއެޕް މަލްޓި ޑިވައިސްތަކަށް އިންޓަނެޓާ ނުލައި ވަދެވޭނެ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދުނިޔޭގެ ގިނަ މީހުން ބޭނުންކުރަމުން އަންނަ ޓެކްސްޓް އަދި ވީޑިއޯ މެސެޖިންގ އެޕްލިކޭޝަން ވަޓްސްއެޕަށް އިތުރު ބަދަލުތައް ގެނެސް މަލްޓި ޑިވައިސް ތަކަށް އިންޓަނެޓާއި ނުލައި ބޭނުން ކުރެވޭނެގޮތް ތަޢާރަފްކުރަނީއެވެ.

ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕަށް މިބަދަލުތައް ގެންއުމާއި ގުޅެގޮތުން ވަޓްސްއެޕްގެ ސީއީއޯ ވިލް ކަތްކާޓް ހާމަކުރާ ގޮތުގައި އަލަށް ތަޢާރަފް ކުރާ "މަލްޓި ޑިވައިސް" ފީޗާ އިން ޔޫސަރއަށް އިންޓަނެޓާއި ނުލައި ލިންކް ކޮށްފަ ހުންނަ އެކައުންޓްތައް ބޭނުން ކުރެވޭނެ ކަމަށެވެ.

މި ފީޗާ ލޯންޗް ކުރުމުން ކޮންމެ ޔޫސާ އަކަށް ހަތަރު ޑިވައިސްއަށް ވަޓްސްއެޕް އެކައުންޓް ލިންކް ކުރެވޭނެއެވެ. އޭގެ ތެރޭގައި ޔޫސަރގެ ފޯނުގެ އިތުރުން ވަޓްސްއެޕް ވެބް، ވަޓްސްއެޕް ޑެސްކްޓޮޕް އާއި އައިފެޑް ފަދަ ޕޯޓަބަލް ޑިވައިތައް ހިމެނެއެވެ. އެކައުންޓް ލިންކް ކުރުމުން ޗެޓް ހިސްޓްރީ ވެސް މައިގްރޭޓް ވާނެއެވެ. ލިންކް ކޮށްފަ ހުންނަ އެކައުންޓްތަކުން ވޮއިސް އަދި ވީޑިއޯ ކޯލް ކުރެވޭނެއެވެ. އެހެން ނަމަވެސް އަޕްޑޭޓް ނުކުރާ ޑިވައިސް ތަކަށް ކޯލް އަދި މެސެޖް ނުލިބޭނެ އެވެ. މިކަން ކުރުމަށްޓަކައި ޔޫސާގެ މެއިން ވަޓްސްއެޕް އެކައުންޓް އިން މޯބައިލް ފޯން އޮންލައިކޮށް ހުންނާކަށް ނުޖެހޭނެއެވެ.

މަލްޓިޑިވައިސް ފީޗާ

މި ފީޗާ ކުރިއަށް އޮތް ދެމަހެއްހާ ދުސްތެރޭ ބީޓާ ޓެސްޓިންގ އަށް އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސްތަކަށް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ވެސް ތަފާތު ފީޗާތައް ކުރިއަށް އޮތްތަނުގައި ވަޓްސްއެޕްއިން ލޯންޗް ކުރާނެ ކަމަށާއި އޭގެ ތެރޭގައި ޑިސެޕިއަރިން މޯޑް، ވިއު ވަންސް މޯޑް އަދި ލޮގް އައުޓް ފަދަ ފީޗާ ތައް ހިމެނެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.