ޖަޕާނުގެ އިންޖިނިއަރުންގެ ޓީމަކުން ދުނިޔޭގެ އިންޓަނެޓް ސްޕީޑުގެ ރިކޯޑެއް މުގުރާލައިފިއެވެ. އެގޮތުން އެ ޓީމުންވަނީ 319 ޓެރަބިޓްސް ޕާ ސެކަންޑްގެ ސްޕީޑްގައި ޑޭޓާ ޓްރާންސްމިޓް ކޮށްފައެވެ. މި ރިކޯޑު އެޓީމުން ހަދާފައިވަނީ 3000 ކިލޯމީޓަރަށް ވުރެ ދިގު ފައިބާ ކޭބަލެއް މެދުވެރިކޮށެވެ. މީގެ އިތުރުން މި ޓީމުން ހާމަކޮށްފައިވާ މި ސްޕީޑަކީ މިހާރުވެސް ބޭނުންކުރަމުންދާ ކޭބަލްތައް މެދުވެރިކޮށް ފޯރުކޮށްދެވިގެންދާނެ ސްޕީޑެކެވެ.
މީގެ ކުރިން އެންމެ ހަލުވި އިންޓަނެޓް ޓްރާންސްމިޝަން ސްޕީޑްގެ ރިކޯޑް އަކީ 178 ޓީބީ/ސެކަންޑްއެވެ. މީގެ އިތުރުން މި ސްޕީޑަކީ އެކްސްޕެރިމެންޓަލް ފޮޓޯނިކް ޗިޕް އެއް މެދުވެރިކޮށް 44.2 ޓީބީ/ސެކަންޑް ސްޕީޑްގައި ކޮށްފައިވާ ޓްރާންސްމިޝަންއަށް ވުރެ 7 ގުނަ މަތި ސްޕީޑެކެވެ. އެހެންކަމުން މި ރިކޯޑަކީ އާންމުންނަށް ބޭނުންކުރަން ލިބޭވަރަށްވުރެ އެތަކެއް ގުނަ ހަލުވި ސްޕީޑެކެވެ. މިހާރުވެސް ވިޔަފާރި އުސޫލުން ގެތަކަށް ލިބޭ އެންމެ ހަލުވި ސްޕީޑަކީ 10 ޖީބީ/ސެކަންޑްއެވެ.
މި ސްޕީޑުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ މިކަން ކާމިޔާބުކޮށްފައިވަނީ މިހާރުވެސް ބޭނުންކުރާ ފައިބާ އޮޕްޓިކް ކޭބަލްތަކަށް އިތުރު ބައެއް ތަކެތި ހިމަނައިގެން ކަމަށް ވުމުންނެވެ. އެގޮތުން މި ދިރާސާގައި އެޓީމުން ބޭނުންކޮށްފައި ވަނީ 4 ކޯ ފައިބާ އޮޕްޓިކް ކޭބަލްއެވެ. މި ދިރާސާގައި މި ސްޕީޑް ހޯދުމަށް ބޭނުންކޮށްފައިވަނީ މަދުން ނޫނީ ބޭނުންނުކުރާ ވައްތަރުގެ ޓެކްނޮލޮޖީއެކެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި