ނެޓްފްލިކްސް އުޅެނީ 200 މިލިއަނަށްވުރެ ގިނަ ސަބްސްކްރައިބަރުންނާއި އެކު ސްޓްރީމިން ޕްލެޓްފޯމް ތަކުގެ ތެރެއިން އެންމެ ކުރީގައެވެ. މިހާރު މިސްރާބު ޖަހާފައި އެހުރީ ވީޑިއޯ ގޭމިން މާކެޓަށް ވަނުމަށެވެ. ބްލޫމްބާގްގެ ރިޕޯޓެއްގައި ހާމަކޮށްފައިވާގޮތުގައި އަންނަ އަހަރު ނެޓްފްލިކްސް ކުންފުނިން މިހިދުމަތް ދޭން ފަށާނެއެވެ. ނެޓްފްލިކްސްގެ ކެޓަގަރީ އެއް ގޮތަށް މިބައި އިތުރުކުރެވިގެންދާނެކަމަށާއި މިހިދުމަތަށް އިތުރު ޗާޖެއް ނަގާނެކަމަށް ނުބެލެވޭކަމަށް އެރިޕޯޓުގައި ބްލޫމްބާގް އިން ފާހަގަކުރެއެވެ.
ނެޓްފްލިކްސް އިން ވަނީ އިލެކްޓްރޯނިކް އާޓްސް އަދި ފޭސްބުކްގައި މަސައްކަތް ކޮށްފައިވާ މައިކް ވަރޑިއު އަށް ނެޓްފްލިކްސް ގެ ގޭމް ޑިވެލޮޕްމަންޓް ބައިގެ ވައިސް ޕްރެޒިޑެންޓް ކަން ހަމަޖައްސައިދީފައެވެ. ވަރޑިއު ވަނީ ފޭސްބުކްގެ އޮކިއުލަސް ވީއާރ ބައިގެ ވައިސް ޕްރެޒިޑެންޓަކަށް ހުރިއިރު އޮކިއުލަސް ޑިވައިސްތަކަށް އައު ގޭމް ގެނައުމަށް ގޭމް ޑިވެލޮޕަރުންނާއި އެއްކޮށް މަސައްކަތްކޮށްފައެވެ. ކުރިއަށް ހުރިދުވަސްތަކުގައި ނެޓްފްލިކްސްގެ ގޭމިން ޓީމެއް އެކުލަވާލާނެއެވެ.
އެހެން ސްޓްރީމިން ޕްލެޓްފޯމްތަކުގެ ސަބަބުން އުފެދިފައިވާ ވާދަވެރިކަމުގެ ސަބަބުން ކަސްޓަމަރުން އިތުރުކުރާނެ އައު ގޮތްތަކެއް ހޯދުންވަނީ ނެޓްފްލިކްސް އަށް މަޖުބޫރުވެފައެވެ. ނެޓްފްލިކްސް ވީޑީއޯ ގޭމިން އިންޑަސްޓްރީއަށް ވަންނަން އުޅޭއިރު ދާދިފަހުން ގޫގަލް ވީޑީއޯ ޕްލެޓްފޯމް ވަނީ ހިދުމަތްދޭން ފެށިތާ އެންމެ ދެއަހަރުފަހުން ހުއްޓާލާފައެވެ. އަދި އެމޭޒަންގެ ލޫނާ ގޭމިން ޕްލެޓްފޯމް ކާމިޔާބީއަކަށް ނުވިއެވެ. އެހެންކަމުން ނެޓްފްލިކްސް އިން މިކަންތައްތަކަށް ރިއާޔަތްކޮށް ރަނގަޅު ގޭމިންގް ޕްރޮޑަކްޓެއް ލޯންޗުކުރާނެކަމަށް އުއްމީދުކުރެވެއެވެ.
ޓެކްނޮލޮޖީގެ ފޭންއެއް