ސޮނީ ގެ ޕްލޭސްޓޭޝަން 5ގެ 10 މިލިއަނަށްވުރެ ގިނަ ޔުނިޓް މިހާރު ވިކިފައިވާކަމަށް ސޮނީ އިން ހާމަކޮށްފިއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ނެރުނު ގޭމިން ކޮންސޯލް ވިކުނު އަދަދު 10 މިލިއަނަށް އަރާފައިވަނީ މިމަހު 18 ވަނަދުވަހުއެވެ. މިއީ އެކުންފުނީގެ ޕްލޭސްޓޭޝަން 4 އަށް ވުރެ ކުރުމުއްދަތެއްގައި ހެދުނު ރެކޯޑެކެވެ. ޕެންޑެމިކެއްގެ ތެރޭގައި މިއީ ހޯދުނު ކުރިއެރުމެއްނަމަވެސް އަދިވެސް ޑިމާންޑް އޮތްވަރަށް ސަޕްލައި ނުކުރެވޭތީ ހަމަ އަގުގައި ޕްލޭސްޓޭޝަން 5 ގަތުމަށް ކަސްޓަމަރުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. މިކަމާއި ގުޅިގެން ސޮނީ އިންޓެރެކްޓިވް އެންޓަޓެއިންމެންޓްގެ ސީއީއޯ ޖިމް ރަޔާން ވިދާޅުވީ ޕީއެސް 5 އުފެއްދުމަށް އޮތް ހުރަހަކީ ޗިޕް ލިބުމުގެ ދަތިކަން ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން އެކުންފުނިންވަނީ ބައެއް ގޭމްތައް ވިކުނުވަރު ހާމަކޮށްފައެވެ. ސްޕައިޑަރމޭން - މައިލްސް މޯރާލްސް ގެ 6.5 މިލިއަން ކޮޕީ ވިކިފައިވާއިރު ރެޗެޓް & ކްލޭންކް - ރިފްޓް އެޕާޓް ގެ 1.1 މިލިއަން ކޮޕީ ވިކިފައިވެއެވެ. އަދި މޭޖަރ ލީޖް ބޭސްބޯލް ދަ ޝޯ 21 ގެ 2 މިލިއަން ކޮޕީ މިހާތަނަށްވިކިފައިވެއެވެ.
ޓެކްނޮލޮޖީގެ ފޭންއެއް