ކޯޑްކުރުމަށް އެހީތެރިވުމަށް ގިޓްހަބް އޭއައިއެއް ބޭނުންކުރަނީ

އިސްމާއިލް އަލީ 02 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގިޓްހަބްއިން ކޯޑްކުރުމުގައި އެހީތެރިވުމަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަން ފަށައިފިއެވެ. ގިޓްހަބްއަކީ މިހާރުވެސް ކޯޑްކުރުމާއި ހޯސްޓްކުރުމުގައި މީހުންގެ މެދުގައި މަގްބޫލު މަންސައެކެވެ. އެގޮތުން މިދިޔަ އަހަރު ގިޓްހަބްއިން ވަނީ ސީދާ ބްރައުޒާ މެދުވެރިކޮށް ކޯޑްކުރެވޭގޮތައް ބިލްޓް އިން އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް އެންވައަރަމެންޓްއެއް ގާއިމުކޮށްފައިއެވެ. މިހާރު އެކުންފުނިން ތައާރަފްކޮށްފައިވާ އާއޓިފިޝަލް އިންޓެލިޖެންސް ޓޫލްއަކީ ގިޓްހަބް ކޯޕައިލެޓްގެ ނަންދީފައިވާ އޮޓޯކޮމްޕްލީޝަން ޓޫލްއެކެވެ.

މި ޓޫލް އިން ކޯޑްކުރުމުން އޮޓޯއިން ދެން ލިޔަންވީ ބައި ދެނެގަނެ އަންގައިދޭނެއެވެ. މީގެއިތުރުން އެކި މައްސަލަތަށް ހައްލުކުރާނެ ތަފާތު ގޮތްތަށް ދެނެގަތުމާއި އައު އޭޕީއައި ފަސޭހަކަމާއިއެކު ބޭނުންކުރުމުގައިވެސް މި ޓޫލް އެހީތެރިވެދޭނެއެވެ.

ގިޓްހަބްއިން މި ފީޗާ އުފައްދާފައިވަނީ އޯޕަންއޭއައި އާއި ގުޅިގެންނެވެ. ނަމަވެސް މި ފީޗާއަކީ ޖީޕީޓީ-3 ބޭނުންކޮށްގެން އުފައްދާފައިވާ ފީޗާއެއްނޫނެވެ. އޯޕަންއޭއައި އަކީ ގިނަބަޔަކު ކޯޑްކުރާގޮތް ދެނެގަނެފައިވާ އުފެއްދުމެކެވެ. އެހެންކަމުން އޯޕަންއޭއައި ކޮޑެކްސްއަކީ ޖީޕީޓީ-3 އަކަށްވުރެ ކުޅަދާނަ އެއްޗެކެވެ.

މި ފަންކްޝަން މިވަގުތު ބޭނުންކުރެވޭނީ ޓެކްނިކަލް ޕްރިވިއުއެއްގެ ގޮތުގައިއެވެ. އަދި މި ޓެކްނިކަލް ޕްރިވިއުގައި ތަފާތު ގިނަ ކޯޑިން ލޭންގުއޭޖް ބޭނުންކުރެވޭނެއެވެ. އެކުންފުނިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މި ފަންކްޝަންގައި އެންމެ ފުރިހަމައަށް ބޭނުންކުރެވޭނީ ޕައިތަން، ޖާވާސްކްރިޕްޓް، ޓައިޕްސްކްރިޕްޓް، ރޫބީ އަދި ގޯއެވެ.

ގިޓްހަބްއިން މިފަދަ އުފެއްދުމެއް ތައާރަފްކުރުމާއިއެކު ގިނަ ޑިވެލޮޕަރުންނަށް އޭއައި ބޭނުންކޮށްގެން އެމީހުންގެ ޕްރޮޖެކްޓްތައް އަވަހަށް ނިންމާލެވޭނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.