އުރީދޫ މޯލްޑިވްސްގެ ތަސައްވުރާއި ސަރުކާރުގެ ނެޓުހެޔޮ ކުރުމުގެ މަޝްރޫއާއި އެއްބާރުލުންދިނުމުގެ ގޮތުން އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް މިއަދު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ.
މި ބަދަލުގެ ދަށުން އައު 4 ޕްލޭނާއެކު %100 އާއި ހަމައަށް އިތުރު ޑޭޓާ އަދި ރާއްޖޭގައި މުޅިން އަލަށް އުރީދޫއިން ތައާރަފް ކުރި ޑޭޓާ ރޯލްއޯވަރ ގެ ޙިދުމަތް ސުޕަރނެޓް ކަސްޓަމަރުންނަށްވެސް ލިބިގެންދާނެއެވެ. މި ބަދަލުތަކާއެކު އުރީދޫ ސުޕަރނެޓްގެ ޙިދުމަތަކީ މިހާރު ގެ މާކެޓްގައި ހެޔޮ އަގުގައި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ލިބޭ ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކެވެ. ޑޭޓާ އެލަވަންސް، ޑޭޓާ ރޯލްއޯވަރ އަދި ހަލުވި ސްޕީޑްތަކުގެ އިތުރުން އުރީދޫ މޯލްޑިވްސްއިންވަނީ ސުޕަރނެޓް ކަސްޓަމަރުންނަށް ސުޕަރނެޓް ވޮއިސްގެ ޙިދުމަތާއި އުރީދޫ ކްލަބް ޕްރީމިއަރ ލޯޔަލް ޕްރޮގްރާމްގެ ޙިދުމަތްވެސް އިއުލާނުކޮށްފައެވެ.
މި ޚިދުމަތާ ގުޅޭ ގޮތުން އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވީ "ޑިޖިޓަލް ޙިދުމަތްތައް ބޭނުންކުރަންޖެހޭވަރު އިތުރުވެ އާންމު ދިރިއުޅުމުގެ ކަންކަމަށްވެސް އިންޓަނެޓް ޙިދުމަތުގެ މުހިންމު ކަން މިއަދު މިވަނީ ނުހަނު ބޮޑުތަނުން އިތުރުވެފައި. އަދުގެ މި ޑިޖިޓަލް ދުނިޔޭގައި ފުރިހަމަ އިންޓަނެޓްގެ ޙިދުމަތް ތަޖުރިބާކޮށް އޭގެ ފައިދާ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އަޅުގަނޑުމެންގެ ފިކްސްޑް ބްރޯޑްބޭންޑް ޙިދުމަތް، ސުޕަރނެޓް ޕްލޭންތަކަށް މިއަދު މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައި. ހެޔޮ އަގުގައި ބޮޑެތި ޑޭޓާ އެލަވަންސްގެ ލިބުމުގެ އިތުރުން މަސް ނިމޭއިރު ބޭނުންނުކޮށްހުރި ޑޭޓާ އަނެއްމަހުގެ އެލަވަންސްއާއިއެކު ބޭނުންކުރެވި މެދުކެނޑުމެއްނެތް ފުރިހަމަ އިންޓަނެޓްގެ ހިދުމަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ކޮންމެ ކަސްޓަމަރަކަށްވެސް ފަހިވެގެންދާނެއެވެ."
ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްއަށް މި ގެނައި އަޕްގްރޭޑްއާއި އެކު އެ އުރީދޫއިން ވަނީ ސަރުކާރުގެ ހުށަހެޅުންތަކަށް ބިނާކޮށް އައު ހަތަރު ޕްލޭންއެއް ތައާރަފްކޮށްފައެވެ.
އަލަށް ނެރުނު ޕްލޭން ތަކުގެ އިތުރުން ސުޕަރނެޓް ގެ ކުރީގެ ޕްލޭންތަކަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މީގެ ތެރެއިން:
• 100% އާއި ހަމައައް ސުޕަރނެޓްގެ ހުރިހާ ޕްލޭންތަކެއްގެ ޑޭޓާ އެލަވަންސްވަނީ އިތުރުކުރެވިފައެވެ. މީގެ ސަބަބުން ޖީބީ އެއް ވިއްކާ އަގު ތިރިވެ، ކަސްޓަމަރުންނަށް މި ޕްލޭންތައް މެދުވެރިކޮށް އިތުރު ޙަރަދަކާ ނުލާ ކުރިއަށްވުރެ ގިނަ ކަންކަން ކުރެވިގެންދާނެއެވެ.
• ސުޕަރނެޓްގެ ހުރިހާ ޕްލޭންތަކަށާއި އެޑްއޮންތަކަށް ޑޭޓާ ރޯލްއޯވަރގެ ޙިދުމަތް ލިބިގެންދާނެއެވެ. ރާއްޖޭގައި މުޅިން އަލަށް އުރީދޫ ކަސްޓަމަރުންނަށް މަސް ނިމިގެންދާއިރު ބޭނުންނުކުރެވި ހުރި ޑޭޓާ ބޭކާރު ނުވެ، އެއްވެސްލިމިޓެއްނެތި ދެންއަންނަ މަހުގެ ޑޭޓާ އެލަވަންސްއާއިއެކު ކަސްޓަމަރުންނަށް ބޭނުންކުރެވޭނެއެވެ.
ކަސްޓަމަރުންގެ އަގު ވަޒަން ކުރުމަށްޓަކައި އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ އުރީދޫ ކްލަބް ޕްރިމިއަރ ރިވާރޑް ސްކީމްގެ ޙިދުމަތްތައްވެސް ސުޕަރނެޓް 35އެމް އިން ފެށިގެން މަތީ ޕްލޭންތައް ގެންގުޅުއްވާ ފަރާތްތަކަށް 1 ޖުލައި އިން ފެށިގެން ލިބިގެންދާނެއެވެ. މިޙިދުމަތާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަގުބޫލު ބްރޭންޑްތަކާއި ރެސްޓޯރެންޓް އަދި ކެފޭތަކުން ލިބޭ ޙާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެއެވެ. މީގެ އިތުރުން އުރީދޫ ކްލަބް ޕްރިމިއަރ ލައުންޖްއަށް އެކްސެސްވެވި ހިތްގައިމު މާހައުލެއްގައި އެންމެ ފެންވަރު ރަނގަޅު ޙިދުމަތެއް ލިބިގެންދާނެއެވެ.
އުރީދޫއަށް ފިކްސްޑް ބްރޯޑްބޭންޑް ލައިސަންސް ލިބުނީއްސުރެވެސް ބްރޯޑްބޭންޑް ގެ ޙިދުމަތް ހެޔޮ އަގުތަކުގައި މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމައްޓަކައިވެސް އެތައް މަސައްކަތެއް އުރީދޫއިން ކުރަމުންދެއެވެ. ރާއްޖޭގެ އާބާދީގެ 75%އަށް މިހާރު ސުޕަރނެޓްގެ ޚިދުމަތް ލިބޭ އިރު، ޚިދުމަތް އިތުރަށް ފުޅާކޮށް މުޅި ރާއްޖެ ކަވަރ ކުރުމަށް އުރީދޫއިން ދަނީ މަސައްކަތް ކުރަމުންނެވެ. ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، އިންޓަރނެޓްގެ ޚިދުމަތް ވީހާވެސް ގިނަބަޔަކަށް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެކަމުގެ ޔަގީންކަންވެސް އެކުންފުނިން އަރުވައެވެ.
ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް އައިސްފައިވާ ބަދަލުތައް އުރީދޫ ވެބްސައިޓުން އިތުރަށް ސާފުވާނެއެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް