ޔުނިވާސަލް މޯބައިލް ޗާޖަރާއި އެޕަލް ދެކޮޅު

ހަސަންވީ 17 އޯގަސްޓު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ރޮއިޓަރސް އިން ރިޕޯޓް ކުރާގޮތުގައި އީޔޫ އިން އަންނަ ސެޕްޓެމްބަރ މަހު ހުރިހާ ފޯނަކަށް ބޭނުންކުރެވޭ ޔުނިވާސަލް މޯބައިލް ޗާޖަރެއް އުފެއްދުން ލާޒިމްކުރާ ގާނޫނެއް ހަދަން ހުށަހަޅާނެއެވެ. މިކަމާއި ގުޅިގެން އެންމެ ބޮޑަށް ދެކޮޅު ހަދަނީ އެޕަލް އިންނެވެ. އައިފޯންތަކުގައި ބޭނުންކުރާ ލައިޓްނިން ޕޯޓް ބަދަލުކުރުމަށް މީގެ ކުރިންވެސް އެޕަލް ވަނީ ދެކޮޅުހަދާފައެވެ. އެގޮތުން މިދިޔަ އަހަރުވެސް އީޔޫއިން ވަނީ ހުރިހާ ފޯނެއްގައި ޔޫއެސްބީ-ސީ ޗާޖަރ ބޭނުންކުރެވޭ ގޮތް ހަދަން މަސައްކަތްކޮށްފައެވެ.

ޔޫރަޕިއަން ކޮމިޝަނުން ކުރި ދިރާސާއެއްގައި 2018 ވަނަ އަހަރު އީޔޫގެ ގައުމުތަކުގައި ބޭނުންކުރި ފޯނުތަކުގެ ތެރެއިން 40 އިންސައްތަ ފޯނުގައި ބޭނުންކޮށްފައި ހުރީ މައިކްރޯ ޔޫއެސްބީ ޗާޖަރެވެ. 29 އިންސައްތަ ފޯނުގައި ޔޫއެސްބީ-ސީ ބޭނުންކޮށްފައިހުރި އިރު 21 އިންސައްްތަ ފޯނުގައި ހުރީ ލައިޓްނިންގް ޕޯޓެވެ. މިދިރާސާ ހަދާފައިވަނީ 2019 ވަނަ އަހަރުގައި 2018 ޑޭޓާ ބޭނުންކޮށްގެންނެވެ. އެހެންކަމުން އޭގެ ފަހުން ޔޫއެސްބީ ޓައިޕް ސީ ޗާޖަރު މާކެޓުގައި ގިނަވާނެއެވެ.

އީޔޫގެ ބޭނުމަކީ އެންމެ ޗާޖަރަކުން ހުރިހާ ފޯނެއް ޗާޖުވާގޮތް ހެދުމެވެ. އަދި މީގެ ސަބަބުން ތިމާވެއްޓަށް ފައިދާތަކެއް ކުރާނެކަމަށް އީޔޫއިން ގަބޫލުކުރެއެވެ. އެހެންނަމަވެސް އެޕަލް އިން ދެކެނީ އެންމެ ޗާޖަރެއް ބޭނުންކުރާނަމަ ޓެކްނޮލޮޖީ ކުރިއެރުމަށް ހުރަސް އެޅިގެންދާނެކަމަށެވެ..

ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.