އިންޓަނެޓްގެ ޚިދުމަތް ލިބެންޖެހެނީ ކޮން ސްޕީޑެއްގައި ؟

ޓެކްސަން 22 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގިނަގޭބިސީތަކުގެ އިންޓަރނެޓް ޕެކޭޖްތަކުގެ ބޮޑުބައި ހޭދަވަނީ ވީޑިއޯ ސްޓްރީމިން އަށޭ ބުނެފިއްޔާ ދޮގަކަށް ނުވާނެއެވެ. އެއް އިރެއްގައި އިންޓަރނެޓް ގިނައިން ބޭނުން ކުރީ އީމެއިލް ކުރުމަށާއި ވެބް ބްރައުޒްކުރާށެވެ. ނަމަވެސް މިހާރު އިންޓަނެޓަށް އަންނަ ކުރިއެރުންތަކާއި ގުޅިގެން އެންމެ ގިނައިން ޑޭޓާ "ހޭދަވާ" އެއްކަމަށް ވެފައިވަނީ ވީޑިއޯ ސްޓްރީިމިން އަށެވެ. ޔޫޓިއުބް، ނެޓްފްލިކްސް އަދި އެހެނިހެން ސްޓްރީމިން ޕްލެޓްފޯމްތަކަށް ދުވާލަކަށް އެތައް ޖީބީ ހުސްކޮށްލާ ފަރާތްތައް މަދެއްނޫނެވެ. އަދި ސޯޝަލް މީޑިއާގައި އެޗްޑީ ފޮޓޯ އަދި ވީޑިއޯ ބެލޭވަރުވެސް މަދެއްނޫނެވެ. އެހެންކަމުން މިހުރިހާ ބޭނުންތަކަށް އެކަށީގަންވާ އިންޓަރނެޓް ޕެކޭޖެއްގެ ބޭނުން މުހިއްމެވެ.

ބައެއް މީހުންނަށް (ހާއްސަކޮށް ޓެކްނޮލޮޖީއާއި ދުރު މީހުންނަށް) އެމީހުން ގޭގައި ބޭނުންކުރާ އިންޓަރނެޓް ޕެކޭޖްއިން ލިބެންޖެހޭ ސްޕީޑް އާއި އަސްލު ލިބޭ އިންޓަނެޓް ސްޕީޑް ބުނެދޭކަށް ނޭންގެއެވެ. އޯލްކަނެކްޓް އިން އެމެރިކާގައި ހެދި ސާވޭ އަކުން ދައްކާގޮތުގައި އޭގައި ބައިވެރިވި މީހުންގެ ތެރެއިން 36 އިންސައްތަ މީހުންނަށް ގޭގައި ބޭނުންކުރާ އިންޓަނެޓް ޕެކޭޖުގެ ސްޕީޑް ބުނެދޭކަށް ނޭނގެއެވެ. އަދި 73 އިންސައްތަ މީހުންނަށް ގެއެށް ބޭނުންވާ ސްޕީޑް ބުނެދޭކަށް ނޭނގެއެވެ. އެމެރިކާގެ ކޮމިއުނިކޭޝަން ރެގިއުލޭޓްކޮށް ބަލަހައްޓާ އެފް.ސީ.ސީ (ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން) އިން މާނަކުރާގޮތުގައި "ބްރޯޑްބޭންޑް" ކަނެކްޝަނެއް ވެއްޖެއްޔާ 25އެމްބީޕީއެސް (ސިކުންތަކު 25 މެގަބިޓްސް) ހުންނަންޖެހެއެވެ.

ގެއަށް ބޭނުންވާ އެންމެ ރަނގަޅު އިންޓަނެޓް ސްޕީޑް ދަނެގަންނަން ގޭގައި ބޭނުންކުރާ ޑިވައިސްތަކުގެ އަދަދާއި ޑިވައިސް އިން ކުރާނެ ބޭނުން އަދި އެއްފަހަރާ ބޭނުންކުރާ ޑިވައިސްތައް އެނގުން މުހިއްމެވެ. އެފް.ސީ.ސީ އިން ރެކަމަންޑް ކޮށްފައިވާ ސްޕީޑްތައް ތިރީގައި އެވަނީއެވެ.


ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.