ވޮލްކްސްވެގަން ކޮންފަރެންސެއްގަ އީލަން މަސްކް ބައިވެރިވެއްޖެ

އާހިލް އާސިމް އަބްދުالله 19 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓެސްލާގެ ވެރިޔާ އީލަން މަސްކް ވޮލްކްްސްވާގެންގެ ސީއީއޯ ހާބާރޓް ޑީސް ގެ ދައުވަތަކަށް އެކުންފުނީގެ 200 އެގްސެްކްޓިވުންނާ ވީޑިއޯ ކޯލެއް މެދުވެރިކޮށް މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވައިފިއެވެ. ހާބާރޓް ޑީސް އަކީ ކަރަންޓުން ދުއްވާ އުޅަނދުފަހަރުތަކަށް އަވަސް މިނެއެއްގައި ޕިވޮޓް ކުރުމަށް ބޭނުންވާ ވޮލްކްސްވާގެން ގެ މަތީ ފެންވަރުގެ ދަގަނޑު ގެލްވަނައިޒް ކުރަން ބޭނުންވާ ބޭފުޅެކެވެ.

އީލަން މަސްކް އޮސްޓްރިއާގެ އަލްބެކްގައި ވޮލްކްްސްވާގެން ގެ މެނޭޖާރުންގެ އެއްވުމެއްގައި ބައިވެރިވެ ވަޑައިގަތްކަން ޑީސް ވަނީ އޭނާގެ ކުރެއްވި ޓްވީޓް އަކުން ޔަޤީން ކޮށްދެއްވާފައެވެ. ހޮނިހިރު ދުުވަހު ހެންޑެލްސްބްލެޓް ޑެއިލީގައި ޝާއިރު ކޮށްފައި އޮތް ލިއުމެއްގައިވާ ގޮތުގައި މަަސްކް ވަނީ ވޮލްކްސްވާގެން އަށް ތައުރީފްކުރަށްވާ އެކުންފުންނަކީ އައިކަންއެއް ކަމަށާއި އަދި ޓެސްލާގެ އެންމެ ވަރުގަދަ ވާދަވެރިޔާކަމަށް ވިދާޅުވެފައެެވެ.

ޓެސްލާ ކާރުތަށް އޭގެ ވާދަވެރިންނަށް ވުރެ ދުވެލި ބާރީ ކީއްވެތޯ ޑީސް ވަަނީ އިލޮމް މަސްކްއާ ސުވާލުކުރަށްވައިފައެވެ. ޖަވާބުގައި މަސްކް ވިދާޅުވެފައި ވަނީ، އެއީ އެނާގެ މެނޭޖްމެންޓް ސްޓައިލުންކަމަށެވެ. އަދި އޭނާ އަކީ އިންޖިނަރަކަށް ވުމުން އޭނާ ވަރަށް ބޮޑަށް ސަޕްލައި ޗެެއިން، ލޮޖިސްޓިކްސް އަދި އުފެއްދޭމިންވަރު ނުވަތަ ޕްރޮޑަކަޝަން އަށް ޚާއްސަ އަހައްމިއްޔަތެއް ދެއްވާކަމަށެވެ.

ލިންކެޑިންގައި ކުރެއްވި ޕޯސްޓް އެއްގައި ޑީސް ވިދާޅުވެފައިވަނީ އެނާ އީލަން މަސްކް "ސަޕްރައިޒް ގެސްޓް" އެއްގެ ގޮތުގައި ގެނައީ ، ވޮޮލޮކްސްވާގެން އިން ނިންމަންޖެހޭ ނިންމުންތައް އަވަސްކޮށް ބިއުރަކްރަސީ މަދުކުރަންޖެހިފައިވާކަން އެންގުމަށްޓަކައެވެ. އޭނާ މި ސިފަކުރަށްވައިފައިވާ ގޮތުގައި މިއީ ވޮލްކްސްވެގަން ގެ ތާރީޚުގައި އެންމެ ބޮޑު ބަދަލެވެ. އަދި ޑީސް ވިދާޅުވީ އެކުންފުނީގެ އެންމެ ބޮޑު ވާދަވެރިޔާވެސް އެކުންފުނި އެއް ހަރުފަތުން އަނެއަހަރުފަތަށް ބަދަލްކުރާ ކުރުން އަވަސްކޮށްފިނަމަ އެކުންފުނިވެސް ކުރިއަރާނެކަން ޤަބޫލުކުރަށްވާތީ އުފާކުރަށްވާކަމަށެވެ.

ޓެސްލާގެ ހުނަރުވެރިކަމުގެ މިސާލެއް ދެއްކެވުމުގެ ގޮތުން ޑީސް ވިދާޅުވީ ޓެސްލާއިން ވަނީ ދެތިން ހަފްތާއެއްތެރޭ ސްޓޮކްއިން ހުސްވި މައިކްރޯ ޗިޕް އެއްގެ ސްވިޗްއެއްގެ ސޮފްޓޮވެއާ އަލުން ލިޔެފައެވެ. ޑީސް އެނާގެ ޓްވީޓް ގައި ބުނެފައިވަނީ ވޮލްކްސްވާގެން އަކީ ދުނިޔޭގެ ކަރަންޓް ކާރުގެ މާރކްއެޓްގައި ޓެސްލާއައި އެންމެ ވާދަކުރާނެ ކުންފުނިކަމަށެވެ.

ޑީސް ވަނީ މިދިއަމަހު، ޓެސްލާ އިން ގުރެންހައިޑް ގައި ހުޅުވަންނިންމައިފައިވާ ކާރުހާނާގެ ސަބަބުން ލޯކަލް ކުންފުނިތަކުން އެކުންފުނިތަކުގެ މަސައްކަތްތައް ކުރިއަށްވުރެ ރަނގަޅުކޮށް މަސައްކަތުގެ ރޭޓް މެކުހަށް ޖަހަން ޖެހިފައިވާކަމަށް ބުނެ އިންޒާރުދީފައެވެ.

ޓެސްލާ އިން މިހާރުދަނީ 5.8 ބިލިއަން ޔޫރޯގެ ސައިޓް އެޅުމަށް ބޭނުންވާ ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ރައްދެއްގެ ގޮތުން ވޮލްކްސްވާގެން އިން ގެންދަނީ 6 ބޮޑު ބެޓަރީ ކާރުހާނާ ޔޫރަޕްގެ އެކިދިމާތަކުގައި 2030 ގެ ކުރިން އެޅުމަށް މަޝްވަރާ ކުރަމުންނެވެ.

އާހިލް އާސިމް އަބްދުالله

އާހިލް އާސިމް އަބްދުالله

އަޅުގަނޑުގެ ނަމަކީ އާހިލް އެވެ. ޓެކްނޮލޮޖީގެ އައު ވާހަކަތަކަށް ކެތްމަދުވެފައި ހުންނަ ޒުވާނެކެވެ!

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.