ސަމްސަންގްއިން އޮލިމްޕިކް 2020 އެތުލީޓުންނަށް ހަދިޔާ

ޝުޖާޢަތު ރަޝީދު 24 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިދިޔަ އަހަރު ބޭއްވުމަށް ރޭވުނު ޓޯކިއޯ 2020 އޮލިމްޕިކްސް މިހާރު ދަނީ ކުރިއަށެވެ. މިފަހަރު ޓޯކިއޯގައި މި ބޭއްވޭ އޮލިމްޕިކްސް މުބާރާތުގެ އެއް ސްޕޮންސާއަކީ ސަމްސަންގްއެވެ.

އެހެންކަމުން ސަމްސަންގްއިން ޓޯކިއޯ އޮލިމްޕިކްސްގައި ބައިވެރިވާ ކޮންމެ އެތުލީޓަކަށްވެސް ވަރަށް ތަފާތު ހަދިޔާ ދަބަހެއްވަނީ ދީފައެވެ. ޓިކްޓޮކް މެދުވެރިކޮށް އެތުލީޓަކު ޚިއްސާކޮށްފައިވާ އޭނާގެ ހަދިޔާ ދަބަހުގައި ސަމްސަންގްއިން ދީފައިވާ ހަދިޔާތައް ވަނީ ދައްކާލާފައެވެ.

މީގެތެރޭގައި ހިމެނެނީ، ޚާއްސަކޮށް މިމުބާރާތުގެ އެތުލީޓުންނަށް ތައްޔާރުކޮށް ޓޯކިއޯ 2020 އޮލިމްޕިކް ލޯގޯ ޖަހާފައިވާ ސަމްސަންގް ގެލެކްސީ އެސް21 ފޯނު، ސަމްސަންގް ގެލެކްސީ ބަޑްސް ޕްރޯ ކޭސްއަކާއި އެކު އަދި ހަމަ ޓޯކިއޯ 2020 ގެ ލޯގޯ ޖަހާފައިވާ ކޮމެމޮރޭޓިވް ގަލަމެއްވެސް ހިމެނެއެވެ.

ގެލެކްސީ އެސް21 އަކީ ސަމްސަންގްއިން އެންމެ ފަހުން ނެރެފައިވާ ފޯނެވެ. އަދި މިއީ މިހާތަނަށް ސަމްސަންގްއިން ނެރުނު ފޯނުތަކުގެ ތެރެއިން އެންމެ ޕާފޮމަންސް ރަނގަޅު ފޯނުކަމަށް މި ފޯނު މިހާރު ގެންގުޅޭ އެންމެންވެސް އެންމެ ގިނައިން ބުނާ ފޯނެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.