ފޭސްބުކް މެސެންޖަރގެ ސެކިއުރިޓީ ވަރުގަދަކޮށްފި

ހަސަންވީ 18 އޯގަސްޓު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ފޭސްބުކް އިން ފޭސްބުކް މެސެެންޖަރގެ އޯޑިއޯ އަދި ވީޑިއޯ ކޯލްތައް އެންކްރިޕްޓް ކުރެވޭގޮތް ހަދައިފިއެވެ. ފޭސްބުކްއިން ހާމަކުރިގޮތުގައި ކޮވިޑްއާއި ގުޅިގެން މެސެންޖަރ އެޕް ބޭނުންކޮށްގެން ކުރާ ވޮއިސް އަދި ވީޑިއޯ ކޯލްތައް ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް މަދުވެގެން 150 މިލިއަން ކޯލްކުރާކަމަށް ފޭސްބުކުން ހާމަކުރެއެވެ. އެހެންކަމުން އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިކޯލްތައް މިހާރު އެންޑް ޓު އެންޑް އެންކްރިޕްޝަން ބޭނުންކުރާނެއެވެ.

ފޭސްބުކްގެ ވަޓްސްއެޕްގައި މިހާރުވެސް މެސެޖްތަކާއި ކޯލްތައް އެންކްރިޕްޓް ކުރެއެވެ. އެންކްރިޕްޓްކުރުމުން މެސެޖްތަކާއި ކޯލްތައް ބަލައިލެވޭނީ ހަމައެކަނި ފޮނުވާފަރާތާއި ލިބޭފަރާތަށް އެކަންޏެވެ. ފޭސްބުކް މެސެންޖަރަށް މިވަގުތު ހުރިހާ އެންކްރިޕްޝަން ފީޗަރ ނުލިބުނުކަމުގައި ވީނަމަވެސް ކުރިއަށް ހުރި ހަފްތާތަކުގެ ތެރޭގައި އެފީޗަރތައް ޓެސްޓްކުރަން ފަށާނެއެވެ. މިހާރު އެންކްރިޕްޓް ނުކޮށްހުންނާނީ ގްރޫޕް ޗެޓް، ގްރޫޕް އޯޑިއޯ އަދި ގްރޫޕް ވީޑިއޯ ކޯލްތަކެެވެ.

މީގެ އިތުރުން މެސެންޖަރގެ "ގެއްލޭ" މެސެޖް ފީޗަރވަނީ އަޕްޑޭޓްކޮށްފައެވެ. މިހާރު 5 ސިކުންތާއި 24 ގަޑިއިރާއިދޭތެރޭގެ ގިނަ އޮޕްޝަން ނެގެން ހުންނާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ފޭސްބުކްގެ އިންސްޓަގްރާމްގެ ޑައިރެކްޓް މެސެޖްތަކާއި ކޯލްތައް ވެސް އެންޑް ޓު އެންޑް އެންކްރިޕްޝަން ބޭނުންކޮށްގެން ޓެސްޓްކުރަން ފަށާނެކަމަށް އެކުންފުނިން ހާމަ ކުރެއެވެ.

ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.