މާސްޓަރކާޑް އިން މެގްނެޓިކް ސްޓަރައިޕްއާއި ދުރަށް

ހަސަންވީ 19 އޯގަސްޓު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކޭޝްކާޑުތަކުގައި އެތައް އަހަރެއްވަންދެން ބޭނުންކުރަމުން އައި މެގްނެޓިކް ސްޓްރައިޕް ބޭނުންކުރުން ހުއްޓާލަން މާސްޓަރކާޑްއިން ނިންމައިފިއެވެ. ކުރިން ކްރެޑިޓްކާޑުން ނުވަތަ ކޭޝްކާޑުން ފައިސާދައްކާނަމަ ސްވައިޕްކުރަން ޖެހެއެވެ. އެހެންނަމަވެސް ޓެކްނޮލޮޖީއަށް ލިބުނު ކުރިއެރުންތަކާއި އެކު މިހާރު ގިނަ ކޭޝްކާޑުތަކުގައި ބޭނުންކުރަނީ މައިކްރޯޗިޕެވެ. މައިކްރޯޗިޕް ބޭނުންކުރާ ކާޑްތަކުން ސްވައިޕްނުކޮށް ކޮންޓެކްޓްލެސްކޮށް ޕޭމެންޓް ހަދައިލެވެއެވެ.

މާސްޓަރކާޑްއިން ލަފާކުރާގޮތުގައި މީގެ ދެތިން އަހަރު ފަހުން އެއްވެސް މާކެޓެއްގައި މެގްނެޓިކް ސްޓްރައިޕް ބޭނުންކުރާކަށް ނުޖެހޭނެއެވެ. އަދި 2033 ވަނަ އަހަރުގެ ނިޔަލަށް މެގްނެޓިކް ސްޓަރައިޕް ހުންނަ ކާޑުތައް ބޭނުންކުރުން އެއްކޮށް ހުއްޓާލެވޭނެކަމަށް އެކުންފުނިން ލަފާކުރެއެވެ. މިހާރު ބޭނުންކުރާ މައިކްރޯޗިޕް ހިމެނޭ ކޭޝްކާޑުތަކުގައި ސެކިއުރިޓީ މާވަރުގަދައެވެ. އަދި މިހާރު މާސްޓަރކާޑްއިން ދަނީ ސެމްސަންގް އާއި އެއްކޮށް ބަޔޯމެޓްރިކް ކޭޝްކާޑެއް އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ. މިކާޑުން ފައިސާގެ މުއާމަލާތްތައް ކުރާނީ ފިންގަރޕްރިންޓް ސްކޭންކުރުމަށްފަހުއެވެ. ބެލެވޭގޮތުގައި މިއަހަރުގެ ފަހުކޮޅުގައި މިކާޑު މާކެޓަށް ނެރޭނެއެވެ.

ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.