އެމޭޒަން އިން ވިކަރ ގަނެފި!

ހަސަންވީ 28 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެމޭޒަންގެ ކްލައުޑް ސާރވިސްތަކަށް ހާއްސަ ސަބްސިޑަރީ ކުންފުނި އޭ.ޑަބްލިއު.އެސް (އެމޭޒަން ވެބް ސާރވިސެސް) އިން އެންކްރިޕްޓެޑް މެސެޖިންގް އެޕެއް ކަމަށްވާ "ވިކަރ" ގަނެފިއެވެ. މިކަން ހާމަކޮށްފައިވަނީ އޭ.ޑަބްލިއު.އެސް ބްލޮގް ގައި ކޮށްފައިވާ ޕޯސްޓަކުންނެވެ. އެހެންނަމަވެސް ގަނެފައިވާ އަގެއް ހާމަކޮށްފައެއްނުވެއެވެ.

ވިކަރ އަކީ އެންޑް-ޓު-އެންޑް އެންކްރިޕްޝަން ބޭނުންކުރާ އެޕަކަށްވުމުން އެޕުން ފޮނުވާ މެސެޖްތައް އަންއެންކްރިޕްޓްކޮށް ކިޔާލެވޭނީ މެސެޖް ފޮނުވާ ފަރާތާއި ލިބޭފަރާތަށް އެކަންޏެވެ. ވިކަރ ގެ "ސެލްފް ޑިސްޓްރަކްޓިންގް ޓައިމަރ" ބޭނުންކޮށްގެން މެސެޖް އޮޓޯކޮށް ވަކިވަގުތަކު ޑިލީޓްވާގޮތް ހަދާލެވެއެވެ. މިފީޗަރ ތަކުގެ ސަބަބުން މިއެޕަކީ ޖާނަލިސްޓުންނާއި ވިސުލްބްލޯކުރާ ފަރާތްތަކުގެމެދުގައި މަގުބޫލު އެޕެކެވެ.

ވިކަރ އެޕް ގެ 3 ވައްތަރެއް އުފައްދާވައިވެއެވެ. އެއީ އާންމުކޮށް ބޭނުންކުރާ ފަރާތްތަކަށް ވިކަރ މީ، ކުންފުނިތަކަށް ވިކަރ ޕްރޯ އަދި ސަރުކާރުތަކާއި މިލިޓަރީ ބޭނުންތަކަށް އުފައްދާފައިވާ ވިކަރ އާރ.އޭ.އެމް އެވެ.

ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.