ނެޓްޖިއޯ އަށް ސެމްސަންގް ފޯނުގެ 8ކޭ ވީޑިއޯ ރާއްޖެއިން

ހަސަންވީ 04 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސެމްސަންގް އިންޑިއާ އާއި ކައިލް އިންޑިއާ ގުޅިގެން ނެޝަނަލް ޖިއޮގްރަފިކް ޓްރެވެލަރ - އިންޑިއާއަށް ސެމްސަންގް ގެލެކްސީ 21 އަލްޓްރާ 5ޖީގެ 8ކޭ ވީޑިއޯ ސްނެޕްގެ ފެންވަރު ދައްކާލައިފިއެވެ. 8ކޭ ވީޑިއޯ ސްނެޕް އިން 8ކޭ ވީޑިއޯއިން ހައި ރެސޮލިއުޝަން ފޮޓޯ ނަގާލެވެއެވެ. މިފީޗަރ ބޭނުންކުރުމުން ފޮޓޯ އާއި ވީޑިއޯ ވަކިން ނަގަކާކަށް ނުޖެހޭނެއެވެ. ނޭޝަނަލް ޖިއޮގްރަފިކްގެ ވައިލްޑް ލައިފް ފިލްމޭކަރެއް ކަމަށްވާ މަލައިކާ ވާޒް ވަނީ މިފީޗަރ ބޭނުންކޮށްގެން ރާއްޖޭގެ ކަންޑުގައި އުޅޭ ފެމުނުމިޔަރުގެ ވީޑިއޯ އާއި ފޮޓޯ ނަގާފައެވެ.

ނެޓްޖިއޯގެ އަންކަވަރއެޕިކް ކެމްޕެއިންގެ ދަށުން މަލައިކާ ވަނީ ފުވައްމުލަކުގެ ރީތިކަން މިވީޑިއޯއިން ދައްކާލާފައެވެ.

މިއީ ނެޝަނަލް ޖިއޮގްރަފިކް ޓްރެވެލަރ އިން ސެމްސަންގް ފޯނެއް ބޭނުންކޮށްގެން މޫދުއަޑީގައި ވީޑިއޯނެގި ފުރަތަމަ ފަހަރެވެ. ވީޑިއޯ ތިރީގައި އެވަނީއެވެ.


ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.