ޗުއްޓީގަ އުގެއިލް ހިންގާ ޕްރޮގްރާމްތަކުގައި 5،000 ދަރިވަރުން

އަޙްމަދު އަޙްސަން 04 ޖުލައި 2021

އުގެއިލް ފައުންޑޭޝަނުން ސްކޫލް ބަންދާ ދިމާކޮށް ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ތަޢާރަފުކުރި ޕްރޮގްރާމުތަކުގައި 5،000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެއްޖެއެވެ. މި ޕްރޮގްރާމުތައް ފަށާފައި ވަނީ ހުކުރު ދުވަހުއެވެ.

އުގެއިލް ފައުންޑޭޝަނުން ދެ ޕްރޮގްރާމެއް ތަޢާރަފު ކުރި އެވެ. އެއީ އިނގިރޭސި ބަހުގެ ހުނަރު ދަސްކޮށްދޭ "ކްރިއޭޓިވް އިންގްލިޝް" ޕްރޮގްރާމާއި ވިސްނުމުގެ ހުނަރު ތަރައްޤީކޮށް، ކުރިއެރުވުމަށް ތަޢާރަފު ކުރި "ތިންކިން ސްކިލްސް" ޕްރޮގްރާމެވެ.

މިއީ ފަސް ހަފުތާއަށް ކުރިއަށްދާ އަދި އެއްވެސް ފީއެއް ދައްކަންނުޖެހޭ ޕްރޮގްރާމްތަކެވެ. އިނގިރޭސި ދަސްކޮށްދޭ ޕްރޮގްރާމުގައި އިނގިރޭސި ވިލާތުގެ ޓީޗަރުން ކިޔަވައިދޭއިރު ތިންކިން ސްކިލްސް ކްލާސްތައް ނަގައިދެނީ ޕްރޮފެސަރ ހަސަން އުގައިލް އެވެ.

މި ދެ ޕްރޮގްރާމުގެ އިތުރުން އުގެއިލް ފައުންޑޭޝަން ގެ "ދަ ސާކަލް" އިން ވެސް އަންނަނީ އެކި ޕްރޮގްރާމުތައް ހިންގަމުންނެވެ. މީގެ ތެރޭގައި ކޯޑިން އާއި "ކްރިޓިކަލް ތިންކިން" އާއި "ލީޑާސް އޮފް ޓުމޯރޯ" ފަދަ ޕްރޮގްރާމްތައް ހިމެނެ އެވެ.

އުގެއިލް ވިދާޅުވީ ލީޑާސް އޮފް ޓުމޯރޯ އަކީ މުޖުމަތަމައަށް ފައިދާހުރި ލީޑަރުންތަކެއް އުފެއްދުމަށް ފެށި ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމަށް ވެސް ދިވެހިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މީގެ 20 އަހަރު ނުވަތަ 30 އަހަރު ފަހުން އެކި ދާއިރާތަކުން ހުނަރުވެރި ލީޑަރުންތަކެއް މުޖުތަމައަށް ނެރުމަކީ މި ޕްރޮގްރާމުގެ މަގުސަދެއް ކަމަށް އުގެއިލް ވިދާޅުވި އެވެ.

މި ޕްރޮގްރާމުތައް ކުރިއަށްގެންދަނީ އޮންލައިންކޮށެވެ. އެހެންކަމުން ރަށްރަށުގައި ތިބޭ ކުދިންނަށް ވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ އެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.