އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ހދ. ނެއްލައިދޫއަށް ތަޢާރަފްކޮށްފިއެވެ.
އުރީދޫ މޯލްޑިވްސްއިން ބުނީ 1 ޖީބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ހދ. ނެއްލައިދޫއަށް މިއަދު ތަޢާރަފްކޮށްފި ކަމަށެވެ. ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަރނެޓްގެ ޚިދުމަތް ހދ. ނެއްލައިދޫއިން ބައްލަވައިގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބިވަޑައިގަންނަވާނެކަމަށެވެ. މީގެ އިތުރުން ޔޫއެފާ ޔޫރޯ 2020 އާއި ގުޅިގެން ކުރިއަށްގެންދާ ޙާއްސަ ޕްރޮމޯޝަންގެ ދަށުން ސުޕަރނެޓް 50 އެމް އަދި 100 އެމް ނަންގަވާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްއަށް 1މަސް ދުވަހުގެ ސަބްސްކްރައިޕްޝަން މުޅިން ހިލޭ ލިބިގެންދާނެކަމަށެވެ.
މި ޚިދުމަތާ ގުޅޭ ގޮތުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ "ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށްޓަކައި އަޅުގަނޑުމެން މިމަސައްކަތް ކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެންމެހައި ބޭފުޅުންނަށްވެސް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޙިދުމަތް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްޓަކާ. ނެޓު ހެޔޮ މަޝްރޫގެ ދަށުން ދާދިފަހުން ގެނައި ބަދަލުތަކާއެކު ސުޕަރނެޓް ޕެކޭޖްތަކަކީ މިހާރު މާކެޓްގައި އެންމެ ގިނަ ފައިދާތައް ލިބޭނެ ޕެކޭޖްތައް. %100 އާއި ހަމައަށް އިތުރު ޑޭޓާ، ޑޭޓާ ރޯލް އޯވަރ ގެ އިތުރުން ޑޭޓާ ހުސްވުމުން ލިބޭ ސްޕީޑްވެސް 2 ގުނައަށްވަނީ އިތުރުކުރެވިފަ. މިއަދު ސުޕަރނެޓްގެ ޚިދުމަތް ހދ. ނެއްލައިދޫއަށް ފޯރުކޮށްދީ އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުޟަތު ނެއްލައިދޫގެ ރައްޔިތުންނަށް ހުޅުވާލެވުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން."
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު %100 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. މީގެ އިތުރުން ސުޕަރނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވަރގެ ޚިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާނެއެވެ.
ނެއްލައިދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ. މި ޚިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އުރީދޫ ވެބްސައިޓު މެދުވެރިކޮށް އެ ޚިދުމަތް ލިބޭނެއެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް