ޝޯމީގެ އާ ފޯނަށް އައިފޯނާ އެއްގޮތް ފަރުމާއެއް

ޢާއިޝަތު ޝައިހާ 24 އޮކްޓޯބަރު 2021

ޝޯމީގެ ބަޖެޓް ގިންތީގެ މޯބައިލް ފޯނުތަކެއް އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އިފްތިތާހުކުރާނެ ކަމަށް އެކުންފުނިން އިއުލާނުކޮށްފިއެވެ.

ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ވެއިބޯގައި ޑިވައިސްތަކުގެ ޓީޒާއެއް ޕޯސްޓްކުރަމުން އޮފިޝަލް ރެޑްމީ އެކައުންޓުން ވަނީ އެއް ފޯނުގެ ފޮޓޯއެއް ވެސް ހިއްސާކޮށްފައެވެ. މި ފޮޓޯއިން ރެޑްމީ ނޯޓް 11 ނުވަތަ 11 ޕްރޯ ފެނިގެންދާއިރު މިފޯނުތައް މީގެކުރިން ނެރެފައިވާ ރެޑްމީ ނޯޓް 10 މައިގަނޑު ތަފާތުތަކެއް ފެނިގެންދެއެވެ.

ފޮޓޯއާއެކު ލިޔެފައިވާ ލިޔުމުގައި އާ ފޯނުތަކަށް "ހަ ބޮޑު ފަންކްޝަން ޗޭންޖެއް" ވެއެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މައިގަނޑު ހަ ދާއިރާއަކުން އަޕްގްރޭޑް ތައް އަންނާނެއެވެ. ފަރުމާއަކީ މީގެ އެއް ސިފަކަން ސާފުކޮށް އެނގޭއިރު، ގިނަމީހުންނަށް ހީވެފައި ވާނީ ޗިޕްސެޓްސް އަކީ އެހެން ބަދަލެއް ކަމަށެވެ. މި ބަދަލުތަކަކީ ކޮބައި ކަން ދެނެގަތުމަށް މާ ދުރު އިންތިޒާރުކުރާ ކަށް ނުޖެހޭނެއެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި 3 ފަހަތު ކެމެރާއާއި، 3.5 މިލިމީޓަރުގެ ހެޑްފޯން ޖެކްގެ އިތުރުން ޖޭބީއެލް ޓިއުންކޮށްފައިވާ ސްޕީކަރު މި ފޯނުގައ ހިމެނެއެވެ. ކުރިން ފާހަގަކުރި ޝައުޤުވެރި ޑިޒައިން ޑިޒިޝަންވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ހުރިއިރު ލަފާކުރެވޭ ގޮތުގައި ފޯނުހުންނާނީ ފްލެޓް ކޯނަރތަކެވެ.

އައިފޯން 12 އާއެކު އެޕަލް އިން އެ ކުންފުނީގެ ސްމާޓްފޯނުތަކަށް ފްލެޓް ކޯނަރތައް ދިނުމަށް ޝައުޤުވެރިކަމާއެކު ނިންމި އިރު، އޭގެ ސަބަބުން އަތްފައިގައި ހިފެހެއްޓުމަށް އިތުރު އުނދަގޫތަކެއް ކުރިމަތިވެގެން ދިޔަ ކަމަށާއި، މިއީ ޒަމާނުއްސުރެ ދަންނަ ފޮށިގަނަޑު ވައްތަރަށް ހުންނަ ފަރުމާއެކެވެ.

ޝޯމީ ރެޑްމީ ނޯޓް 11 އަށްވެސް ހަމަ އެ ފްލެޓް ކޯނަރސްތައް ލިބިފައި ވާތީ، ޝޯމީ ވެސް ހަމަ އެ ދިމާއަށް ދާ ތަން ފެންނަ ކަމަށް ބެލެވެއެވެ. އެއީ 2021 ވަނަ އަހަރުގެ ކުރީކޮޅު މޮޓޮރޯލާ އެޖް 20 ސީރީޒްއިން ވެސް ފެނިގެން ދިޔަ ސިފައެކެވެ.

އެހެންވީމަ މި ބަދަލު ގެންނަން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ މިއީ ދެނެގަންނަން އުނދަގޫ ކަމެއް - ފަހަރުގައި އެއީ މި ހުރިހާ ކުންފުނިތަކުން ވެސް ބޭސްމަލަން ވިއްކާ ކުންފުނިތަކުގައި ހިއްސާ ގަނެފައި، ބޭނުންކުރާ މީހުންގެ އަތް ހަލާކުކޮށްލަން ގެނައި ބަދަލެއް ބާއެވެ؟

ފަހަރުގައި، ފޯނަކަށް ފްލެޓް ފްރޭމެއް ހެދުމަކީ ފަސޭހަ ކަމަކަށް ވެދާނެ އެވެ. ނުވަތަ މޯބައިލް ފޯނު ގިނަ ދުވަހަށް ގެންގުޅެވޭނެ ގޮތް ފަހިވެގެން ދާނެ ކަމަކަށްވެސް ހަމަ ވެދާނެއެވެ. ގިނަ މީހުން ޑިވައިސްތަކުގައި ކޭސް އަޅައިގެން އުޅޭ އިރު، ފޯނެއްގެ އަސްލު އިހުސާސް އަގުވަޒަން ނުކުރެވެއެވެ. ޑިވައިސްއެއްގެ ކޯނާތަކަކީ އެންމެ ނިކަމެތި ސަރަހައްދުތަކަށް ވާތީ، ފަރުމާކުރުމަށް މި އައި ބަދަލުގެ ސަބަބުން އެ ތަންތަން ހިމާޔަތް ކުރެވިދާނެ އެވެ.

އެއަށް ވުރެ ބޮޑު ރިއަލިސްޓިކް ތިއަރީ އަކީ މި ބްރޭންޑްތަކުން މި ޚިޔާލު ނަކަލު ކުރަނީ ހަމައެކަނި އެޕަލް އިން އެކަން ކުރާތީ ކަމަށް ވެސް ވެދާނެއެވެ. 'ކޮޕީ އެޕަލް' އަކީ ޝޯމީ ގެ ހަޔާތުގެ ފުރަތަމަ އަހަރުތައް ހިންގި ގޮތެވެ.

ކޮންމެ ގޮތެއް ވިޔަސް މިއީ ސްމާޓްފޯންތަކުގައި އިތުރުވަމުން އަންނަ ޓްރެންޑެއް ކަމަށް ބެލެވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ކުންފުނިތަކުން ވެސް އެގޮތަށް އަމަލުކުރާތަން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.