ރޭޒަރ އިން މިދިޔަ ހުކުރު ދުވަހު ޒަމާނީ އާރްޖީބީ ފޭސްމާސްކެއްވަނީ ތަޢާރަފްކޮށްފައެވެ. ޒެފަރ އާނަމަކާ އެކު ތަޢާރަފްކުރި މި ފޭސްމާސްކު ރޭޒަރ އިން ތަޢާރަފް ކޮށްފައިވަނީ ބީޓާ ޓެސްޓިންގްގައި ބައިވެރިވެގެން ގިނަ ފަރާތްތަކަށް މި މާސްކް ޓެސްޓް ކުރެވޭ ގޮތަށެވެ.
ރޭޒަރ އިން މާގިނަ މައުލޫމާތުތަކެއް ފޭސްމާސްކާއި ބެހޭގޮތުން ހިއްސާކޮށްފައެއް ނުވެއެވެ. މާސްކުގެ ޕަބްލިކް ރިލީޒް ޑޭޓް ބީޓާ ޓެސްޓަރުންނަށް ޒެފަރ ލިބޭނެއިރެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މި މާސްކާއި ބެހޭގޮތުން ރޭޒަރ އިން ހަމައެކަނި ފޯރުކޮށްދީފައިވާ މައުލޫމާތަކީ އެނައުންސްމެންޓް ވީޑިއޯގައިވާ ހުރިހާ މައުލޫމާތެވެ.
ޒެފަރ މިމާސްކްގެ ޝޭޕަށް ބަލާލާއިރު މި މާސްކުގަ ރައުންޑް ސާކަލް ބްރީތިންގ ޓިއުބްސް އަދި ނޭފަތާއި އަނގަޔާ އެކީ ކަވަރ ވާނެ މާސްކް ޝޭޕެއް ގައި ފަރުމާ ކުރެވިފައިވެއެވެ.
ޒެފަރ އެންމެ ވައްތަރުވެގެންދަނީ ގޭމިންގ ޕީސީ ޕްރޮޑަކްޓަކާއެވެ. މާސްކުގައި ހިމެނޭ އާރޖީބީ ލައިޓް ގެ ސަބަބުން އޭގެ އެޕިއަރެންސް ވަރަށް ރީތިވެއެވެ.
ރޭޒާރއިން މި މާސްކު ތައްޔާރުކޮށްފައިވަނީ މާސްކު ބޭނުންކުރާއިރު ނޭވާލާން އުނދަގޫނުވެ ފަސޭހަކޮށް މާސްކް ބޭނުންކުރެވޭގޮތަށެވެ.
ބީޓާ ޓެސްޓަރސް އަށް މި ވާޝަން ނޫން އެހެން ވާޝަން އެއްގެ ޒެފަރ އެއްވެސް ލިބިދާނެއެވެ. ރޭޒާރ އިން މިހާރު މަސަތްކަތް ކުރަމުން ދަނީ ޒެފަރ އަށް ވެންޓިލޭޝަން ސިސްޓަމްއެއް އިތުރުކޮށް ކޮށް ނޭވާލާން ފަސޭހަވާނޭ ގޮތަށް ޑިޒައިން ކުރުމަށެވެ.
ރޭޒަރއިން ޒަމާނީ އާ ފޭސްމާސްކް ތަޢާރަފް ކޮށްފާވައިރު ކުރިމަގުގައި މިފަދަ ތަފާތު އުފެއްދުންތެރި ޕްރޮޑަކްޓުތަކެއް އާއްމުކުރާނެކަމަށް ގިނަ ފަރާތެއް ދަނީ އުންމީދުކުރަމުންނެވެ.
ޑިވެލޮޕާރ