ފޭސްބުކްއިން ނިއުސްލެޓާތަކަށް ހާއްސަ ޕްލްޓްފޯމެއް އުފައްދައިފިއެވެ. އެގޮތުން އެކުންފުނިން އިއުލާންކޮށްފައިވާ ގޮތުގައި ބުލެޓިންގެ ނަމުގައި އެކުންފުނިން މިހާރުވަނީ އައު ޕްލެޓްފޯމެއް އުފައްދައި ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައިއެވެ. ބުލެޓިންއަކީ ސަބްސްޓެކް އަދި ޓްވިޓާގެ ރިވިއު ފަދަ ޕްލެޓްފޯމްތަކާއި ވާދަކުރުމަށް ފޭސްބުކްއިން އުފައްދާ ޕްލެޓްފޯމެކެވެ.
ބުލެޓިން މެދުވެރިކޮށް ލިޔުންތެރިންނަށް ފީދައްކައިގެން އަދި ހިލޭ ނިއުސްލެޓާތަކާއި ޕޮޑްކާސްޓް ޕޯސްޓްކޮށްލެވޭނެއެވެ. ނަމަވެސް މި އުފެއްދުމުގެ ގިނަ ހިދުމަތްތަށް ލިބިގެންދާނީ ފީއެއްދެއްކުމުންނެވެ. އަދި މިއުފެއްދުމުގެ ހުރިހާ ފައިސާގެ މުއާމަލާތެއް ކުރެވިގެންދާނީ ފޭސްބުކް ޕޭ މެދުވެރިކޮށެވެ.
ފެސްބުކްއިން ބުލެޓިން ފުރަތަމަ ތައާރަފްކުރާއިރު އާންމުންނަށް މި އުފެއްދުން ބޭނުމެއް ނުކުރެވޭނެއެވެ. އޭގެ ބަދަލުގައި މި އުފެއްދުން ފުރަތަމަ ބޭނުންކުރެވޭނީ މިޕްލެޓްފޯމަށް ލިޔުމަށް ހާއްސަކޮށް ފޭސްބުކްއިން ދައުވަތު ދީފައިވާ ލިޔުންތެރިންނަށެވެ. ފޭސްބުކްއިން ހާމަކޮށްފައިވާ ގޮތުގައި ގިނަބަޔަކު މި ޕްލެޓްފޯމްއަށް އަހުލުވެރިކުރުމުގެ ގޮތުން މި ޕްލެޓްފޯމް ތައާރަފް ކުރެވިގެންދާއިރު މީގައި ބައިވެރިވާ ލިޔުންތެރިން އަތުން ފީއެއް ނުނަގާނެއެވެ.
ފޭސްބުކްއިން ބުލެޓިން ހިންގުމަށް ހަމަޖެހިފައިވަނީ އެކުންފުނީގެ އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ވަކިންނެވެ. އެގޮތުން ބުލެޓިންގެ ޕޯސްޓްތައް ފެނިގެންދާނީ އެކަމަށް ހާއްސަކޮށް އުފައްދާފައިވާ ވެބްސައިޓަކުންނެވެ. އެހެންކަމުން ބުލެޓިންގައި ހުންނަ ހިލޭ ބަލާލެވޭ ޕޯސްޓްތަްއ ބަލާލުމަށް ފޭސްބުކް އެކައުންޓެއް ބޭނުމެއްނުވާނެއެވެ.
ބުލެޓިން މިވަގުތު ހާއްސަކޮށްފައި ވަނީ ހަމައެކަނި އެމެރިކާގެ ލިޔުންތެރިންނަށެވެ. ނަމަވެސް އެމެރިކާ ނޫން އެހެން ގައުމެއްގެ 2 ލިޔުންތެރިން މި އުފެއްދުމުގެ ބީޓާ މަރުހަލާގައި ބައިވެރިވެއެވެ. އެމެރިކާގެ ލިޔުންތެރިންނަށް މިވަގުތު މިއުފެއްދުން ހާއްސަވެފައި ވީނަމަވެސް ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް މި ވެބްސައިޓަށް ވެދެ މީގައިވާ ކޮންޓެންޓް ބަލާލެވޭނެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި