ގޫގަލްގެ 23 ވަނަ އަހަރީ ދުވަސް ވަނީ ހޯމަ ދުވަހު ފާހަގަކޮށްފައެވެ. އެގޮތުން މިދުވަހާއި ގުޅުވައިގެން އެކުންފުނިން ވަނީ ހާއްސަ އެނިމޭޓޭޑް ޑޫޑުލް އެއް ގޫގަލް ހޯމްޕޭޖް ގައި ދައްކާލާފައިއެވެ.
މި ޑޫޑޫލްއިން ފެނިގެންދަނީ ކޭކެއްގެ މަތީގައި 23 ލިޔެފައިވާ ތަނާއި އުފަންދުވަހަށް ހާއްސަ އުއްބައްތިއެއް މެދުވެރިކޮށް ގޫގަލްގެ ނަމުގައު އިންނަ އެލްއަކުރު ރަމްޒުކޮށްދޭތަނެވެ.
ގޫގަލް ފައުންޑޭޝަން 1997 ވަނަ އަހަރު ފަށާފައިވާއިރު ރަސްމީކޮށް ކުންފުންޏެއްގެ ގޮތުގައި ގޫގަލް އުފައްދާފައިވަނީ 27 ސެޕްޓެމްބަރު 1998 ގައިއެވެ. އެކުންފުންޏަކީ ސާޖީ ބްރިން އަދި ލެރީ ޕޭޖް ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ. މިއަދު ގޫގަލްއަކީ މުޅިދުނިޔޭގައި އެންމެ ފުޅާކޮށް ބޭނުންކުރަމުން އަންނަ ސާޗް އިންޖީނެވެ. ކާމިޔާބު ދުވަސްތަކަކަށްފަހު ލެރީ ޕޭޖް ވަނީ ކުންފުނީގެ ހިންގުން މިހާރުގެ ސީއީއޯ ސުންދަރް ޕިޗައި އަށް 24 އޮކްޓޯބަރު 2015 ގައި ހަވާލުކޮށްފައިއެވެ.
ގޫގަލްގެ ބާނީންކަމަށްވާ ސާޖީ އާއި ޕޭޖް ދިމާވެފައިވަނީ ޔުނިވާސިޓީގައި ތައުލީމު ހާސިލުކުރި ދުވަސްވަރުގައިއެވެ. އެގޮތުން 1997 ވަނަ އަހަރު ސްޓެންފަޑް ޔުނިވާސިޓީގެ ދަރިވަރެއްކަމަށްވާ ސާޖީ ބްރިން ވަނީ އެ ޔުނިވާސިޓީއަށް އަލަށް ގުޅުން ދަރިވަރެއް ކަމަށްވާ ލެރީ ޕޭޖް ގޮވައިގެން ޔުނިވާސިޓީ ދައްކާލަން ހިނގާފައިއެވެ. އެޔަށްފަހު ޖެހިގެން އައި އަހަރު އެދެމީހުން ގުޅިގެން ވަނީ ސާޗްއިންޖީނެއް އުފައްދައި ތާރަފްކުރުމުގެ މަސައްކަތް ފަށާފައިއެވެ.
ގޫގަލްއިން އެކުންފުނީގެ 23 ވަނަ އަހަރީ ދުވަހާއި ގުޅިގެން ހިއްސާކޮށްފައިވާ ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި ކޮންމެ ދުވަހަކު 150 އަށްވުރެ ގިނަ ބަހުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެކުންފުނީގެ ސާޗް އިންޖީން ބޭނުންކުރެއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް