އެޕަލްއިން 1 ޓެރަބައިޓްގެ އައިފޯނެެއް ނެރެނީ

ހަސަންވީ 13 ސެޕްޓެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އަންގާރަ ދުވަހު އެޕަލް އިން ބާއްވަން ހަމަޖެހިފައިވާ އިވެންޓުގައި 1 ޓެރަބައިޓްގެ ސްޓޯރޭޖް ހުންނަ އައިފޯނެއް ނެރޭނެކަން މަޝްހޫރު އެނަލިސްޓެއްކަމަށްވާ މިންގްޗީ ކުއޯ ހާމަކޮށްފިއެވެ. އޭނާ ލަފާކުރާގޮތުގައި އައިފޯން 13 ޕްރޯ އަދި އައިފޯން 13 ޕްރޯ މެކްސްގެ އެންމެ ސްޓޯރޭޖް ބޮޑު އޮޕްޝަން އަކަށް 1ޓީބީ ހިމެނޭނެއެވެ. އަދި އައިފޯން 13 އަދި އައިފޯން 13 މިނީ ފޯންތަކުގައި 64ޖީބީ ބަދަލުގައި 128ޖީބީ އިން 512ޖީބީ އާއި ހަމައަށް ލިބެން ހުންނާނެއެވެ.

މި އިވެންޓްގައި އެއަރޕޮޑްސް 3 ދައްކާލާނެކަމަށް ވެސް ކުއޯ ލަފާކުރެއެވެ. އެއަރޕޮޑްސް 3 ނެރުނު ކަމުގައިވީނަމަވެސް އެއަރޕޮޑްސް 2 ވެސް ލިބެންހުންނާނެއެވެ. ކުއޯ ފާހަގަ ކުރާގޮތުގައި އައިފޯނު އުފައްދަން ބޭނުންކުރާ ބައެއް މެޓީރިއަލްގެ ޝޯޓޭޖެއް އުޅެފާނެ ކަމަށާއި އެހެން ނަމަވެސް އައިފޯން 13 ސަޕްލައި ކުރުމުގައި މާބޮޑު ދަތިތަކަކާއި ކުރިމަތިނުވާނެކަމަށެވެ.

މިފަހަރުވެސް މިދިޔަ އަހަރެކޭ އެއްގޮތަށް 4 އައިފޯނު މޮޑެލް ނެރޭނެއެވެ. އެއީ އައިފޯން 13، އައިފޯން 13 މިނީ، އައިފޯން 13 ޕްރޯ އަދި އައިފޯން 13 ޕްރޯ މެކްސްއެވެ. މިއަހަރުގެ އައިފޯނުތަކުގެ ކެމެރާ ހުންނާނީ އަޕްގްރޭޑްކޮށްފައެވެ. ހިމެނޭ ފީޗަރތަކުގެ ތެރެއަށް ޕޯޓްރެއިޓް ވީޑިއޯ މޯޑް އަދި އެސްޓްރޯޕޮޓޮގްރަފީ މޯޑް އިތުރުވާނެކަމަށް ބެލެވެއެވެ. އަދި އަލްޓްރާ ވައިޑް ލެންސް ރަނގަޅުވެފަ ވީޑިއޯތަކުގެ އޮޕްޓިކަލް ޒޫމް ރަނގަޅުވާނެކަމަށްވެސް ބެލެވެއެވެ.

އެޕަލް އިވެންޓް އޮންނާނީ އަނގާރަ ދުވަހުގެރޭބރޭގަނޑު 10 ޖަހާއިރުއެވެ. މިފަހަރުވެސް އޮންނާނީ ވާޗުއަލް އިވެންޓެކެވެ.

ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.