ވަޓްސްއެޕް ކްލައުޑް ބެކަޕް އެންޑްރޮއިޑްގައި ޓެސްޓުކުރަނީ

ހަސަންވީ 20 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވަޓްސްއެޕް އަކީ ވަރަށް ސެކިއުރިޓީ ވަރުގަދަ އެންޑް-ޓު-އެންޑް އެންކްރިޕްޝަން ހިމެނޭ ޗެޓް އެޕެކެވެ. މިހާރު ވަޓްސްއެޕްއިން ވަނީ އެންޑްރޮއިޑް ޑިވައިސްތަކުގައި ސެކިއޯރ ކްލައުޑް ބެކަޕް ފީޗަރ ޓެސްޓުކުރަން ފަށާފައެވެ. ވަޓްސްއެޕާއި ބެހޭ މައުލޫމާތުގެނެސްދޭ ޑަބްލިއު އޭ ބީޓާ އިންފޯއިން ވަނީ ވަޓްސްއެޕް އެންޑްރޮއިޑް ބީޓާ ވާޝަން 2.21.15.5 ގައި އެންޑް-ޓު-އެންޑް އެންކްރިޕްޓެޑް ކްލައުޑް ބެކަޕް ޓެސްޓު ފީޗަރ ހިމެނޭކަން ފާހަގަކޮށްފައެވެ.

މިހާރު ވަޓްސްއެޕްގެ ކްލައުޑް ބެކްއަޕްގައި ހިމެނިފައިވަނީ ސަރވަރސައިޑް އެންކްރިޕްޝަން އެކަންޏެވެ. ސެކިއޯރ ބެކަޕް ފީޗަރ ބޭނުންކުރާނަމަ ބެކަޕް ރީސްޓޯރކުރުމަށް ވަކި ޕާސްވޯޑެއް ޖަހަންޖެހެއެވެ. ނުވަތަ ޕާސްވޯޑްގެ ބަދަލުގައި 64 ނަމްބަރުގެ އެންކްރިޕްޝަން ކީއެއް ހަދާލެވިދާނެއެވެ. މިޕާސްވޯޑް ނުވަތަ އެންކްރިޕްޝަން ހަދާންނެތިއްޖެނަމަ ދެން އެފައިލްތަކަށް އެކްސެސްވެވޭނެއެވެ. ކުރިން ބެކަޕްކުރާ ސަރވިސްއަށް (ގޫގުލްޑްރައިވް، އައިކްލައުޑް) އަށް އެކްސެސް ލިބިއްޖެނަމަ ވަޓްސްއެޕް ބެކަޕްފައިލް ބަލައިލެވޭނެއެވެ. މިހާރު ބެކަޕްފައިލް އިންނާނީ އެންކްރިޕްޓް ކުރެފިފައެވެ.

ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.