އެމޭޒަން ގްލޯ: އިންޓަރެކްޓިވް ވީޑިއޯ ކޯލް ޑިވައިސްއެއް

ހުސެއިން އާރިފް 29 ސެޕްޓެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އާއިލާގެ މެންމްބަރުންނާއި އެކު ކުޑަކުދިންނަށް ވީޑިއޯ ކޯލް ކޮށްލުމަށް ހާއްސަކޮށްގެން އެމޭޒަން އިން "އެމޭޒަން ގްލޯ" ގެ ނަމުގައި އިންޓްރެކްޓިިވް ވީޑިއޯ ކޯލިންގް ޑިވައިސް އެއް ތައާރަފް ކޮށްފިއެވެ. ވަރަށް އާދަޔާއި ހިލާފު މިޑިވައިސް އަކީ މޭޒުމަތީ ބައިންދާގެން ބޭނުން ކުރާ ކުޑަ ސްކްރީން އެއް ހިމެނޭގޮތަށް ހުންނަ ޕްރޮޖެކްޓަރެކެވެ.

ގިނަ ކުދިންނަށް އެހާގިނަ އިރު ވިޑިއޯ ކޯލް ކޮށްގެން ސްކްރީން ކައިރީ މަޑުކޮށްގެން ތިބުމަކީ އެހާ ގަޔާވާ ކަމެއް ނޫނެވެ. ކޯލުގެ މެދުތެރެއިން އެކުދިން މާދުރަށް ޖެހިލުމުން ދެން ޖެހެނީ ގިނަ ފަހަރު ސްކްރީން އިން ފެންނަން ހުންނަ ސީލިންގް އަށް ނުވަތަ ބިންމަައްޗަށް ބަލަހައްޓައިގެން ތިބުން ކަމަށް އާއިލާގައި ހިމެނޭ ތުއްތު ކުދިންނާއި އެކު އާއްމުކޮށް ވީޑިއޯ ކޯލް ކުރާ ފަރާތްތަކަށް ވަރަށް ގިނައިން ތަޖްރިބާ ކުރެވިފައި ވާނެއެވެ.

އެމޭޒަން ގްލޯ މެދުވެރިކޮށް އެކުދިން ވީޑިއޯ ކޯލްގައި ތިބެގެން އަނެއްފަރާތުން ވާހަކަދައްްކާ ތިބޭ މައިންބަފައިން ނުވަތަ ކާފަ، މާމަމެނާއި އެކު ފޮތެއް ކިޔާލަން ނުވަތަ ޕަޒްލްއެއް ކުޅެލުން ކަހަލަ ކަންކަން ކޮއްލެވެއެވެ.

އެމޭޒަން ގްލޯ އަކީ ހަމަ އެކަނި ވީޑިއޯ ކޯލް ޑިވައިސް އެއްނޫނެވެ. މީގައި ހިމެނޭ އިންޓްރެކްޓިވް ފީޗަރތައް ވަރަށް ޗާލުވެފައި އަޖައިބު ކުރަނިވިއެވެ. މިގޮތުން ފޮތްތައް އެނިމޭޓް ކުރެވިފައި ހުރީ ފްރޯޒަން، ޓޯއި ސްޓޯރީ އަދި އެހެނިހެން ޑިސްނީ ފިލްމް ތަކުގެ ކެރެކްޓަރތައް ހިމަނައިގެނެވެ. އަދި އެހެން ހަރަކާތްތަކުގައި ސްޕޮންޖްބޮބް ސްކުއަރޕޭންޓްސް، ޑޯރާ ދަ އެކްސްޕްލޯރަރ، ސެސެމީ ސްޓްރީޓް ހިމެނެއެވެ.

ފޮތަކާއި ޕަޒުލް ތަކުގެ އިތުރުން ގެސްޗަރ ކޮންޓްރޯލް ކުރަހާ ކުލަޖައްސާ އެޕްތައްވެސް ހިމެނެއެވެ. މިކަމަށް ހާއްސަ ޑިޖިޓަލް ފަންސޫރާއި، ކްރެޔޯން، ކުލަ ޖައްސާ ފިހި ނުވަތަ ސްޕްރޭފުޅި ބޭނުން ކޮށްލެވެއެވެ. އަދި ކުދި ކުޅޭ އެއްޗެތި ސްކޭން ކޮއްލައިގެން ކުރެހުމުގެ ތެރެއަށް ހިމަނާލެވެއެވެ. ނުވަތަ ޕަޒްލް އަކަށް ބަދަލުކޮށްލެވެއެވެ. ރާޒުވާ، ޗެކަރސް، ގޯ ފިޝް އަދި މެމޮރީ މެޗް ފަދަ ގޭމް ތަކުގެ އެހީގައި ތުއްތުކުދިންނާއި އެކު ދުރުގައި ތިބޭ އާއިލާ މެމްބަރުންނަށް ވަގުތު ހޭދަކޮށްލެވެއެވެ. އެމޭޒަން ގްލޯ ގެ މަގްސަދަކީ ޑިޖިޓަލް ޕްލޭ އަކީ އެއްކޮޓަރީގައި ތިބެގެން ފިޒިކަލް ޕްލޭ އާއި ދާދި އެއްގޮތް ތަޖްރިބާއެއް ހޯދައި ދިނުމެވެ.

ތިން އަހަރާއި ނުވަ އަހަރުގެ އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ނެރޭ މި ޕްރޮޑަކްޓް އަކީ ކުޑަކުދިންނަށް ރައްކާތެރި ޑިވައިސް އަކަަށް ހެދުމަށްޓަކައި ތަފާތު އެކި ފީޗަރތައް ހިމެނިފައި ވުމުން މި ޑިވައިސް ސެޓްއަޕް ކުރުމަށް އެހާ ފަސޭހަ ނުވެދާނެއެވެ. އެހެނެއްކަމަކު މިތަފާތު ޑިވައިސް އަކީ ކުޑަކުދިންގެ މެދުގައި މަގްބުލު ޑިވައިސް އަކަށް ވަރަށް އަވަހަށް ވެދާނެއެވެ. ޕޯޓަލް ގޯ ނަމުގައި މިފަދަ ޑިވައިސް އެއް ފޭސްބުކް ކުންފުނިންވެސް މިހާރު ބާޒަރަށް ނެރެފިއެވެ.

އާއްމުކޮށް ބާޒާރަށް އެމޭޒަން ގްލޯ ނެރޭ އިރު އަގު ހުންނާނީ 299.99 ޑޮލަރުގައެވެ. ގްލޯ އާއި އެކު އެއްއަހަރު ދުވަހުގެ އެމޭޒަން ކިޑް ޕްލަސް ގެ އިތުރުން ދެ އަހަރުގެ ވޮރަންޓީ ހިމެނެއެވެ. އެހެންނަމަވެސް އަދި ހަމަ އެކަނީ ލިބެން ހުރީ އިންވައިޓް އޮންލީ ޕްރޮގްރާމެއްގެ ތެރެއިންނެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.