ޔުނިސެފުގެ އެހީތެރިކަމާ އެކު 2017 ވަނަ އަހަރުގެ ޖުލައި މަހުގެތެރޭގައި މުޅިރާއްޖޭގެ ހުރިހާ ސްކޫލް ތަކެއްގައި ބޭނުންކުރަން ފެށުނު މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމް (މީމީސް) އަކީ ދަރިވަރުންގެ ކިޔެވުމާއި ގުޅިންހުރި އެންމެހާ ކަންކަން އެއް ނިޒާމެއްގެ ތެރެއިން ހިންގުމަށްޓަކައި ތައާރަފް ކުރެވުނު އޮންލައިން މަންސަ އެކެވެ. ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި މީމިސް ތަރައްޤީ ކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.
ފައުންޑޭޝަނުން ފެށިގެން ކީސްޓޭޖް ފަހެއް (ގްރޭޑު 11، 12) އާ ދެމެދު ހުރިހާ ދަރިވަރުންގެ ރިޕޯރޓް ފޮތްތައް 2019 ވަނަ އަހަރުން ފެށިގެން ދޭން ފަށާފައި ވަނީ މީމިސް މެދުވެރިކޮށެވެ. މީގެ އިތުރުން ދަރިވަރުންގެ އުގެނުމާއި، ދަރިވާރާއި ގުޅުން ހުރި އެންމެހާ މައުލުމާތު ބެލެނިވެރިންނަށް މީމިސް މެދުވެރިކޮށް ބެލުމުގެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ.
މީމިސް އަށް ވެންނެވުމަށްޓަކައި ބްރައުޒާގައި https://mv-moe.openemis.org/core/ ޖެއްސެވުމުން ލޮގިން ޕޭޖް އަށް ދެވޭނެއެވެ. ލޮގިން ޕޭޖް ގައި ޔޫޒަރ ނޭމްއެއް ގޮތުގައި ކުއްޖާގެ އައިޑީ ކާޑް ނަމްބަރު އަދި ސްކޫލުން ދީފައިވާ ޕާސްވޯޑް ޖެއްސެވުމަށް ފަހު ލޮގިން ކޮށްލައްވާށެވެ.
ފުރަތަމަ ލޮގިން ވެލެއްވުމާއި އެކު ޕާސްވޯޑް ބަދަލު ކުރުމަށް އަންގާނެ އެވެ. ޕާސްވޯޑް ބަދަލުކުރުމަށްފަހު ދެން ވަދެވޭނީ އަލަށް ލިޔުނު ޕާސްވޯޑް ބޭނުންކޮށްގެނެވެ. ފަހުން ޕާސްވޯޑް ބަދަލު ކުރުމަށް ބޭނުންވެލައްވާ ނަމަ ވައަތް ފަރާތުގައިވާ މެނޫ އިން ޕްރޮފައިލް އަށް ކްލިކް ކުރެއްވުމަށްފަހު ޖެނެރަލް އަށް ކްލިކް ކޮށް އެކައުންޓް ޓެބް ސެލެކްޓް ކުރެއްވުމަށް ފަހު ދަރިވަރުގެ ނަމާއި ދިމާލުގައިވާ އެޑިޓް ބަޓަން އަށް ކްލިކް ކުރެއްވުމުން ޕާސްވޯޑް ބަދަލު ކުރުމުގެ އިޙްތިޔާރު ލިބޭނެއެވެ. ޕާސްވޯޑް ބަދަލުކުރުމަށްޓަކައި މިހާރު ބޭނުންކުރާ ޕާސްވޯޑް އަދި އަލަށް ލިޔާ ޕާސްވޯޑް އެކަމަށް ހާއްސަ ކޮށްފައިވާ ގޮޅިތަކުގައި ލިޔުއްވުމަށްފަހު ސޭވް ބަޓަން އަށް ފިތާލެއްވުމުން ޕާސްވޯޑް ބަދަލު ކުރެވުނީއެވެ.
ދަރިވަރުގެ ވަނަވަރާއި ގުޅުންހުރި އެންމެހާ މައުލޫމާތުތައް ޖެނަރަލް މެނޫ މެދުވެރިކޮށް ބަލައިލެވޭނެއެވެ. މި ޕޭޖް ގައި ހިމެނޭ އޯވަރވިއު، އައިޑެންޓިޓީސް، ނޭޝަނަލިޓީ އަދި ކޮންޓެކްޓްސް ޓެބް ތަކުގައި ހުރި މައުލޫމާތު ތަކަކީ ސައްހަ މައުލޫމާތުކަން ކަށަވަރު ކުރައްވަންވާނެއެވެ. އަދި އެއްވެސް މައުލޫމާތެއް ރަނގަޅުކުރަން ޖެހިވަޑައިގަންނަވާނަމަ، ނުވަތަ އެއްވެސް މައުލޫމާތެއް މަދުވާނަމަ އެކަން ސްކޫލްގެ އިދާރާ އަށް ވީ އެންމެ އަވަހަކަ އަންގަވައި ދެއްވާށެވެ. މީގެ އިތުރުންވެސް އަހަރުގެ އެއްވެސް ހިސާބެއްގައި ދަރިވަރުގެ އެއްވެސް މައުލޫމާތެއް ބަދަލުވެއްޖެ ނަމަ ލަސްނުކުރައްވާ އެމައުލޫމާތު މީމިސް އަދާހަމަ ކުރުމަށްޓަކައި ސްކޫލެ ގެ އިދާރާ އަށް ހިއްސާ ކުރައްވާށެވެ.
ދަރިވަރުގެ ތައުލީމާއި ގުޅޭ މައުލޫމާތުތައް ފެންނަން ހުންނާނީ ވައަތްފަރާތުގައިވާ މެނޫގެ ސްޓޫޑަންޓް މެނޫއަށް ކްލިކް ކޮށްލެއްވުމުން ހުޅުވޭ ބައިގައި ހިމެނޭ އެކަޑެމިކް އަށް ފިތާލެއްވުމުންނެވެ.
1. ޕްރޮގްރާމްސް ޓެބް އިން ދަރިވަރު ތައުލީމް ހާސިލް ކުރަމުންދާ ސްކޫލް އާއި، ދަރިވަރު ކިޔަވަމުންދާ ގްރޭޑް އާއި ތަރީހް އަދި ސްޓޭޓަސް ފެނިވަޑައިގަންނަވާނެއެވެ.
2. ކްލާސަސް ޓެބް އިން ދަރިވަރު ކިޔަވަމުންދާ ކްލާހުގެ މައުލޫމާތު ފެނިލައްވާނެއެވެ.
3. ސަބްޖެކްޓްސް ޓެބް އިން ދަރިވަރު ކިޔަވަމުންދާ މާއްދާތައް ހިމެނިފައިވާނެއެވެ.
4. އެބްސެންސް ޓެބް އިން ދަރިވަރު ސްކޫލަށް ހާޒިރު ނުވާ ކަމަށް މާކް ކުރެވިފައިވާ ދުވަސްތައް ފެންނަން ހުންނާނެއެވެ.
5. ބިހޭވިއަރސް ޓެބް އިން ދަރިވަރުގެ އަހުލާގާއި ގުޅޭގޮތުން މައްސަލައެއް ފާހަގަ ކުރެވިފައިވާނަމަ އެކަމާއި ގުޅޭ މައުލޫމާތު ފެނިލައްވާނެއެވެ.
6. އައުޓްކަމްސް ޓެބް އިން ކޮންމެ މާއްދާ އަކުން ހާސިލް ވެފައިވާ މިންވަރު ފެނިލައްވާނެއެވެ.
7. އެސެސްމަންޓްްސް ޓެބް އިން ގްރޭޑް 7 ކުން ފެށީގެން މަތީ ގްރޭޑް ތަކުގެ ދަރިވަރުންގެ މާއްދާ ތަކުގެ އިމްތިހާނު ކަރުދާސް ތަކުގެ ނަތީޖާ ފެނިލައްވާނެެއެވެ.
8. އެވޯޑްސް ޓެބް އިން އެކި މުބާރާތްތަކުން ދަރިވަރަށް ލިބިފައިވާ ވަނަތައް ފެންލައްވާނެއެވެ.
9. އެކްސްޓަރ ކަރިކިއުލާސް ޓެބް ގައި ދަރިވަރު ބައިވެރިވާ އިތުރު ހަރަކާތްތައް ހިމެނިފައިވާނެއެވެ.
ދަރިވަރުގެ ސިއްހަތާއި ގުޅޭ މައުލޫމާތު ބެއްލެވުމަށް ވައަތްފަރާތުގައިވާ މެނޫގައިވާ ހެލްތް ބަޓަން ގެ ބޮޑީ މާސް ޓެބް ނެންގެވުމުން ދަރިވަރުގެ އިސްކޮޅާއި ބަރުދަނާއި ގުޅޭ މައުލޫމާތު ފެނިލައްވާނެއެވެ. އަދި އެހެނިހެން ސިއްހަތާއި ގުޅޭ މައުލޫމާތު އެޑް ކުރެވިފައިވާނަމަ އެކަމަށް ހާއްސަ ޓެބް އިން ފެނިލައްވާނެއެވެ.
ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުންނާއި ގުޅުން ހުރި މައުލޫމާތުތައް ވައަތްފަރާތުގައިވާ މެނޫގައިވާ ސްޕެބްލް ނީޑްސް ބަޓަން އަށް ކްލިކް ކުރެއްވުމުން އެމައުލޫމާތު ފެނިލައްވާނެއެވެ. މީގެ ތެރޭގައި ދަރިވަރަށް ހާއްސާ އެހީ ބޭނުން ވާކަން ޔަގީން ކުރުމަށް ހެދުނު އެސެސްމަންޓްތައްވެސް ފެންނަން ހުންނާނެއެވެ.
މީމިސްގައި ދަރިވަރާއި ގުޅެ ގޮތުން ދަރިވަރު ދިރާސީ ތައުލީމް ފެށުނު ހިސާބުން ފެށިގެން މައުލޫމާތު އިތުރު ކުރެވެމުންދާނެއެވެ. އަދި މީމިސް އިތުރަށް ތަރައްޤީ ކުރެވެމުންދާވަރަކުން ދަރިވަރުންނާއި ގުޅުންހުރި އިތުރު މައުލޫމާތު ފެންނަން ހުންނާނެއެވެ. މީމިސް ބޭނުން ކުރުމާއި ގުޅޭގޮތުން ސާފުކުރަންޖެހޭ މައުލޫމާތުތައް ސާފު ކުރެއްވުމަށް ސްކޫލްގެ އިދާރާ ނުވަތަ ދަރިވަރަގެ މުދައްރިސް މެދުވެރިކޮށް އެ މައުލޫމާތެއް ލިބިލައްވާނެއެވެ.
މާ ޓެކު ވެގެން އުޅޭ މީހެއް