އަނެއްކާވެސް އޭސަރ ހެކުކުރުމަށްފަހު 60 ޖީބީ ގެ ޑާޓާ ވަގަށްނަގައިފި

ޙުސައިން ދީމް މުޙައްމަދު 17 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިހިނގާ 2021 ވަނަ އަހަރުގައި ދެވަނަ ފަހަރަކަށް އޭސާރ ގެ ސާރވާތައް ހެކުކޮށްފިއެވެ. މިބުރު އޭސާރގެ އެތައް މިލިއަން ކަސްޓަމަރުންގެ ނަމާއި، އެޑްރެހާއި ފޯނުނަންބަރުތަކުގެ މަޢުލޫމާތު އަދި އޭސާރގެ މުހިއްމު މާލީ އޮޑިޓްތަކުގެ ތަފްސީލްތައް ހިމެނޭގޮތަށް 60ޖީބީގެ ޑާޓާވަނީ ވަގަށް ނަގާފައެވެ. މިއަހަރުގެ ކުރީކޮޅުވެސް އޭސަރ ވަނީ 50 މިލިއަން ޔޫއެސް ޑޮލަރުގެ ރޭންސޮމްވެއާ ކެމްޕޭނެއްގެ ޝިކާރައަކަށްވެފައެވެ. އެފަހަރު އޭސަރ ހެކުކުރި ގުރޫޕުންވަނީ އޭސަރގެ މާލީ ސްޕެރްޑްޝީޓްތަކާއި ބޭންކު ބެލެންސްތައްފަދަ މުހިއްމު މަޢުލޫމާތުތަކެއް "ރެވިލް ވެބްސައިޓުގައި ޝާޢިއުވެސް ކޮށްފައެވެ.

ބައެއް ފަރާތްތަކުން ޝައްކުކުރާގޮތުގައި މިސައިބަރ ހަމަލާ އޭސާރ އާއި ކުރިމަތިވީ، ޗައިނާގެ ހެކަރުން ކުރިން ބޭނުންކުރަމުންއައި "މައިކްރޮސޮފްޓް އެކްސްޗޭންޖް ވަލްނެރަބިލިޓީ" ގެ ސަބަބުންނެވެ. ނަމަވެސް މިކަން އަދި ކަށަވަރުކުރެވޭގޮތެއް ނުވެއެވެ. ކޮންމެއަކަސް "ޑެސޯޑެން" ނަމަކަށް ކިޔާ ހެކަރ ގުރޫޕަކުންވަނީ އޭސާރ އިންޑިއާގެ ސާވަރުތައް ހެކުކޮށް އެތައް މިލިޔަން ކަސްޓަމަރުންގެ މަޢުލޫމާތުތައް ވަގަށް ނަގާފައެވެ.

އޭސާރ އިން "ޕްރައިވަސީ އެފެއާޒް" އަށް މަޢުލޫމާތުދިން ގޮތުގައި އެމީހުންގެ އިންޑިއާގެ އާފްޓަސޭލްސް ސާރވިސް ސިސްޓަމްއަށް އެކަން ފާހަގަކުރެވިގެން ސެކިއުރިޓީ ޕްރޮޓޮކޯލްތައް ފައްޓާއި ސިސްޓަމްތަކުގެ ސްކޭންއެއް މިހާތަނަށް ވަނީ ކުރެވިފައެވެ. އަދި ހެކުކުރެވުނުކަމަށް ފާހަގަކުރެވުނު ކަސްޓަމަރުންނަށް މިހާރު ދަނީ އަންގަމުންނެވެ. މީގެއިތުރުން ފުލުހުންނަށާއި އިންޑިއަން ކޮމްޕިއުޓަރ އެމަޖެންސީ ރިސްޕޮންސް ޓީމްއަށްވެސް މި މަޢުލޫމާތު މިހާރުވަނީ އަންގާފައެވެ. އެހެންނަމަވެސް އަދި މިހާތަނަށް އޭސާރގެ ހިންގުމަކަށް ނުވަތަ ވިޔަފާރިއަކަށް އެއްވެސްކަހަލަ މާއްދީ ގެއްލުމެއް ނުލިބޭކަމަށް އޭސާރ އިން ފާހަގަކުރިއެވެ.

އޭސާރ ހެކުކުރި ގުރޫޕުން މިހާތަނަށްވަނީ، އޭސާރ ހެކުކުރިކަމުގެ ހެއްކެއްގެ ގޮތުން 10،000އަށްވުރެ ގިނަ ފަރާތްތަކުގެ މަޢުލޫމާތުތައް އާއްމުކޮށްފައެވެ. މިއީ މިމަޢުލޫމާތުތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ކުރެވުނު އިޝްތިހާރެއްމެއެވެ. އެހެންނަމަވެސް އަދި މިހާތަނަށް އެމަޢުލޫމާތުތައް ވިއްކާލާނީއެއްކަމެއް ނުވަތަ އޭސަރ އަށް ރެންސަމްއެއް ހުށައަޅާނީއެއްކަމެއް އެގުރޫޕުން ނިންމާފައިވާކަމެއް ނޭނގެއެވެ.


އިތުރަށް ކިޔާލުމަށް:

އޭސާ އަށް 50 މިލިއަން ޑޮލަރުގެ ރެންސަމްވެއާ ހަމަލާއެއް ދީފި

ވައިޓް ހައުސްއިން ރެންސަމްވެއާ އާއިބެހޭ ސަމިޓެއް ބާއްވައިފި

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.