އިންޓަނެޓް ވިއުގާތައް ފުޅާވަމުން މިދާ ދުވެލީގައި މުޅި ދުނިޔޭގެ އިންޓަނެޓް ކަނެކްޝަންތައް 2030 ގައި 200 ބިލިއަން ހުރާސް ކުރާނެ ކަމަށް ވާވޭ އިން މިދިޔަ ހަފްތާގައި ނެރުނު ރިޕޯޓެއްގައި ހާމަ ކޮށްފިއެވެ. މި ރިޕޯޓް އާއްމު ކޮށްފައިވަނީ 23 ސެޕްޓެމްބަރުން 31 އޮކްޓޮބަރަށް ވާވޭ ޓެކްނޮލޮޖީސް އިން ކުރިޔަށް ގެންދާ ވާވޭ ކަނެކްޓް ސަމިޓްސް ގެތެރޭގައި ކުރިއަށް ދިޔަ "އިންޓެލިޖެންޓް ވޯލްޑް 2030 ފޯރަމް" ގައެވެ.
މި ރިޕޯރަޓްގައި ވާގޮތުން ބައެއް އެޑްވާންސް ޓެކްނޮލޮޖީތައް ކަމަށްވާ އެކްސްޓެންޑަޑް ރިއަލިޓީ، ނޭކަޑް-އައި ތްްރީޑީ ޑިސްޕްލޭ، ޑިޖިޓަލް ޓަޗް، އަދި ޑިޖިޓަލް ސްމެލް ފަދަ ޓެކްނޮލޮޖީތައް އިތުރަށް ތަރައްޤީވެ ފައްކާވުމާއި އެކު އިމަރސިވް އަދި ޑިސްރަޕްޓިވް ތަޖްރިބާތަކެއް ދެން އަންނަ ޖީލުގެ ވިއުގާތަކާއި އެކު ލިބިގެންދާނެއެވެ.
ވާވޭ އިން ގަބޫލު ކުރާގޮތުގައި ވިއުގާތައް ފަރުމާ ކުރުމުގެ މިސްރާބު އިންސާނީ ވިސްނުމުން، މަސްނޫވި ވިސްނުމަށް ބަދަލުވެގެން ދާނެއެވެ. އަދި މަލްޓި ލެވެލް ކޮމްޕިއުޓިންގް އިންފްރާސްޓްރަކްޗަރ އަކާއި ޑާޓާގެ ނިސްބަތް އިންތިހާ އަށް ބިޔަވުމާއި ވިއުގާ ތަކުގެ ކޮމްޕިއުޓިންގް ބާރު އަދި އުފެއްދުންތެރިކަން ހަލުވި މިނެއްގައި ކުރިޔަށް ޖެހިލާނެއެވެ.
މިމޭރުމުން މި ރިޕޯޓްގައި އިތުރަށް ވަނީ ހަތަރު ވައްތަރެއްގެ ކަނެކްޝަން ސިނާރިއޯ ފެނިގެންދާނެ ކަމަށް ބަޔާންކޮށްފައެވެ. އެއީ ގޭބިސީތަކަށާއި އޮފީސް އަދި އުޅަނދުތަކަށް ދެވޭ ހިދުމަތާއި، ސެޓެލައިޓް ބްރޯޑްބޭންޑް ކަންކްޝަންތަކާއި، ސިނާއީ ހިދުމަތްތަކުގެ އިންޓަނެޓާއި، ކޮމްޕިއުޓިންގް ޕަވަރ ވިއުގާތަކެވެ.
މޫސުމަށް އަންނަ ބަދަލު ތަކުން ރައްކާތެރިވެގެންވާ ވާޓިކަލް ދަނޑުވެރިކަން ފުޅާދާއިރާއެއްގައި ކުރިއަރައިގެން ދިއުމާއި، ތްރީޑީ ޕްރިންޓިންގް ގެ އެހީގައި އުފައްދާ އާޓިފިޝަލް ކާބޯތަކެތީގެ ސަބަބުން އިންސާނުން ބަނޑުހައި ހޫނުކަން ތަހައްމަލު ކުރާކަށް ނުޖެހޭނެކަމަށް ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ. އަދި އެފަދަ ތަކެތިންވެސއ އެކަށީގެންވާ މިންވަރަށް ނިއުޓްރިއެންޓްސް އާއި ހަކަތަ ލިބިދޭނެ ކަމަށްވެއެވެ.
ވާވޭ އިން އަންދާޒާ ކުރާ ގޮތުގައި 2030 ގައި ހަކަތައިގެ އެންމެ އާއްމު ވަސީލަތަކީ އިރުން އުފައްދާ ހަކަތައެވެ. މިގޮތުން އިއާދަ ކުރަނިވި ހަކަތާއިގެ ނިސްބަތް 50 އިންސައްތަ އަށްވުރެއް މައްޗަށް ދާނެ ކަމަށް ބެލެވެއެވެ. ވަކިން ހާއްސަ ކޮށް ޑިޖިޓަލް އިންފްރާސްްޓްރަކްޗަރގެ 80 އިންސައްތައަށްވުރެއް މައްޗަށް ބޭނުން ކުރާނީ އިއާދަ ކުރަނިވި ހަކަތަ ކަމުގައި ރިޕޯރޓްގައި އަންދާޒާކޮށްފައި ވެއެވެ.
މީގެ އިތުރުން ކަރަންޓް އުޅަނދު ތަކުގެ ނިސްބަތްވެސް 50 އިންސައްތަ އަށް އަރާނެ ކަމަށް ވެއެވެ. އަދި އޮޓޯމޯޓިވް ސިނާއަތުގެ ބޮޑު ތަރައްްގީ އެއް ބިނާ ވެގެންދާނީ އިންޓެލިޖެންޓް ޑްރައިވިންގް އާއި އިންޓެލިޖެންޓް ސްޕޭސް އަދި އިންޓެލިޖެންޓް އޮޕަރޭޝަންގެ މައްޗަށް ކަމަށްވެސް އެރިޕޯޓުގައި ވެއެވެ. އިންޓެލިޖެންޓް ޑްރައިވިންގް ގެ އަމާޒަކަށް ވާނީ އެކްސިޑެންޓްތައް މަދުވެ، ދަތުރު ފަތުރުގައި ޕަސެންޖަރުންނަށް ހިތްގައިމު ތަޖްރިބާއެއް ލިބިދިނުމެވެ. މިފަދަ އޮޓޯނޮމަސް އުޅަނދުތައް ވެގެންދާނީ އައިސީޓި ސަޕޯޓާއި އެކު އުފެދިގެންދާ އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ތަކާއި، ބަޔޯމެޓްރިކް، އިންވެހިކަލް އޮޕްޓިކަލް ސެންސަރސް އަދި އޯގްމެންޓެޑް ރިއަލިޓީީއާއި، ވާޗުއަލް ރިއަލިޓީ ޓެކްނޮލޮޖީ ތަކުން ބަރާ ވެފައިވާ ކޮކްޕިޓް ތަކަކަށެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.