ދިއްލީގައި ކުއަންޓަމް ޓެކްނޮލޮޖީ ސެންޓަރެއް ހުޅުވައިފި

އިސްމާއިލް އަލީ 04 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިންޑިއާގެ ދިއްލީގެ އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގައި ކުއަންޓަމް ޓެކްނޮލޮޖީ އާއިބެހޭ ސެންޓަރެއް އުފައްދައިފިއެވެ. އެ އިންސްޓިޓިއުޓުން ހާމަކޮށްފައިވާ ގޮތުގައި މި ސެންޓަރުގެ މަގްސަދަކީ ކުއަންޓަމް ކޮމިއުނިކޭޝަން، ކުއަންޓަމް ސެންސިން އަދި މޫސުމާއިބެހޭ ދިރާސާތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމާއި ކުއަންޓަމް ޓެކްނޮލޮޖީ އާއިގުޅޭ ދިރާސާތައް އެއް ފުރާޅެއްގެ ދަށަށް ގެންދިއުމެވެ.

ކުއަންޓަމް ޓެކްނޮލޮޖީއާއި ގުޅޭ ކަންކަން އެއް ފުރާޅެއްގެ ދަށަށް ގެންދިއުމުގެ އިތުރަށް މި ސެންޓަރުގެ ސަބަބުން ދިރާސާކުރާ ފަރާތްތަކަށް ޑިޕާޓްމަންޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީން މިހާރަށްވުރެ ގިނަ ފުރުސަތުތަކެއް ލިބިގެންދާނެކަމަށްވެސް އައިއައިޓީއިން ވަނީ ހާމަކޮށްފައިއެވެ.

ތަފާތު އެކިތަކެތި އުފެއްދުމުގެ އިތުރަށް މި ސެންޓަރު މެދުވެރިކޮށް ކުއަންޓަމް ޕްރޮސެސާއާއި، އަދިވެސް މި ދާއިރާއާއި ގުޅޭ ތަފާތު ދިރާސާތައް ކުރެވިގެންދާނެކަމަށް މި ސެންޓަރުގައި މަސައްކަތްކުރާ ޕްރޮފެސާ ރަޖެންދްރަ ސިންގް ވަނީ ހާމަކޮށްފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.