މެސެންޖަރ އިން މިހާރު މުޅި ގްރޫޕަށް އޭއާރް ތަޖުރިބާ ކޮށްލެވޭ

ޢާއިޝަތު ޝައިހާ 23 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ފޭސްބުކް މެސެންޖާއިން "ގްރޫޕް އިފެކްޓްސް" ދަނީ ވީޑިއޯ ކޯލެއްގައި އުޅޭ ކޮންމެ މީހަކަށް ވެސް އެއްފަހަރާ އެއް އޮގްމެންޓެޑް ރިއަލިޓީ އެކްސްޕީރިއަންސްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ގޮތަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި އިފެކްޓްތައް މިހާރު މެސެންޖަރ ވީޑިއޯ ކޯލްތަކުގެ އިތުރުން މެސެންޖަރ ރޫމްސް ގައި ލިބެން ހުންނާނެ ކަމަށާއި، ވަރަށް އަވަހަށް އިންސްޓަގްރާމަށްވެސް މި ފީޗާސްތައް އަންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ގްރޫޕް އިފެކްޓްސް ތައާރަފު ކުރެވުނު އިރު 70 އަށް ވުރެ ގިނަ ގްރޫޕް އިފެކްޓްސް ލިބެންހުންނާނެއެވެ. އޭގެ ތެރޭގައި ވާޗުއަލް ބާގަރ އެއް ހެދުމަށް ގްރޫޕް ގެ ބައިވެރިން ވާދަކުރާ ގޭމާއި، ވާޗުއަލް އޮރެންޖް ކާޓް ސްކްރީން ފޮޓޯބޮމްބް ކުރުން ހިމެނޭއެވެ. އެއީ އެ ހިދުމަތުގައި މިހާރު ހުރި އޮގްމެންޓެޑް ރިއަލިޓީ ފީޗާސްތަކުގެ ޝިފްޓެއް އެކެވެ. ފޭސްބުކް އިން ބުނާ ގޮތުގައި ޑިވެލޮޕަރުންނަށް މި މަސް ނިމުމުން އެ ކުންފުނީގެ ސްޕާކް އޭއާރް އޭޕީއައި ބޭނުންކޮށްގެން އިތުރު ގްރޫޕް އިފެކްޓްސްތައް އުފެއްދޭނެ އެވެ.

ޝެއާޑް ގްރޫޕް އޭއާރްގެ ތަޖުރިބާތަކާ އެކު ފޭސްބުކް އިން ވަނީ މި މަހު އެ ކުންފުނީގެ ޗެޓް ހިދުމަތްތަކަށް އަންނަ ކުދި ކުދި ބަދަލުތަކާއި ސިފަތަކުގެ ކަލެކްޝަނެއް ވެސް އިއުލާނުކޮށްފަ އެވެ. އާ "ވޯޑް އިފެކްޓްސް" ގެ ސަބަބުން އައިއޯއެސް މެސެންޖާ ބޭނުންކުރާ ފަރާތްތަކަށް ވަކި ފްރޭޒެއް ބޭނުން ކުރާއިރު ޗެޓެއްގައި އެނިމޭޝަން އެއް ފެނިގެން ދިޔުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިސާލަކަށް، މިދިޔަ އޮގަސްޓް މަހު އެ ކުންފުނިން ވަނީ "ހެޕީ ބާތްޑޭ!" މި ބަސް މެސެޖުކޮށް، ޕާޓީ ޕޮޕަރ އިމޯޖީ ސްކްރީނަށް އުދުހުމަށް ތައްޔާރުކުރެވިދާނެ ގޮތް ދައްކާލާފައެވެ. އަދި ހަމަ އެއާއެކު "ސައުންޑްމޯޖީސް" އާއި އާ ޗެޓް ތީމްތައްވެސް ހިމެނޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.