ޒީ ފްލިޕް 3 ގެ ކަސްޓަމައިޒް ކުރެވޭ އެޑިޝަން އެއް ނެރެފި

ހަސަން ޒަޔާން 22 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސެމްސަންގް އިން މިދިޔަ އޮގަސްޓް މަހު ގެލެކްސީ ޒީ ފްލިޕް 3 ރިލީޒް ކުރި ނަމަވެސް އެއްވެސް ކަހަލަ ކަސްޓަމައިޒް އޮޕްޝަން އެއް ދީފައެއް ނުވެއެވެ.

އެ ކުންފުނިން ނެރުނު އާ ޒީ ފްލިޕް 3 ބީސްޕޯކް އެޑިޝަން އާއެކު އަމިއްލަ ޑިޒައިނެއް ކަސްޓަމައިޒް ކުރުމުގެ އޮޕްޝަން ވަނީ ކަސްޓަމަރުންނަށް ހުޅުވާލާފައެވެ. މި ޒީ ފްލިޕްގެ އައު އެޑިޝަން ނެރިފައި ވަނީ ބުދަ ދުވަހު ބޭއްވި އެ ކުންފުނީގެ އަންޕެކްޑް ޕާޓް 2 އިވެންޓްގަ އެވެ.

ކަސްޓަމައިޒް ކުރެވޭނީ ހަމައެކަނި ސަމްސަންގް އިން ދީފަ ހުރި އޮޕްޝަން ތަކެވެ، ސަމްސަންގްއިން ދީފައި ހުރީ ވަރަށް ރީތި ކަސްޓަމައިޒް އޮޕްޝަންތަކެކެވެ. މިގޮތުން ނޫ، ދޮން، ޕިންކް، ހުދު، ނުވަތަ ކަޅު ކުލަ ފޯން ގެ ދެ ސައިޑް ގެ ބެކް ގްލާސް ގެ ކުލައަށް އިހްތިޔާރު ކުރެވޭނެ އެވެ. ދެ ސައިޑް ގެ ބެކް ގްލާސް ފިޔަވާ އެހެން ހުރިހާ ބައެއް ގައި ހުންނާނީ ކަޅު ކުލައެވެ.

ކުލަ ކޮމްބިނޭޝަން މަތިން ފޫހިވެއްޖެ ނަމަ، ބީސްޕޯކް އަޕްގްރޭޑް ކެއާ ހިދުމަތާއެކު ފީ އަކާއިއެކު ފޯނުގެ ފަހަތު ބިއްލޫރި ޕެނަލްގައި ހުރި ކުލަތައް ކުޑަ މަސައްކަތަކުން ބަދަލު ގެނެވިދާނެ އެވެ.

ސެމްސަންގުން ބުނަނީ ޕެނަލްގެ އަގުތަށް ފެށެނީ 79 ޑޮލަރުން ކަމަށާއި ނޮވެމްބަރު މަހުން ފެށިގެން މި ހިދުމަތް ލިބެން ފަށާނެ ކަމަށެވެ.ކަވަރު ސްކްރީނުގެ ސަބަބުން ފޯނުގައި ކޮންމެވެސް ކަޅު ކުލައެއް ހުންނަން ޖެހޭނެ ކަމަށާއި އެހެންކަމުން ކުލަ ކޮމްބޯ ޑިޒައިން ކުރާއިރު އެކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށް ވެސް ސަމްސަންގުން ބުނެއެވެ. މިހާރު ޒީ ފްލިޕް 3 ބީސްޕޯކް އެޑިޝަން ސަމްސަންގް ގެ އޮފިޝަލް ވެބްސައިޓް އިން ކަސްޓަމައިޒް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެެވެ.

މިގޮތަށް ސަމްސަންގްއިން ފޯން ކަސްޓަމައިޒް ކުރެވޭ އޮޕްޝަނެއް ދިނުމުގެ މައިގަޑު ސަބަބަކީ ފޯނުގެ ކުލަ ކަސްޓަމައިޒް ކުރެވުމަކީ ކަސްޓަމަރުން ވަރަށް ބޮޑަށް ގަޔާވާނެ ކަމަކަށް ވާތީވެއެވެ.


ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.