އީލަން މަސްކް ޗައިނާއަށް ތައުރީފުކޮށް އެގައުމުގައި އޭނާގެ ޓެސްލާ ކުންފުނީގެ އިންވެސްޓްމަންޓްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދީފިއެވެ. އޭނާ މިކަން ހާމަކޮށްފައި ވަނީ ސައިބާސްޕޭސް އެޑްމިނިސްޓްރޭޝަން އޮފް ޗައިނާއިން ވޯލްޑް އިންޓަނެޓް ކޮންފަރެންސްގައި ހޯސްޓްކޮށްފައިވާ އިންޓަވިއުއެއްގައިއެވެ.
މިއީ މަސްކް މިމަސްތެރޭގައި ޗައިނާއަށް ތައުރީފުކޮށްފައިވާ ދެވަނަ ފަހަރެވެ. ޗައިނާ އަކީ މަސްކްގެ ކުންފުނިން އުފައްދާ ކަރަންޓް ވެހިކަލްތައް އުފެއްދުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ގައުމެކެވެ. މަސްކް ފާހަގަކޮށްފައިވާ ގޮތުގައި ޗައިނާއަކީ ޑިޖިޓަލައިޒޭޝަންގެ ދާއިރާގައި މުޅި ދުނިޔެއިންވެސް ފާހަގަކޮށްލެވޭ ގައުމެކެވެ. މީގެ އިތުރުން ވޯލްޑް ނިއު އެނާޖީ ވެހިކަލް ކޮންގްރެސްގައި ވާހަކަ ދައްކަމުން އޭނާ ފާހަގަކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެންމެ ވާދަވެރި ވެހިކަލް އުފައްދާ ފަރާތްތަކަކީ ޗައިނާގެ ވެހިކަލް އުފައްދާ ފަރާތްތައްކަމަށް ބުނެފައިއެވެ.
މަސްކް ހާމަކޮށްފައިވާ ގޮތުގައި އޭނާއަށް ގަބޫލުކުރެވޭ ގޮތުގައި ޗައިނާ ވަނީ ތަފާތު އެކި އިންޑަސްޓްރީތައް ކުރިއަރުވައި ޑިޖިޓަލައިޒް ކުރުމަށް ބޮޑެތި ހޭދަތަކާއި މަސައްކަތްކޮށްފައިއެވެ. މީގެ ތެރޭގައި ވެހިކަލް އުފެއްދުންވެސް ހިމެނޭ ކަމަށާއި އެހެންކަމުން އޭނާއަށް ގަބޫލުކުރެވޭ ގޮތުގައި ޗައިނާއަކީ ދުނިޔޭގެ ޑިޖިޓަލައިޒޭޝަންގެ އިސް ލީޑަރެއްކަމަށްވެސް މަސްކް ވަނީ ހާމަކޮށްފައިއެވެ. މީގެ އިތުރުން މަސްކް ހާމަކޮށްފައިވާ ގޮތުގައި ޓެސްލާ ކުންފުނީގެ އިންވެސްޓްމަންޓްތަކާއި ރިސާޗް އެންޑް ޑިވެލޮޕްމަންޓް މަސައްކަތް މިހާރަށްވުރެ ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.
ޓެސްލާ ކުންފުނިން ވަނީ އެކުންފުންޏާއިމެދު ޗައިނާގައި ދެކޭ ނުރަގަޅުގޮތް ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ފަށާފައިއެވެ. މިފަދަ މައްސަލަތަކެއް އެކުންފުންޏަށް ދިމާވެފައިވަނީ ޗައިނާގައި އެކުންފުނިން ވިއްކާފައިވާ ބައެއް އުޅަނދު އަލުން ރިކޯލް ކުރުމާއި ގުޅިގެންނެވެ. އެގޮތުން ޗައިނާގެ ސަރުކާރުން ވަނީ އެގައުމުގެ ބައެއް ވެރިންނާއި އަސްކަރިއްޔާގައި މަސައްކަތްކުރާ ފަރާތަކަށް ޓެސްލާގެ އިލެކްޓްރިކް ވެހިކަލްތައް ދުއްވުން މަނާކޮށްފައިއެވެ.
ޓެސްލާ ކުންފުނިން ވަނީ 2019 ވަނަ އަހަރު ޗައިނާގެ ޝަންހާއީގައި ފެކްޓްރީއެއް ހުޅުވުމުގެ މަސައްކަތްފަށާފައިއެވެ. އަދި އޯގަސްޓްމަހު އެކުންފުނިން ވަނީ ޗައިނާގައި އުފައްދާފައިވާ 44،264 ވެހިކަލް ވިއްކާފައިއެވެ. މީގެ ތެރެއިން 31،379 ވެހިކަލަކީ އެކްސްޕޯޓްކުރުމަށް އުފައްދާފައިވާ ތަކެއްޗެވެ. މިއީ ޖުލައި އަދި ޖޫން މަހު އެކުންފުނިން ވިއްކާފައިވާ މި ވެހިކަލްތަކަށް ވުރެ ބޮޑު އިތުރުވުމެކެވެ.
ޗައިނާއަށް ތައުރީފުކުރުމުގެ އިތުރަށް މަސްކްވަނީ އޭނާގެ ވާހަކައިގައި ޑޭޓާ ޕްރޮޓެކްޝަނާއި ބެހޭގޮތުންވެސް ވާހަކަދައްކާފައިއެވެ. އެގޮތުން އޭނާ ފާހަގަކޮށްފައިވާ ގޮތުގައި ޑޭޓާ ބެލެހެއްޓުން ހަރުދަނާކުރުމަށް ހެދިފައިވާ ގާނޫނުތަކަކީ ޓެސްލާ ކުންފުނިން ބަލައިގަންނަ ތަކެއްޗެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި