ގޫގަލް ޑްރައިވްއިން މިހާރު ސްޕޭމް ފައިލްތައް ބްލޮކްކުރެވޭނެ

ޝުޖާޢަތު ރަޝީދު 24 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގަލް ޑްރައިވްއިން ގޫގަލް ވާކްސްޕޭސް އަޕްޑޭޓްގައި 22 ޖުލައި ވަނަ ދުވަހު އިއުލާންކޮށް ޕޯސްޓުކޮށްފައިވަނީ މިހާރު ގޫގަލް ޑްރައިވްގައި ބޭނުން ނުވާ މީހުން ބްލޮކް ކޮށްލެވޭނެ ކަމަށެވެ.

މިއީ ސްޕޭމްކުރާ މީހުން މަދުކުރުމަށް ގޫގަލްއިން ގެނެސްފައިވާ ބަދަލެކެވެ. މިގޮތައް ގޫގަލް ޑްރައިވްގައި އެހެން މީހަކު ބްލޮކް ކޮށްލުމުން އޭނާއަށް ދެން އިތުރަށް ގޫގަލް ޑްރައިވް މެދުވެރިކޮށް އެއްވެސް ލިއުމެއް ނުވަތަ ފައިލެއް ނުފޮނުވޭނެއެވެ.

މީގެ އިތުރަށް ބްލޮކް ކުރެވުނު މީހާއާއި ކުރިން ޚިއްސާ ކުރެވިފައިވާ ލިޔެކިއުންތައްވެސް އޭނާއަށް އިތުރަށް ނުބެލޭނެއެވެ.

ނަމަވެސް މި އަޕްޑޭޓްގައި ގޫގަލްއިން ފާހަގަ ކޮށްފައިވަނީ އަމިއްލަ ޑޮމެއިންގައި ނުވަތަ އޮފީހުގައި އެކީގައި ގޫގަލް ޑްރައިވް މެދުވެރިކޮށް ފައިލް ޚިއްސާކުރާ މީހަކު ބްލޮކް ނުކުރެވޭނެ ކަމަށެވެ. މިގޮތައް ބްލޮކް ކުރެވިއްޖެނަމަ މެއިލް މެދުވެރިކޮށް ނުވަތަ ގޫގަލްގެ އެހެން ޚިދުމަތްތައް ބޭނުންކޮށްގެން ދެފަރާތަށް އެއްވެސް މުޢާމަލާތެއް ނުކުރެވޭނެއެވެ.

މި ޚިދުމަތް ގޫގަލްއިން 22 ޖުލައިގައި ނެރެފައިވަނީ 15 ދުވަހުގެ މުއްދަތުގައި އެންމެނަށްވެސް ލިބޭނެ ގޮތަށެވެ. މިއީ ގޫގަލް ވާކްސްޕޭސް، ޖީ-ސޫޓް ބޭސިކް އަދި ބިޒްނަސް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ނެރޭނެ ޚިދުމަތެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

ގޫގަލް ޑްރައިވް މެދުވެރިކޮށް ސްޕޭމް ނުވަތަ ބޭނުން ނުވާ މީހުން ބްލޮކް ކުރާނެ ގޮތް ކިއާލުމަށް މި ލިންކަށް ފިތާލާ

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.