ކްލަބްހައުސްއަށް ޑައިރެކްޓް މެސެޖް (ޑީއެމް) ފީޗާ ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ބެލެވެން ފަށަފައިފިއެވެ. އެގޮތުން އެ އެޕްލިކޭޝަން ބޭނުންކުރާ ބައެއް ފަރާތްތަކަށް މިދިޔަ ހަފްތާގައި ވަނީ ބެކްޗެނަލް ކިޔާ އައު ޔޫއައި އެލެމެންޓެއް ފެނިގެން ގޮސްފައިއެވެ. ނަމަވެސް ހަމަ މިދިޔަ ހަފްތާ ތެރޭގައި މި ފީޗާވަނީ އެ އެޕްލިކޭޝަނުން ގެއްލިފައިއެވެ.
ބެކްޗެނަލް ސްކްރީނުން އެއްވެސް ކަހަލަ ޓެކްސްޓް ފީޗާއެއް ފެނިގެންގޮސްފައި ނުވިޔަސް ބެލެވޭ ގޮތުގައި މި ފީޗާއަކީ ކްލަބްހައުސްގެ ސީއީއޯ ޕޯލް ޑޭވިސަން މިދިޔަ އަހަރު ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާކޮށްފައިވާ ޓެކްސްޓް ފީޗާކަމަށް ބެލެވެއެވެ. އެގޮތުން އެ ބައްދަލުވުމުގައި އޭނާ ބުނެފައިވާ ގޮތުގައި ގިނަބަޔު ޑީއެމް ބެކްޗެނަލްތަށް ބޭނުންކުރެއެވެ. އެހެންކަމުން މިފަދަ ފީޗާއެއް ކްލައުބްހައުސްގައި ހުންނަންޖެހޭ ކަމަށް ގަބޫލުކުރާކަމަށްވެސް މި ބައްދަލުވުމުގައި އޭނާ ބުނެފައިވެއެވެ.
ނަމަވެސް އޭނާ ވަނީ ކްލަބްހައުސްގައި ބޭނުންކުރާނީ އާންމުކޮށް އެޕްލިކޭޝަންތަކުގައި ބޭނުންކުރާ ޑީއެމް ފީޗާ ނޫނީ ހުޅުވާލެވިފައިވާ ގްރޫޕް ޗެޓް ފީޗާއެއްތޯ ހާމަކުރަން ދެކޮޅު ހަދާފައިއެވެ.
ބެކްޗެނަލް ފީޗާ އާއި ބެހޭގޮތުން ކްލަބްހައުސް އާއި ސުވާލުކުރުމުން އެކުންފުނިން ޑީއެމް ފީޗާއެއް ތައާރަފްކުރަން މަސައްކަތްކުރާކަމަށް އެކުންފުނިން ދެކޮޅުހަދާފައިނުވެއެވެ. މީގެ ބަދަލުގައި އެކުންފުނިން ހާމަކޮށްފައިވަނީ އެކުންފުނިން ތަފާތު ފީޗާތައް އަބަދުވެސް ޓެސްޓުކުރަމުން ދާކަމަށެވެ. އަދި މިފަދަ ފީޗާތައް ބައެއްފަހަރު އެޕްލިކޭޝަންގެ ބައެއްގެ ގޮތުގައި ބޭނުންކުރާ ކަމަށާއި ބައެއްފަހަރު ބޭނުންނުކުރާ ކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައިއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް