ވެބްސައިޓްތައް ދިވެހިކޮށްލުމަށް ޖަވާބު ތާނަ ޕްލަގިން

ހިންދު ޢަލީ 27 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވޯޑްޕްރެސް އެޕްލިކޭޝަނުން ތައްޔާރުކުރާ ވެބްސައިޓްތައް ފަސޭހައިން ދިވެހި ބަހަށް ބަދަލުކޮށްލުމަށް މަގުފަހި ކޮށްދޭ ޕްލަގިންއެއް ޖަވާބު ޕްރައިވެޓް ލިމިޓެޑްއިން އުފައްދައިފިއެވެ. ޖަވާބު ތާނަގެ ނަމުގައި އުފައްދާފައި މިވާ ޕްލަގިން މިހާރު ވަނީ އެކުންފުނިން އޯޕަންސޯސްކޮށް ބޭނުންވާ ފަރާތްތަކަށް ބޭނުންކުރުމަށް ހުޅުވާލާފައެވެ. ޖަވާބު ޕްރައިވެޓް ލިމިޓެޑްއަކީ ވެބްޑިޒައިނިންގ، ސޮފްޓްވެއަރ ޑިވެލޮޕްމަންޓް އަދި ގްރެފިކްސް ޑިޒައިން ފަދަ ގިނަ މަސައްކަތްތަކެއް ކުރާ މަޝްހޫރު ދިވެހި ޓެކް ކުންފުންޏެކެވެ.

ވޯޑްޕްރެސްއަކީ ވެބްސައިޓް ފަސޭހައިން ތައްޔާރުކޮށްލެވޭ، ވެބްސައިޓް އުފައްދާ ފަރާތްތަކުގެ މެދުގައި ވަރަށް މަގްބޫލު އެޕްލިކޭޝަނެކެވެ. ދިވެހި ބަހުން ވެބްސައިޓް ތައްޔާރުކޮށްލުމަށް މި ޕްލަގިން އިން އަދި އިތުރަށް ފަސޭހަ ވެގެންދާނެއެވެ. އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ، ރައިޓް-ޓު-ލެފްޓް (RTL) ސަޕޯޓްކުރާ ކޮންމެ ވޯޑްޕްރެސް ތީމެއްގެ ވެބްސައިޓެއް ވެސް މިޕްލަގިން ބޭނުން ކޮށްގެން ކަނާތުން ވާތަށް ލިޔެވޭގޮތަށް ބަދަލުކޮށް އަދި ދިވެހި ބަސް ސަޕޯޓްކުރާގޮތަށް ބަދަލުކޮށްލެވޭނެއެވެ.

ޖަވާބުން މަޢުލޫމާތު ދެއްވާ ގޮތުގައި މިޕްލަގިން އިންސްޓޯލްކޮށްލުމުން އިގިރޭސި ބަހުން ހުރި މެޓަޑޭޓާއާއި ތާރީޚު ފަދަ ތަކެތި އިތުރު ފޮންޓެއް އެޅުމަކާނުލާ އަދި ސެޓިންއެއް ބަދަލުނުކޮށް އޮޓޯއިން ބަދަލުވާނެއެވެ. މިޕްލަގިންގެ މިހާރު ހުޅުވާލާފައިވާ ވާރޝަންގައި، ވޯޑްޕްރެސްގައި ހިމެނޭ ކްލެސިކް އެޑިޓަރ ބޭނުންކޮށްގެން ވެބްސައިޓްގެ ކޮންޓެންޓް ބަދަލުކުރެވޭނެއެވެ. އެކުންފުނިން މަޢުލޫމާތު ދެއްވާ ގޮތުގައި އެހެން އެޑިޓަރތައް ބޭނުންކޮށްގެންވެސް ކޮންޓެންޓް ބަދަލު ކުރެވޭގޮތަށް އަވަސް ފުރުސަތެއްގައި އުފައްދުމުގެ މަސައްކަތް ކުރާނެއެވެ.

މިޕްލަގިން އިންސްޓޯލްކޮށް ބޭނުންކުރެއްވުމަށް މިލިންކު ބޭނުންކުރައްވާށެވެ. އަދި ޕްލަގިން ބޭނުން ކުރާނޭ ގޮތް ހިމެނޭ ވީޑިއޯއެއް ވެސް ޖަވާބުންވަނީ އާންމު ކޮށްފައެވެ.

މިކުންފުނިން ހިންގާ ޖަވާބު އެކަޑެމީ އިން 5 އޮގަސްޓް 2021 ގައި ފަށަން ތައްޔާރުވަމުންދާ ވޯޑްޕްރެސް ވެބް ޑިވެލޮޕްމަންޓް ކޯހުގެ ބައެއްގެ ގޮތުގައި ޖަވާބު ތާނަ ޕްލަގްއިން ބޭނުންކޮށްގެން އިގިރޭސި ބަހުން ތައްޔާރުކޮށްފައިވާ ވޯޑްޕްރެސް ވެބްސައިޓެއް ދިވެހި ބަހަށް ބަދަލުކުރާނެ ގޮތް ކިޔަވައިދޭނެ ކަމަށް އެކުންފުނިން މަޢުލޫމާތު ދެއްވައެވެ. މިކޯހަކީ ކޯޑު ކުރުމަކާއި ނުލާ ވޯޑްޕްރެސް ބޭނުންކޮށްގެން ވެބްސައިޓެއް ތައްޔާރުކުރުމަށް ދަސްކޮށްދިނުމަށް ހިންގާ ކޯހެކެވެ. ވެބްސައިޓް ހެދުމަށް އަލަށް ދަސްކުރަން ބޭނުންވާ ގްރޭޑް 5 އިން ފެށިގެން މަތީގެ އުމުރުގެ ކޮންމެ ފަރާތްތަކަށް ހުޅުވާލާފައިވާ މިކޯހުގެ ދިގުމިނަކީ 1 މަސްދުވަހެވެ. ކޯހުގެ އިތުރު މަޢުލޫމާތު ހޯއްދެވުމަށް

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.