އިންޓަނެޓުގައި ފައިސާ ކުޅިވަރަކަށްވެ ހުސްވަނީ؟

ޝުޖާޢަތު ރަޝީދު 08 އޮކްޓޯބަރު 2021

މިއަހަރު ވެގެންދާނީ އޮންލައިންކޮށް ގިނަ ކަންތައްތައް އެންމެންވެސް ކުރި އަހަރަކަށްކަން ޔަޤީނެވެ. ކޮވިޑް-19 އާއި ހެދި އޮންލައިން ކްލާސްތަކާއި ތަފާތު އޮންލައިން ޓްރާންސެކްޝަންތައް ހިމެނެއެވެ. މީގެ ތެރޭގައި ފައިސާގެ ޓްރާންސެކްޝަންތައް ކުރިއަށްވުރެން ގިނައެވެ.

ކޮންމެ މީހަކުވެސް ގޭގައި ހުރެގެން އިތުރު އާމްދަނީ ހޯދުމުގެ ގޮތްތައް ހޯދަމުން ގިނަ ބަޔަކު ޓްރޭޑިން، ޑިޖިޓަލް ކަރަންސީ މައިންކުރުން ފަދަ ކަންތައްތައް ކުރަން ފަށައިފިއެވެ.

އެންމެ ކައިރިން ކަންތައްތަކަށް ބަލާލާއިރު އާންމުކޮށް އެންމެންވެސް ބޭނުންކުރާ ގިނަ އެޕްލިކޭޝަންތަކުން ވިޔަފާރި ކުރުން ދަނީ އިތުރުވެފައެވެ. މީގެ ތެރޭގައި ޓިކްޓޮކް ފަދަ މީސްމީޑިއާ އެޕްލިކޭޝަންތަކުގެ އެހީގައި އާންމުންވެސް ދަނީ އަމިއްލަ ވިޔަފާރި ކުރަމުންނެވެ. މިހާރު އެންމެނަށްވެސް އެންމެ މަޝްހޫރު އެއް ކަންތައްތައް ކަމުގައިވާ ޓްރޭޑްކުރުމަކީ ގިނަ ބަޔަކު އޮންލައިންކޮށް މީސްމީޑިއާ މެދުވެރިކޮށް ބެލުންތެރިންނަށް އިނގޭނެހެން ކިޔާދީފައި ހުންނަ ތަކެއްޗެވެ.

ފައިސާގެ މައްޗައް އަބަދުވެސް ދިރިއުޅުން ބިނާވެފައިވީނަމަވެސް ގޭމިފިކޭޝަން ނުވަތަ ފައިސާ ބޭނުންކޮށްގެން ގޭމްކުޅުމަކީ 1980 ގައި އެންމެ ފުރަތަމަ ފެށިފައިވާ ކަމެކެވެ. ގިނަ ބަޔަކަށް މިފަދަ ގޭމްތައް އޭރުގައި ނޭގެއެވެ.

އެންމެ ފުރަތަމަ މިފަދަ ކަމެއް ތަޢާރަފްކޮށް މަޝްހޫރުވީ ޑިސްކަވާ ފައިނޭންޝަލްއިން ކޭޝްބެކް ޕްރޮގްރާމެއް އެމީހުންގެ ކްރެޑިޓް ކާޑުގައި ބޭނުންކުރެވޭ ގޮތައް ފެށުމުންނެވެ. ޑިސްކަވާ ފައިނޭންޝަލަކީ މިހާރު ޑިޖިޓަލް ބޭންކެއް ގޮތުގައި އާންމުންތެރޭގައި މަޝްހޫރުވެފައިވާ ފައިނޭންޝަލް ކުންފުންޔެކެވެ.

2008 އެއްގެ އެންމެ ބޮޑު މާލީ ކާރިސާގެ ފަހުން ފިންޓެކް ސްޓާޓްއަޕް، ބިޓްކޮއިން އަދި ގޭމިފިކޭޝަން އިޤްތިސާދުގައި ވަރަށް ބޮޑު ރޯލެއް އަދާކުރެއެވެ.

ގޭމްސްޓޮކް

ވަރަށް ގިނަ ބަޔަކު މިފަދަ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދެން ފެށީ ތަފާތު ވައްތަރުގެ ގޭމް އުފައްދާށެވެ. މީގެ ތެރޭގައި ހިމެނޭ ގިނަ ގޭމްތަކަކީ ޓްރޭޑްކޮށްގެން ނުވަތަ ފައިސާ ލުމަށްފަހު ކުޅެވޭ ގޭމްތަކެކެވެ.

މިހާރު ހުރި މިފަދަ އެޕްލިކޭޝަންތަކަށް ބަލާލާއިރު، ރޮބިންހޫޑް ނަމަކަށް ކިޔާ ސްޓޮކް ޓްރޭޑިން އެޕަކީ ގިނަ ބަޔަކު ސްޓޮކް ޓްރޭޑް ކުރުމަށް ބޭނުންކުރަމުން އަންނަ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން އެންމެ ފުރަތަމަ ފަހަރު ރަޖިސްޓާކޮށް ބޭނުންކުރާ މީހުންނަށް ޓްރޭޑިން ފަސޭހަކޮށްދިނުމުގެ ގޮތުން ހިލޭ ހިއްސާވެސް ލިބެއެވެ.

ފާހަގަވަނީ ރޮބިންހޫޑް އެޕްލިކޭޝަން މެދުވެރިކޮށް ވަރަށް ގިނަ ބަޔަކު އެމީހުންގެ ފައިސާ އެކި ތަންތަނަށް ގޭމްބަލް ކުރަމުން ދެއެވެ.

ހަމަ މިގޮތަށް ދެން ގިނަބަޔަކު ކުރަންފެށި ކަމަކީ ތަފާތު ޕްލެޓްފޯމްތައް މެދުވެރިކޮށް ކްރިޕްޓޯ ކަރަންސީއިން ޓްރޭޑްކޮަށް އެ ފައިސާ ކޮންމެވެސް ނޭނގޭ ގޮތަކަށް ރައްކާކުރުމެވެ. މަދުންނަމަވެސް މިހާރު ޑެވެލޮޕަރުން ފަދަ މީހުންނަށް މިފައިސާ ބޭނުންކުރާނެ ގޮތްތައް ދަނީ ދަސްވަމުންނެވެ.

ފަހުގެ ޓެކްނޮލޮޖީއާއި ތަފާތު މީސްމީޑިއާ ނުވަތަ އެޕްލިކޭޝަންތައް މެދުވެރިކޮށް ގިނަ މީހުން ކުރާ ކަމަކީ ފައިސާ ބޭނުންކޮށްގެން ވިޔަފާރިކުރުމެވެ. މިއީ މުޖުތަމަޢުގައި ހުރި ހަރުކަށި ހަމަހަމަކަމާއި، އިޤްތިޞާދީ ފުރުސަތު ނެތުމުގެ ސަބަބުން މާޔޫސްވެފައިވާ ގިނަ މީހުން ކުރާ ކަންތައްތަކެވެ. އެއީ ކޮންމެ ފަދަ ކަމަކުންވެސް ރަނގަޅު އާމްދަނީއެއް ލިބޭނަމައީ ދިރިއުޅުން ފާގަތިވެގެންދާނެ ކަމެވެ.

ދިރާސާކުރާ ފާމް ޗެއިން އެލައިސިސް އިން ބުނާ ގޮތުގައި 2020 ވަނަ އަހަރު އިންވެސްޓަރުންނަށް އިންވެސްޓްމަންތް ސްކޭމްތަކަށް ގާތްގަނޑަކަށް 2.7 ބިލިއަން ޑޮލަރު ގެއްލުނެވެ. ހުރިހާ ނިޝާންތަކެއްވެސް އިޝާރާތް ކުރަނީ 2021 ވަނަ އަހަރު މަކަރާއި ހީލަތުގެ މައްސަލަތަކަށެވެ.

މިހާރު މިފެނިގެންދަނީ މީސްމީޑިއާއާއި ޓެކްނޮލޮޖީގެ އެހީގައި މާބޮޑު ބެލުންތަކެއް ނުބަލައި ފައިސާ ހަރަދުކޮށް އެއީ އަނބުރާ ލިބޭނެ އެއްޗެއްކަމުގައި އުއްމީދުކޮށް ގިނަ ބަޔަކު މުޖުތަމަޢުގައި ޓެކްނޮލޮޖީ ބޭނުންކުރާ ކަމެވެ. ފައިނޭންޝަލް ހިންހަމަނުޖެހުމެއް އުފެއްދުމަށްޓަކައި އަމިއްލައަށް މާބޮޑު މީހަކަށް ނުވެދާނެއެވެ. ނަމަވެސް އެންމެން ގުޅިގެން، ޒަމާންވީ މުއައްސަސާތަކުގައި ހުރި ފުން އަދި ނުރައްކާތެރި ފުށުއެރުންތައް ހާމަކޮށްދެއެވެ.

ކްރިޕްޓޯކަރަންސީ ފަދަ ޑިޖިޓަލް ފައިސާ ބޭނުންކުރުމާއި ބެހޭ ޕޮލިސީތަކާއި ގަވާއިދުތައް ހަދައި ވަސީލަތްތައް ހާއްސަކުރުމަކީ ރެގިއުލޭޓަރުންނަށް ނިސްބަތުން ފަސޭހަ ކަމަކަށް ވާނެއެވެ.

އަދި، އެއަށްވުރެން މުހިންމު ކަމަކީ، އިޤްތިޞާދީ ދުވެލި ކުރިއަރުވައި، އެޤަޢުމެއްގެ ރެގިއުލޭޓިން ބޮޑީއަކީ އެންމެނަށްވެސް ފަސޭހައިން ވާސިލުވެވޭނެ ފަދަ ތަނަކަށް ހަދައި، އިތުބާރު އަލުން ބިނާކުރުމެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.