ކޮވިޑް 19ގެ ސަބަބުން ދުނިޔެއަށް ގެނުވި ޓެކްނޮލޮޖީގެ ހެޔޮބަދަލު ހަލުވި ބާރުދުވެއްޔެއްގައި 2022 ވަނަ އަހަރުވެސް ވިޔަފާރިތަކާއި މުޖުތަމައުގެ ގިނަ ކަންކަން ބަދަލުކުރަމުންދާ ފެނިގެންދާނެއެވެ. އާއަހަރާއި އެކު ބޭނުންކުރާ ޑޭޓާ އިތުރުވެ، ކޮމްޕިއުޓިންގ އަދި ނެޓްވޯކްގެ ސްޕީޑް އިތުރުވެ ދެމެހެއްޓެނިވިގޮތަކަށް ޑިޖިޓަލް ޓްރާންސްފޯރމޭޝަނަކަށް ބޭނުންވާ އެންމެ މުހިންމު ކަންކަމުގެ ގޮތުގައި ބަދަލުވާނެއެވެ.
ކުންފުނިތަކަށާއި އާންމުންނަށްވެސް ފާއިތުވެ ދިޔަ ދެއަހަރު ލިބުނު އެންމެ މުހިންމު އެއް ފިލާވަޅަކީ ޓްރާންސްފޯރމޭޝަނަލް ޗޭންޖްއަކީ އެމީހަކު ކޮންމެހެން ކުރަން ބޭނުންވާ ކަމެއް ނަމަ ކުރެވޭނެ ކަމެއްގެ ގޮތުގައެވެ. މި ގެނެވުނު ބަދަލާއި އެކު ފަސޭހަކަމާއެކު އަވަހަށް ކަންކަންކޮށް އީޖާދީ ވިސްނުމަކީ ދިރިހުރުމަށް ބޭނުން ކުރި އެއްޗެއްގެ ބަދަލުގައި ކުރިއަރަން ބޭނުން ކުރާ އެއްޗެއްގެ ގޮތުގައި ބޭނުންކުރަން ފަށާނެއެވެ.
2022 ވަނަ އަހަރަކީ ޓެކްނޮލޮޖީގެ އިންވެސްޓްމެންޓް ބޮޑު އަދި އާ ކަންކަން ފެނިގެންދާނެ އަހަރެއްގެ ގޮތުގައި ބެެލެވެއެވެ.
1. ހުރިހާ ތަނެއްގައިވެސް އާރޓިފިޝަލް އިންޓެލިޖެންސް
"ސްމާރޓް" މިބަސް ބޭނުން ކުރަމުން އައީ އިންޓަރނެޓާއި ގުޅިފައި ހުންނަ ފޯނު، ޓީވީ، ގަޑި ފަދަ ތަކެއްޗަށެވެ. މިއަދު ސްމާރޓް ބޭނުންކުރަނީ އާރޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި އީޖާދީ ގޮތްތަކަށް އަހަރެމެންނަށް އެހީވާ ތަކެއްޗަށެވެ. މިސާލަކަށް ސްމާރޓް ކާރުގައި އިންސާނުންގެ ފޭޝަލް ރިކޮގްނިޝަން ބޭނުންކުރަނީ ދުއްވާއިރު މަގަށް ސަމާލުވޭތޯ ބެލުމަށާއި ވަރުބަލިވީމަ އެކަން އަންގައިދޭށެވެ. ސްމާރޓް ފޯނުން ކޯލް ކޮލިޓީ ހިފެހެއްޓުމާއި ރަނގަޅު ފޮޓޯ ނެގުމަށާއި އަދިވެސް ވަރަށް ގިނަ ކަންތައް ކުރުމަށް އެހީވެދެއެވެ. ބަނޑުގައި އުފެދޭ ގޭސްމައްސަލަތައް ހޯދުމަށް ކޮމްޕިއުޓަރ ބޭނުން ކޮށްގެން ސްޓޫލް ސާމްޕަލް ޗެކްކުރެވޭނެފަދަ ފާޚާނާތައްޓެއް އުފެއްދުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އޭއައި އަކީ ވަރަށް ފުޅާދާއިރާއެއްގައި އެކި ކަންކަމުގައި އަހަރެމެންނަށް އެހީތެރިވެދޭ އެއްޗެކެވެ. މިގޮތުން ގިނަ ތަންތަނުން ފެންނަން ހުންނަ ވޮއިސް އެސިސްޓެންޓުން ފެށިގެން ގޮސް ބަސް ތަރުޖަމާ ކުރާ ޓޫލްސް އަދި ފޮޓޯ، ވައިޓް ބޯރޑު އަދި އަތުން ކުރަހާފައި ހުންނަ ތަކެތީގެ ޑޭޓާ ނެގުމުގައިވެސް އެހީތެރިވެދެއެވެ. ގިނަ ޕްރޮސެސްތަކެއް އޮޓޮމޭޓް ކުރުމާއި އެޗްއާރު، އެޑްމިން، އެކައުންޓިން އަދި ޕްރޮކިއުމެންޓް ޑިޕާރޓްމެންޓްގެ މަސައްކަތް ހަލުވިކުރަން ބޭނުންކުރާ އެޕްލިކޭޝަން އަދި އާލާތްތަކުގެ މުގުލުގައިވެސް އޭއައިވެއެވެ. މިއަދު ފެނިގެން މިދަނީ އޭއައި ބޭނުންކޮށްގެން ގިނަ ޚިދުމަތްތަކެއް ބަދަލުކުރަމުންދާ މަންޒަރެވެ.
އޭއައި ބޭނުންކުރާގޮތް ފުޅާވަމުން އަންނައިރު އިންޓަރނެޓް އޮފް ތިންގްސް އަދި ކުރިއަރަމުން އަންނަ 5ޖީ ފަދަ ހައި ސްޕީޑް ނެޓްވޯރކްސް އާއި ގުޅުމުން ކުރީގެ އަހަރުތަކުގައި ނުލިބިހުރި ބާރުތަކެއް އަހަރެމެންނަށް ލިއްބައިދޭނެއެވެ. އެންމެ މުހިންމު ޓްރެންޑްގެ ގޮތުގައި ފެންނާނީ އެކި ތަކެތި ގުޅުވުމުން ކުރުވާ އަސަރެވެ.
ދެން އެންމެ މުހިންމު އެއް ކަމަކަށްވާނީ ޑޭޓާ އަދި ޓެކްނޮލޮޖީގެ ޑިމޮކްރަޓައިޒޭޝަންއެވެ. ޓެކްނޮލޮޖީގެ އިނޮވޭޝަންތައް އުފެއްދުމުގެ ބާރު މުޖުތަމައުގެ އެކި ފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން މިކަމަށް ބޭނުންވާ ހުނަރާއި ޓޫލްސް ފޯރުކޮށްދިނުމަށް ޚާއްސަ ފަރާތްތަކެއްވެސް ފަހުގެ އަހަރުތަކުގައި އުފެދިގެން އައިސްފައިވެއެވެ. ކްލައުޑް ސޮލިއުޝަންތަކަށް ބޭނުންވާ ސްޓޯރޭޖް، ނެޓްވޯރކް އަދި ޕްރޮސެސިންއަށްވެސް ޚަރަދު ހިނގައެވެ. މީގެ އިތުރުން އައު އީޖާދުތައް ކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ އަކީ ރިސްކަކަށްވުމުން އާ އުފެއްދުންތައް އުފެއްދުން މަދުވެއެވެ. ބައެއް ދާއިރާތަކުގައި އީޖާދު ކުރުން މަދުވެފައިވަނީ އެކަމަށް ބޭނުންވާ ގާބިލު ހުނަރު ނެތިގެންނެވެ. މިއީ މައްސަލައެއްގެ ގޮތުގައި ފެނުނު ނަމަވެސް ސެލްފް ސަރވިސް ނުވަތަ އަމިއްލަޔަށް އުފެއްދުން ސޮލިއުޝަންތަކުގެ ޑްރައިވަރ އެއްގޮތުގައި މިކަން ފެނިފައިވެއެވެ.
ވިޔަފާރި އަދި ކުންފުނި ހިންގުމަށް ބޭނުންވާ ކަންކަމަށް ވަގުތީގޮތުން މީހުން ލިބެން ހުރެއެވެ. އެހެންކަމުން ކޮންމެ ކުންފުންޏަކަށް ބޮޑު އައިޓީ ޓީމެއް ބޭނުމެއް ނުވެއެވެ. އަދި އޭއައިގެ އެހީގައި ވަގުތުން ބޭނުންކުރެވޭ ކަހަލަ މާރކެޓިންގް އިން ފެށިގެންގޮސް ހިއުމަން ރިސޯސަސް، ޕްރޮޖެކްޓް މެނޭޖްމެންޓް ފަދަ ކަންކަމަށް ބޭނުންކުރެވޭނެ ސޮލިއުޝަންތައް މިހާރުވެސް ލިބެން އެބަހުރިއެވެ.
އެންމެ ސަރވަރ އެއް ނުވަތަ ވަކި ކޮގްނިޓިވް ކޯޑްއެއް ބޭނުން ނުކޮށް އޭއައި އަދި އައިއޯޓީ އިންފްރާސްޓްރަކްޗަރ ޑިޕްލޯއިކުރުމުގައި 2022 ވަނަ އަހަރުވެސް ކުންފުނިތަކުން ދެމި ތިބޭނެއެވެ.
ޑޭޓާ ސްޓްރަކްޗަރ، ސްޓެޓިސްޓިކްސް އަދި ކޮމްޕިއުޓަރ ޕްރޮގްރާމްގެ ގެ އިލްމު މަދުވުމުގެ ސަބަބުން ކޯޑާއި ނުލައި (ނޯކޯޑް) ހުންނަ އިންޓަރފޭސްތައް ބޭނުންކުރުން އިތުރުވާނެއެވެ.
އިލަން މަސްކު އުފެއްދި އަދި މައިކްރޮސޮފްޓާއި އެހެނިހެން ފަރާތްތަށް ފަންޑުކުރަމުންދާ އޯޕެން އޭއައި ރިސާރޗް ގްރޫޕުންވަނީ އިންސާނުން ދައްކާ ވާހަކަ ބޭނުންކޮށްގެން ކޮމްޕިއުޓަރ ކޯޑު އުފައްދާ ޕްރޮގްރާމިންގް މޮޑެލް (ކޮޑެކްސް) އުފައްދާފައެވެ. މިފަދަ ޓެކްނޮލޮޖީތައް ފައްކާވަމުންދާ ވަރަކުން ކްލައުޑް އިންފްރާސްޓްރަކްޗަރގެ ޕޮސިބިލިޓީސް ފެންނާނެއެވެ. ޓެކްނިކަލް ހުނަރާއި ރިސޯސްއަކީ އަހަރެމެންގެ ވިސްނުމާއި އިނޮވޭޝަން ހިފަހައްޓާއެއްޗަކަށްވުން މަދުވާނެއެވެ.
2020 އަދި 2021 ވަނަ އަހަރު އޮފީސްތައް ވާރޗުއަލްކޮށް އެންމެން ރިމޯޓްކޮށް މަސައްކަތްކުރުން ތަޖުރިބާކުރިއެވެ. 2022 ވަނަ އަހަރުވެސް ޑިޖިޓަލް ދުނިޔޭގައި މަސައްކަތްކުރުމުގެ ވިސްނުން އިތުރަށް ފުޅާވެގެންދާނެއެވެ.
އަހަރެމެންނަށް ވާރޗުއަލް ރިއަލިޓީ ތަޖުރިބާ ކުރެވިފައިވަނީ ހެޑްސެޓުން ކަމުގައި ވީނަމަވެސް ޓަޗް އަދި ވަސްބެލުމުގެ ތަޖުރިބާ ލިބިދޭ ފަދަ ޑިވައިސްތައް މާރކެޓުން ފެނިގެންދާނެއެވެ. ޕެންޑަމިކްތެރޭގައި އެރިކްސަން ކުންފުނިންވަނީ އެތަނުގެ މުވައްޒަފުންނަށް ވާރޗުއަލް ރިއަލިޓީ ހެޑްސެޓް ދީފައެވެ. އަދި "އިންޓަރނެޓް އޮފް ސެންސެސް" އެކި އިހުސާސްތައް އިންޓަރނެޓްގެ ޒަރީއާއިން ކުރވޭގޮތަށް އުފެއްދުންތަކެއް އުފައްދާ ވާރޗުއަލް ރިއަލިޓީގެ ތަޖުރިބާ 2030ވަނަ އަހަރު އަސްލާއި ވަކިނުކުރެވޭނޭ ކަމަށް އަންދާޒާކޮށްފައެވެ.
ޓެކްނޮލޮޖީގެ މަސައްކަތްކުރާނީ އިންސާނުން އެއަށް އިތުބާރުކޮށްގެންނެވެ.
ޓެކްނޮލޮޖީގެ ބޭނުން ނާތަހުޒީބު، ނުރައްކާތެރި އަދި ޒިންމާދާރުކަން ކުޑަގޮތެއްގައި ބޭނުންކުރާތަން މިހާރުވެސް ފެންނަމުންދެއެވެ. ޚާއްޞަކޮށް އޭ.އައި، ބައެއްފަހަރަށް ސިފަކުރެވެނީ "ކަޅު ފޮއްޓެއް" ގެ ގޮތުގައި – މާނައަކީ އެފޮށި އެތެރެ ނުފެނި އެ މަސައްކަތްކުރާގޮތް ހޯދަން އުޅެންޖެހޭކަމެވެ. މިކަން ނޭގި ތިބެ ކުރާ މަސައްކަތުން އެކި ނޭދެވޭ ހާދިސާތައް ދަނީ ހިނގަމުންނެވެ. ފޭސްބުކް އިން ދާދި ފަހުން ކަޅު ނަސްލުގެ މީހުންގެ ފޮޓޯތައް "ޕްރައިމެޓާސް" ގެ ގޮތުގައި ލޭބަލް ކުރި ކުރުމަކީ ކަންބޮޑުވާ ކަންކަމެވެ. ވަކިން ޚާއްސަކޮށް ވަޒީފާ ދިނުމާއި ވަކިކުރުން ފަދަ ދިރިއުޅުމަށް އަސަރުކުރާ ފަދަ ނިންމުންތައް ނިންމުމުގައި އޭއައި އާ ދިމާއަށް ބަލަން ފަށާފައިވާ މުޖުތަމައެއްގައި މިކަން ވަކިން ބޮޑެވެ.
ދެފުށް ފެންނަ، މާނަކުރެވޭ އޭއައިގެ ވިސްނުން މިފަހަކަށް އައިސް މަގުބޫލުކަން އިތުރުވަމުން އަންނަކަން ހާމަވެގެން ގޮސްފައިވެއެވެ. ނަމަވެސް މުޖުތަމަޢުގެ އެކި ގިންތިތަކުގެ މީހުންނަށް އެކަށީގެންވާ ސަބަބުތަކާއި ހެދި މިއަށް އިތުބާރު ނުކުރެވޭ ކަން ހާމަވެގެން ގޮސްފައިވެއެވެ. އީ.ޔޫ.ގެ ޕްރޮޕޯޒަލް އާޓިފިޝަލް އިންޓެލިޖެންސް އެކްޓް އުފެދިގެން އައުމަކީ ސަރުކާރުތަކަށްވެސް މިކަމަށް ރެގިއުލޭޓަރީ އޮނިގަނޑެއް ވަރަށް ސާފުކޮށް ބޭނުން ވާކަން އިނގޭ ކަމުގެ ހެތްކެކެވެ. މިހާރު ހުށައަޅާފައިވޭ ގާނުނޫނުގައި އޭއައި ބޭނުންކޮށްގެން ސޯޝަލް ސްކޯރިންގް ސިސްޓަމް އުފެއްދުމަށާއި އާންމުން އެއްވެ އުޅޭތަންތަނުގައި ފޭޝަލް ރިކޮގްނިޝަން އާލާތްތަށް ބޭނުންކުރުމަކީ މަނާކަމެކެވެ.އަދި އޭއައި ޚިދުމަތްދޭ ފަރާތްތަކުން އެމީހުންގެ އުފެއްދުންތައް ވިއްކުމުގެ ކުރިން އެޚިދުމަތް ނުވަތަ ޕްރޮޑަކްޓްތަކަކީ ނާޒުކު ކަންތަކުގެ ފައިދާނެގުން އަދި ޖިސްމާނީ ނުވަތަ ނަފްސާނީގޮތުން ގެއްލުން ދިނުން ނުވަތަ ނުރައްކާތެރި އަސަރުތަކެއް ކުރިމަތިވެދާނެ ފަދަ ކަންކަން ނުކުރާނެކަން ކަށަވަރުކޮށްދޭން ޖެހެއެވެ.
މި ބަލިމަޑުކަމުގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ އަކީ ހަމައެކަނި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވި ކަމަށް ދެކެވުނު ބާވަތެކެވެ. އެމެރިކާގައި ލޮކްޑައުންގެ ފުރަތަމަ ދިހަ ހަފްތާގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު ވަނީ %40 އިތުރުވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުން ނުކުރާ ހުރިހާ ހަކަތައެއް ބޭނުންކުރާ މިންވަރު ދަށްވެ، އިންޑަސްޓްރީތައް ބަންދުކޮށް، މީހުން ގޭގައި މަޑުކުރަން ފެށުމުން، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ވަނީ %8 އަށް ދަށްވެފައެވެ. މިކަމުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި އިއާދަކުރަނިވި ވަސީލަތްތަކުން ހަކަތަ އުފެއްދުމަށް އިންވެސްޓްމަންޓް އިތުރުކުރާނެކަމަށް ވަނީ ބެލެވެން ފަށާފައެވެ.މީގެ އިތުރުން، ބަޔޯފިއުލް، ލިކުއިޑް ހައިޑްރޯޖަން، އަދި ނިއުކްލިއަރ ފިއުޝަން ފަދަ އައު ހަކަތައިގެ ވަސީލަތްތައް ވެސް ދަނީ އިތުރުވަމުންނެވެ. މި ހުރިހާ ދާއިރާއަކުން ހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުން 2022 ވަނަ އަހަރުގެ ހެޑްލައިންތަކަށް ދެމެހެއްޓެނިވި އިއާދަކުރުމުގެ ހަކަތަ އައުމުގެ ފުރުސަތު ބޮޑެވެ.
ހީލިއޯން އެނަރޖީ ކުންފުނީގެ އިރުގެ އަލިން ހަކަތަ އުފެއްދުމަށް ބޭނުންކުރާ ޕްރޮސެސް ތަކުރާރުކުރާ ފިއުޝަން ޖެނެރޭޓަރުގެ ޕްރޮޓޯޓައިޕް 2022 ވަނަ އަހަރުގެ ތެރޭގައި އޮންލައިންކޮށް އަންނާނެއެވެ. އަދި "ގްރީން ހައިޑްރޯޖަން" ހަކަތައިގެ ދާއިރާއިން ޕްރެކްޓިކަލް އެޕްލިކޭޝަންތައް ވެސް ނިކުންނާނެ ކަމަށް ބެލެވެ އެވެ. ހައިޑްރޯޖަން އިން ހަކަތަ އުފެއްދުމަށް ޓަކައި ކަނޑައެޅިފައިވާ ޕްރޮސެސްތަކާ ޚިލާފަށް، އިލެކްޓްރޯލައިސިސް އުފެއްދުމަށް "ޑާޓީ" ފޮސިލް ފިއުލް އެނާޖީ ގިނައިން ބޭނުން ކުރުމާއި، ކާބަން ބޭރު ނުކޮށް ހައިޑްރޯޖަން އާއި އޮކްސިޖަން ވަކި ކުރުން ފަދަ ކަންކަން ހިމެނެ އެވެ. މީގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުމާއި، ޖުމްލަގޮތެއްގައި ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުން ހިމެނެ އެވެ.
މިއީ 2022 ވަނަ އަހަރަށް ފޯރބްސް މަޖައްލާއިން އެންމެ ބިޔަ ޓެކްނޮލޮޖީ ޓްރެންޑްސްގެ ގޮތުގައި އަންދާޒާކުރާ ކަންކަމެވެ.
ޓެކްނޮލޮޖީ ދާއިރާގެ މަސައްކަތްތެރިއެއް. ޓެކޮނޮލޮޖީއިން ގެނުވާ ބައިބައިވުން ކުޑަކުރުމަށް މަސައްކަތްކުރަން.