އުރީދޫ އިން ބޯނަސް ޑޭޓާ ލިބޭ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން

އަޙްމަދު އަޙްސަން 15 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އުރީދޫ މޯލްޑިވްސްއާއި ޕަރސަނަލް ކޮމްޕިއުޓަރސް ޕާރޓްނަރވެ ސްކޫލް ކުދިންނަށް ޚާއްޞަ "ބެކް ޓު ސްކޫލް" އޮފަރ އެއް އިއުލާން ކޮށްފިއެވެ.

ކިޔެވުމާއި ކިޔަވާދިނުން އަދި މިނޫންވެސް އެހެނިހެން ޚިދުމަތް ފޯރުކޮށްދިނުމުގައާއި ލިބިގަތުމުގައި ޑިޖިޓަލް ޒަރިއްޔާތަކަށް ބަރޯސާ ވާންޖެހިފައިވާ މި ދަނޑިވަޅުގައި އިންޓަނެޓްގެ ޚިދުމަތާއި ޑިޖިޓަލް ޑިވައިސްތަކުގެ މުހިންމުކަން މިވަނީ އިތުރުވެފައެވެ. އެހެންކަމުން މި އޮފަރ ގެ މަގްސަދަކީ އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނު، ކިޔަވާ ކުދިންނަށާއި ބެލެނިވެރިންނަށް ފަސޭހަކަމާއެކު ބައްލަވައިގަތުމުގެ ފުރުސަތު ހުޅުވާލުމެވެ.

މިއަދު މި ލޯންޗްކުރެވުނު "ބެކް ޓު ސްކޫލް" އޮފަރ ގެ ދަށުން ޕަރސަނަލް ކޮމްޕިއިޓަރސްއިން ބައްލަވައިގަންނަ ކޮންމެ ލެޕްޓޮޕަކާއެކު އުރީދޫ މޯލްޑިވްސްގެ މައިފައި ޑިވައިސްއެއް، އަދި 240ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާ ހިމެނޭގޮތަށް ލިބިވަޑައިގަންނަވާނެއެވެ. ލެޕްޓޮޕާއެކު ހިލޭ ލިބިވަޑައިގަންނަވާ މައިފައި ޑިވައިސް މެދުވެރިކޮށް ރީޗާރޖް ކުރާ ފުރަތަމަ 12 ފަހަރު، ކުރައްވާ ކޮންމެ ރީޗާޖަކަށް 20ޖީބީ ބޯނަސް ޑޭޓާ ލިބިވަޑައިގަންނަވާނެއެވެ. ހަމައެހެންމެ، ޕާސަނަލް ކޮމްޕިއުޓަރސް އިން ހަދިޔާ ކުރާ ހިލޭ ލެޕްޓޮޕް ކޭސް އެއްވެސް މި އޮފަރގައި ވަނީ ހިމެނިފައެވެ. އެޗްޕީ އަދި ލެނޯވޯ ގެ ފަހުގެ ލެޕްޓޮޕްތައް ހިމެނޭގޮތަށް ބަންޑްލްކޮށްފައިވާ މި އޮފަރ މިއަދުން ފެށިގެން ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެއެވެ.

މި ޚިދުމަތާ ގުޅޭ ގޮތުން އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ "ޕެންޑެމިކްގެ ސަބަބުން އަޅުގަނޑުމެން އާއްމުކޮށް ކަންކުރާ ގޮތްތަކަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ. އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގައިވެސް، ދަރިވަރުންގެ ކިޔެވުން އަދި އާންމު ދިރިއުޅުމުގެ ކަންކަންމުގައިވެސް އިންޓަނެޓް ގެ ޚިދުމަތް މިވަނީ މުހިންމުވެފައި. އަދުގެ ދުނިޔޭގައި، ދަރިވަރުންނަށާއި ޓީޗަރުންނަށްވެސް އިންޓަނެޓް މެދުވެރިކޮށް އެތަކެއް ތައުލީމީ ފުރުސަތުތަކެއް ފަހިވެގެންދޭ. ވުމާއިއެކު، ޕަރސަނަލް ކޮމްޕިއުޓަރސް އާއެކު މި ލޯންޗް ކުރި އޮފަރ މެދުވެރިކޮށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޮންލައިންކޮށް ކިޔެވުމުގެ ކަންކަމަށް ބޭނުންވާ ތަކެތި ބައްލަވައިގަތުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ. ހުރިހާ ދަރިވަރުންނަށް އުފާވެރި ޗުއްޓީއަކަށް އަދި ބާއްޖަވެރި އަހަރަކަށް އެދެން."

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.