ޓްވިޓަރ އިން ފްލީޓްސް ދޫކޮށްލަނީ

ހަސަންވީ 15 ޖުލައި 2021

ޓްވިޓަރ އިންވަނީ ފްލީޓްސް ފީޗަރ އަންނަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުން ފެށިގެން ދޫކޮށްލާކަން ހާމަކޮށްފައެވެ. ފްލީޓްސް އަކީ ޓްވިޓަރ އެޕްގައި އެންމެ މަތީ ބަރީގައި ފެންނަން ހުންނަ 24 އިރު ފަހުން އޮޓޯކޮށް ޑިލީޓްވާ ޓްވީޓްތަކެވެ. މިފީޗަރ ދޫކޮށްލަން ނިންމާފައިވަނީ ފީޗަރ ތައާރަފުކުރިފަހުން 8 މަސްދުވަސް ވެފައިވީނަމަވެސް އެފީޗަރ ބޭނުންކުރާ ފަރާތްތައް މަދުކަމުންނެވެ. މިފީޗަރ ދޫކޮށްލިނަމަވެސް ޓްވިޓަރގައި ޝެއަރ ކުރެވޭނެ އިތުރުގޮތްތައް ހޯދުމުގެ މަސައްކަތް ކުރާނެކަމަށް ޓްވިޓަރއިން ހާމަކުރެއެވެ.

ފްލީޓްސް އަކީ ފޭސްބުކް، ސްނެޕްޗެޓް އަދި އިންސްޓާގްރާމްގެ ސްޓޯރީސް ފީޗަރ އާއި ވާދަކުރުމަށް ނެރުނު ފީޗަރ އެކެވެ. މިފީޗަރ ބޭނުންކޮށްގެން ފުލްސްކްރީން ފޮޓޯ އަދި ވީޑިއޯ ލެވެއެވެ. އަދި އެހެންޓްވީޓް ތަކަށް ރިއެކްޓްކުރެވުމުގެ އިތުރުން އާދައިގެ ޓްވީޓްވެސް ލެވެއެވެ. ޓްވިޓަރ އިންބުނާ ގޮތުގައި ފްލީޓްސް ފީޗަރ ނެރުމުގެ މަގްސަދަކީ ޓްވިޓަރ ބޭނުންކުރާ ފަރާތްތަކުގެ އައު ކޮންޓެންޓް ނެރުމެވެ. ނަމަވެސް އެފީޗަރ ބޭނުންކުރަން ފެށީ ގިނައިން ޓްވީޓް ކުރާ "ޕަވަރ ޔޫޒާސް"އެވެ. ޓްވިޓަރ އިންވަނީ ގިނަމީހުން ޓްވިޓަރގައި ބައިވެރިކުރެވޭނެ ކަހަލަ ގޮތްތައް ހޯދާނޭކަމަށް ބުނެފައެވެ.

ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.