ސެމްސަންގްއިން ސްމާޓްވޮޗްތަކެއް އަންނަ ހަފްތާގައި ދައްކާލަނީ

ހަސަންވީ 23 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އަންނަ ހަފްތާގެ ހޯމަ ދުވަހު އޮންނަ މޯބައިލް ވޯލްޑް ކޮންގްރެސް (އެމް.ޑަބްލިއު.ސީ) ގައި ސެމްސަންގް އިން ވާޗުއަލް އިވެންޓެއް ބާއްވާކަން ސެމްސަންގް އިން ހާމަކޮށްފިއެވެ. މިއިވެންޓުގައި ސަމާޓްވޮޗްގެ މުސްތަގުބަލަށް ސެމްސަންގް އިންގެންގުޅޭ ތަސައްވަރު ދައްކާލާނެއެވެ.

މިދިޔަ މަހު ގޫގުލް އައި/އޯ ގައި ސެމްސަންގް އިން ވަނީ ގޫގުލްގެ ސްމާޓްވޮޗްތަކަށް ހާއްސަ ވެއަރ އޯއެސް އިތުރަށް ރަނގަޅުކުރުމަށް ގޫގުލް އާއި އެއްކޮށް މަސައްކަތް ކުރާނެވާހަކަ އިއުލާނުކޮށްފައެވެ. މިހަބަރާއި ގުޅިގެން ގިނަ ޓެކް ހަބަރުތައް ގެނެސްދޭ ފަރާތްތަކުން ލަފާކޮށްފައިވަނީ ސެމްސަންގް އިން ނެރެން ނިންމާފައިވާ ގެލެކްސީ ވޮޗް އެކްޓިވް 4 ގައި ބޭނުންކުރާނީ ގޫގުލް ވެއަރ އޯއެސްގެ އައު ވާޝަންކަމަށެވެ.


މިހާރު ސެމްސަންގްއިން ވަނީ ޖޫން 28 ގައި ރާއްޖެގަޑިން ރޭގަނޑު 10:15 ގައި ވާޗުއަލް އިވެންޓް އޮންނާނެކަން އިއުލާންކޮށްފައެވެ. މިއިވެންޓް ސެމްސަންގް ގެ ޔޫޓިއުބް ޗެނަލުން ބަލާލެވޭނެއެވެ. މިއިވެންޓުގައި ގެލެކްސީ ވޮޗްގެ އިތުރުން ސެމްސަންގް ސްމާޓްފޯން، ޓެބްލެޓް، ފޯލްޑެބަލް ޑިވައިސް، އަދި ލެޕްޓޮޕް ގެ އައު ފީޗާތަކެއް ފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދި ސެމްސަންގް ގެ ޑިވައިސްތަކުގެ ތެރޭގައި އެއްޑިވައިސް އަނެއް ޑިވައިސް އާއި ފަސޭހަކަމާއިއެކު ކޮމިއުނިކޭޓްކޮށްލެވޭ ކަނެކްޓެޑް އީކޯސިސްޓަމް އާއި ބެހޭ މައުލޫމާތުވެސް މިއިވެންޓްގައި ހިއްސާކުރާނެއެވެ. އަދި މިއިވެންޓްގައި ސެމްސަންގް އިން ކުރިމަގުގައި ސްމާޓްވޮޗް އާއި ދޭތެރޭ ކުރާ ތަސައްވަރު ދައްކައިލުންވެސް އޮންނާނެއެވެ. މިއިވެންޓްގެ ދެން ފާހަގަކޮށްލެވޭނެ ކަމަކަށް އޮތީ ސެމްސަންގްގެ ޑިވައިސްތަކުގެ ސެކިއުރިޓީ އަށް ލިބުނު ކުރިއެރުންތަކާއި ސެމްސަންގް އިން ޑިވައިސް ސެކިއުރިޓީއާއި ގުޅޭގޮތުން ހޯދުނު އައު ހޯދުންތައް ހިއްސާކުރުމެވެ.

ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.