ތަފާތު 10 އެންޑްރޮއިޑް އެޕްލިކޭޝަން މެދުވެރިކޮށް ފޭސްބުކް ބޭނުންކުރާ ފަރާތްތަކުގެ ޕާސްވޯޑް ވަގަށް ނަގާފައިވާކަން ހާމަވެއްޖެއެވެ. އެގޮތުން ސައިބާސެކިއުރިޓީ އެނަލިސްޓުންތަކެއް ހާމަކޮށްފައިވާ ގޮތުގައި މި އެޕްލިކޭޝަންތަކުގެ ތެރެއިން 9 އެޕްލިކޭޝަނަކީ ގޫގަލްގެ ޕްލޭ ސްޓޯއިން 5.8 މިލިން މީހުން ޑައުންލޯޑްކޮށްފައިވާ އެޕްތަކެކެވެ.
މީގެ އިތުރުން ޑރ.ވެބްގެ މަލްވެއާ އެނަލިސްޓުން ހާމަކޮށްފައިވާ ގޮތުގައި މި އެޕްލިކޭޝަންތަކަކީ ފޮޓޯ އެޑިޓިން، ކަސަރަތުކުރުން އަދި ފޯނުން ޖަންކް ފައިލްތަށް ޑިލީޓްކުރުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކެއްގެ ގޮތުގައި ފަރުމާކުރެވިފައިވާ އެޕްތަކެކެވެ. މިއެޕްލިކޭޝަންތަކުގައި ހިމެނޭ އިޝްތިހާރުތަށް ނެގުމަށްޓައިކައި މިއެޕްތަކުން އެދިފައި ވަނީ ފޭސްބުކް އަށް ލޮގިންވުމަށެވެ.
ފޭސްބުކްއަށް ލޮގިން ވުމަށް އެޕްތަކުން އެންގުމުން ގޫގަލް ޕްލޭގެ ސެކިއުރިޓީ ފީޗާތައް މެދުވެރިކޮށް ފޭކް ލޮގިން ޕޭޖްތައް ދެނެގަނެވޭނެތީ މި އެޕްތަކުން ބޭނުންކޮށްފައި ވަނީ ފޭސްބުކް ލޮގިން ޕޭޖްއެވެ. ނަމަވެސް ފޭސްބުކްއަށް ލޮގިން ވުމާއިއެކު މިއެޕްލިކޭޝަންތަކުން ވަނީ ފޭސްބުކް ޕާސްވޯޑްތައް ވަގަށް ނެގުމަށްޓަކައި ވަކި ސްކްރިޕްޓެއް ބޭނުންކޮށްފައިއެވެ. އެނަލިސްޓުން ގަބޫލުކުރާ ގޮތުގައި މިގޮތައް އެހެނިހެން ހިދުމަތްތަކުގެ ޕާސްވޯޑްތަކާއި ޒާތީ މައުލޫމާތުވެސް މިއެޕްލިކޭޝަންތަކަށް ނެގޭނެއެވެ.
ޑރ.ވެބް ގެ އެނަލިސްޓުން ވަނީ މިކަމުގައި ބޭނުންކޮށްފައިވާ 5 ވައްތަރެއްގެ މަލްވެއާ ވޭރިއަންޓްތައް ދެނެގަނެފައިއެވެ. އެގޮތުން މިތަނުން 3 ވައްތަރަކީ ނޭޓިވް އެންޑްރޮއިޑް އެޕްތަކެކެވެ. އަދި 2 އެޕް ބޭނުންކޮށްފައި ވަނީ ގޫގަލްގެ ފްލަޓާ ފްރޭމްވޯކްއެވެ. ނަމަވެސް ދިރާސާކުރާ ފަރާތްތަކުން ނިންމާފައިވާ ގޮތުގައި މިހުރިހާ އެޕްލިކޭޝަން ތަކަކީވެސް އެއް ޓްރޮޖާންއެވެ. މިގޮތައް ނިންމާފައި ވަނީ މިއެޕްލިކޭޝަންތަކުގައި ބޭނުންކޮށްފައި ވަނީ އެއް ޖާވާސްކްރިޕްޓާއި ކޮންފިގަރޭޝަން ފައިލް ފޯމެޓަކަށް ވުމުންނެވެ.
ގޫގަލް އިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން މިހާރު ވަނީ މިއެޕްތަށް އެޕް ސްޓޯއިން ނަގާފައިއެވެ. އަދި މީގެ އިތުރުން މި އެޕްތަކުގެ ޑިވެލޮޕަރުން އެކުންފުނީގެ މަންސަތަކުން ބޭންކޮށްފައިވާ ކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި