އެމޭޒަން ކުންފުނީގެ މުވައްޒަފަކުވަނީ ލަންޑަންގެ ސިޓީ އޭ.އެމް ނޫހަށް އެމޭޒަން އިން މިއަހަރު ފަހުކޮޅުގައި ބިޓްކޮއިން ޕޭމަންޓް ބަލައިގަންނަން ފަށާނެކަމުގެ މައުލޫމާތު ދީފައެވެ. އެފަރާތުން މައުލޫމަތު ދިން ގޮތުގައި މިހާރު އެމޭޒަން އިން ވަނީ ބިޓްކޮއިން ޕޭމަންޓް ބަލައިގަންނަން ވާންޖެހޭ ތައްޔާރީތައް ފަށާފައެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު އެހެން ކްރިޕްޓޯ ކަރެންސީތައްވެސް ބަލައިގަންނާނެ ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.
މިދިޔަ ހަފްތާގައި އެމޭޒަން އިން ކްރިޕްޓޯ ކަރެންސީ ލީޑް ގެ މަގާމަށް ވަޒީފާގެ ފުރުސަތު ހުޅުވާލުމާއިއެކު އެމޭޒަން އިން ކްރިޕްޓޯ ކަރަންސީގެ މާކެޓަށް ވަންނަންއުޅޭކަމަށް ބެލެވެން ފެށިއެވެ. އަދި ބައެއް ރިޕޯޓުތައް ބުނާގޮތުން އެންމެ އަވަސްވެގެން އަންނަ އަހަރު އެމޭޒަންގެ އަމިއްލަ ކްރިޕްޓޯ ކަރަންސީއެއް ނެރުމަކީ އެކަށީގެންވާކަމެކެވެ.
ޓެކްނޮލޮޖީގެ ފޭންއެއް