ޗައިނާގައި ގޭމްކުޅޭ ކުޑަ ކުދިންނަށް އިތުރު ގޮންޖެހުމެއް

ހަސަންވީ 09 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޗައިނާގައި 2019 ވަނަ އަހަރުގައި ވަނީ ގޭމްކުޅޭ 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ރޭގަނޑު 10 އަކުން ހެދުނު 8 އަކާއި ދެމެދު ގޭމްނުކުޅެވޭ ގޮތަށް "ގޭމިންގް ކާފިއު"އެއް ތަޢާރަފުކޮށް އެއަށް އަމަލު ކުރަން ފަށާފައިއެވެ. އަދި މީގެ އިތުރުން ގޭމްކުޅެވޭ ވަގުތު ހަފްތާގެ ބަންދުނޫންދުވަސް ތަކުގައި 90 މިނެޓަށް އަދި ހަފްތާބަންދުގައި 3 ގަޑި އިރަށްވަނީ ލިމިޓްކޮށްފައެވެ. މިއީ ގޭމިންގް އެޑިކްޝަނާއި ދެކޮޅަށް ޗައިނާ ސަރުކާރުން އަޅާފައިވާ ވަރުގަދަ ފިޔަވަޅެކެވެ.

ގޭމްކުޅޭ ކުދިން އައިޑީކާޑު ބޭނުންކޮށްގެން ޑޭޓާބެސް އެއްގައި ރެޖިސްޓްރީކުރަންޖެހެއެވެ. ނަމަވެސް ބައެއް ކުދިން ބެލެނެވެރިންގެ އައިޑީކާޑު ބޭނުންކޮށްގެން އެސިސްޓަމަށް މަކަރުހަދައެވެ. މިހާރު ޗައިނާގެ ޓެންސެންޓް ކުންފުނިން އަންނަނީ ފޭޝަލް ރިކޮގްނިޝަން ބޭނުންކޮށްގެން ކާފިއު ގަޑިތަކުގައި ގޭމްކުޅޭކުދިން ދަނެގަނެވޭ "މިޑްނައިޓް ޕެޓްރޯ"ނަމަކަށް ކިޔާ ފީޗަރއެއް ބޭނުންކުރަމުންނެވެ. މީގެ އެހީގައި ވަކިވަރަކަށް ވުރެ ގިނައިރު ގޭމުކުޅޭ ހުރިހާ ފަރާތްތަކެއްގެ މޫނުތައްވެސް ސްކޭންކުރަން ޖެހޭނެއެވެ. އެހެންކަމުން ބޮޑެތިމީހުންގެ އައިޑީ ބޭނުންކޮށްގެން ގޭމްކުޅޭ ކުޑަކުދިންނަށް މީގެފަހުން ޓެންސެންޓްގެ 60 އަށްވުރެ ގިނަ ގޭމް ކާފިއު ގަޑިތަކުގައި ނުކުޅެވޭނެއެވެ.



ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.