ވާވޭއިން އައު ފޯނެއް ޕޭޓަންޓްކޮށްފި

އިސްމާއިލް އަލީ 14 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވާވޭ ކުންފުނިން ޑިސްޕްލޭ ދަށުގައި ސެލްފީ ކެމެރާއެއް ހިމެނޭ ފޯނެއް ޕޭޓަންޓްކޮށްފިއެވެ. މިހާރު ވިޔަފާރި އުސޫލުން މިފަދަ ފޯނެއް އުފައްދަމުން ދަނީ ހަމައެކަނި ޒީޓީއީ ކުންފުނިންނެވެ. އަދި އެކުންފުނިން މިހާރު މަސައްކަތް ކުރަމުންދަނީ މި ފޯނުގެ 2 ވަނަ ޖެނެރޭޝަންގެ ފޯނު އުފެއްދުމަށެވެ.

މީގެ އިތުރުން ބެލެވޭ ގޮތުގައި ސެމްސަންގް ގެލެކްސީ ފޯލްޑް3 ގައިވެސް މި ޓެކްނޮލޮޖީ ބޭނުންކުރާނެއެވެ. އަދި އޮޕޯ ކުންފުނިންވެސް މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ފޯނު އުފެއްދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

ވާވޭއިން ޕޭޓަންޓްކޮށްފައިވާ އުފެއްދުމުގެ ފޮޓޯތަކުން ފެންނަނީ މިޑްރޭންޖް ފޯނެއްކަމަށް ބެލެވެއެވެ. އެގޮތުން މި ފޯނު ބޮޑަށް ވައްތަރީ ހޮނާ އެކްސް20 އެސްއީ އާއިއެވެ. ނަމަވެސް އާންމުކޮށް ޕޭޓަންޓްގައި ހިމަނާފައިވާ ކުރެހުމާއި އަސްލު އުފެއްދުމާއި ތަފާތުތަކެއް ހުރެއެވެ. އެހެންކަމުން މި ފޯނު ބާޒާރަށް ނެރޭއިރު ތަފާތުތަކެއް ހުރުން އެކަށީގެންވެއެވެ.

ވާވޭ ކުންފުނިން މި ޕޭޓަންޓް ހުށަހަޅާފައި ވަނީ ޗައިނާގެ ނޭޝަނަލް އިންޓެލެކްޗުއަލް ޕްރޮޕަޓީ އެޑްމިނިސްޓްރޭޝަންއަށެވެ. އެކުންފުނިން ޗައިނާގައި މި ފޯނު ޕޭޓަންޓްކޮށްފައިވާ އިރު ވާވޭގެ ސްމާޓްފޯނުތައް މިހާރު ގިނައިން ބޭނުންކުރަނީވެސް އެގައުމުގައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.