ސްޕޭސްއެކްސް ގެ ސްޓާޝިޕް އަންނަ މަހު ލޯންޗް ކުރަނީ

ހަސަން ޒަޔާން 23 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސްޕޭސް އެކްސް ގެ ސްޓާޝިޕް އަންނަ މަހު ފުރަތަމަ އޯބިޓަލް ލޯންޗުކުރުމަށް މިހާރު ތައްޔާރުވެއްޖެ ކަމަށް ސްޕޭސް އެކްސް ގެ ސީއީއޯ އީލަން މަސްކް ވިދާޅުވެއްޖެއެވެ. މިހާރު މި ސްޓާރޝިޕް ލޯންޗް ކުރަން ބޭނުންވާ ރެގިއުލޭޓަރީ ހުއްދަ ފިޔަވާ އެހެން ހުރިހާ ކަމެއް ހުރީ ތައްޔާރުގައި ކަމަށްވެސް އޭނާފާހަގަކުރެއްވިއެވެ.

ސްޕޭސް އެކްސްގެ ސްޓާޝިޕް ރޮކެޓް މިހާރު އެމެރިކާގެ ދެކުނު އިރުމަތީ ޓެކްސަސްގައި ބިލްޑްކޮށް ނިމި ފައިނަލް ޓަޗްތައް ގެންނަމުން އަންނައިރު، ލޯންޗް ޓަވަރު އިމާރާތް ކުރުމާއި، އަދި މި ސްޓަރޝިޕް ސްޕޭސް އަށް އެރުމުން ވެހިކަލަށް ބާރު ފޯރުވާނެ ވެކިއުމް ރޭޓެޑް ރެޕްޓާ އިންޖީންތައް ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ. އަދި ޓެސްޓު ވެސް ކުރެވިފައެވެ.

ވެކިއުމް ރެޕްޓަރ ޓެސްޓިންގ - ސްޕޭސްއެކްސް


މި ސްޓާޝިޕް ލޯންޗް ކުރުމަށް އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) ގެ ހުއްދަ ބޭނުންވާނެ އެވެ. އެފްއޭއޭ އަށް މައިގަނޑު ގޮތެއްގައި ސްޕޭސް އެކްސް އިން ދައްކުވައިދޭން ޖެހޭ ކަމަކީ ލޯންޗް ކުރުމުގެ މަސައްކަތް ކުރިއަށް ދިޔައިރު އެއްވެސް ކަމެއް ގޯސްކޮށް ހިނގި ނަމަ އެ ނުރައްކަލަކީ ކޮބާ ކަމާއި، އަދި މި ސްޓާޝިޕް ގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައި ވާ ކަމެވެ.

އީލޮން މަސްކް ކޮށްފައިވާ ޓުވީތެއް

ސްޕޭސް އެކްސް އިން މީ ގެ ކުރިން ވަނީ އެ ކުންފުނީގެ ސްޓާޝިޕް ޕްރޮޓޯޓައިޕްތަކުގެ ގިނަ ބާވަތްތަކެއް ޖައްވުގެ ތެރެއަށް އުދުއްސުމާށް މަސައްކަތްކޮށް ގިނަ ނާކާމިޔާބީތަކާވެސް ކުރިމަތި ލާފައެވެ. މިގޮތުން ވައިގެ ތެރެއަށް ބަޔެއް އުޅަނދުތައް ފަޅާއިގެން ގޮސްފައިވެސް ވެއެވެ.

ސްޓާޝިޕް ޓެސްޓުތަކުގައި ކާމިޔާބުތަކެއް ލިބިފައި ވީ ނަމަވެސް، އޭގެ ތެރޭގައި ދުނިޔޭގެ ޖައްވުގެ ތެރޭގައި އަދިވެސް ހުރި ހައި-އެލްޓިޓިއުޑް ފްލައިޓް ޓެސްޓްތައް ފުރިހަމަކޮށް، ކޮންޓްރޯލްޑް ލޭންޑިންއަކަށް ޖައްވީ އުޅަނދު އަނބުރާ ގެނައުން ހިމެނެ އެވެ. އަދި މިކަމަށް ވެސް ސްޕޭސް އެކްސް އިން ދަނީ ތައްޔާރުވަމުންނެވެ.

މިދިޔަ ހަފުތާގައި ޓެކްސަސްގެ ޓައުން ހޯލް ބައްދަލުވުންތަކުގައި ސަޕޯޓަރުންނާއި ފާޑުކިޔާ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް އަޑުގަދަކޮށް، އެފްއޭއޭ އާއި ސްޕޭސް އެކްސް ކުރިއަށް އޮތް ފިޔަވަޅަށް ދިޔުމުގެ ކުރިން ރިވިއުކޮށް އެޑްރެސް ކުރަން ޖެހޭނެ ކަމަށް ބުނެ ގިނަ މައްސަލަތަކެއް އުފުލައިފަ އެވެ. އެފްއޭއޭއިން ވަނީ ޓެސްޓެއްގެ ބޭނުމަށް ވަގުތީ ލައިސަންސް ދޫކޮށްގެން އަދި މިހާރު ކުރިއަށްދާ ލޯންޗް ހުއްދަތައް އަލުން ރިވިއުކޮށްގެން އޭގެ ތެރެއިން ބައެއް ކަންކަން ހައްލު ކުރެވިދާނެ ކަމަށް ބުނެފަ އެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.