ޒޫމްގެ ވީޑިއޯ ކޯލްތަކަށް ތަރުޖަމާގެ ހިދުމަތް އަންނަނީ

ހަސަންވީ 01 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޒޫމް އިން ޖަރުމަނުގެ ކާލްޒްރޫއަ އިންފޯމޭޝަން ޓެކްނޮލޮޖީ ސޮލިއުޝަން (ކައިޓްސް) ގަންނަން ނިންމައިފިއެވެ. މިއީ މެޝީންލާނިންގެ ގެ އެހީގައި ރިއަލްޓަައިމްކޮށް ޓްރާންސްލޭޓްކޮށްދޭ ހިދުމަތަށް ހާއްސަ ސްޓާޓްއަޕް ކުންފުންޏެކެވެ.

މި އެކުއިޒިޝަން އާއި އެކު ކުރިއަށް އޮތްތަނުގައި ޒޫމް ވީޑިއޯ ކޯލްތަކަށް ރިއަލްޓައިމްކޮށް ތަރުޖަމާކުރާ ފީޗަރ ލިބޭނެކަމަށް ޒޫމްއިން ބުނެއެވެ. ކައިޓްސް ގަންނަން ނިންމާފައިވާ އަގެއް ޒޫމް އިން އަދި ހާމަނުކުރެއެވެ.

ކޮވިޑްއާއި ގުޅިގެން ޒޫމް އަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެހެންކަމުން ޒޫމް އާއި ވާދަކުރާ ފަރާތްތަކަށްވަނީ އައު ކުރިއެރުންތަކެއް ހޯދަން މަޖުބޫރުވެފައެވެ. މިފަދަ ފަރާތެއް ކަމަށްވާ ސިސްކޯ އިން ވަނީ ދާދިފަހުން ރިއަލްޓައިމް ޓްރާންސްލޭޝަން ފީޗަރ އެކުންފުނީގެ ވެބްއެކްސް އެޕުގައި ހިމަނާފައެވެ. ޒޫމް އިން މިވަނީ މިކަމަށް އަވަސް ފިޔަވަޅެއް އަޅާފައެވެ.

ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.