އައި ފޯންގެ ސިއްރު ކޯޑްތައް އިނގޭތަ؟

އާހިލް އާސިމް އަބްދުالله 26 އޮކްޓޯބަރު 2021

އައިފޯންގައި ތަފާތު ސިއްރު ޑައިލާރ ކޯޑްތަކެއްވާކަން އިނގޭހެއްޔެވެ؟ މިކޯޑުތަކުން ތަފާތު ކަންތައްތަކުރެވެއެވެ.

އަމިއްލަ ނަންބަރު ގެއްލުވާލައިގެން މިހާރު އައި ފޯންއިން ގުޅެއެވެ. މިކަން ކުރުމަށް ހަދަންޖެހޭނެގޮތަކީ ގުޅާ ނަންބަރުގެ ކުރިއަށް *67 ޖެހުމެވެ. އޭރުން ފޯން އަންނަ ފަރާތަށް ނަންބަރެއް ނުފެންނާނެއެވެ. ފެންނާނީ "ނޯ ކޯލާރ އައިޑީ" މިހެންނެވެ.*67 ޖަހައިން މަސައްކަތް ނުކޮށްފިނަަމަ #31# ޖަހައިންވެސް މަސައްކަތްކުރާނެއެވެ.

ބައެއްފަރާތްތަކުން ނޭނގޭފަރާތްތަކުން ގުޅީމަ ފޯން އަކަށް ޖަވާބެއް ނުދެއެވެ. މިހާލަތުގައި ކޯލާރ އައިޑީ ފޮރުވައިފައި އިންނަނަމަ *82 އިން އައިޑީ ފެންނަގޮތް ހެދޭނެއެވެ.

*33* އަށް ފަހު 4 އަކުރުގެ ޕާސްވޯރޑް އެއް ޖެހުމަށްފަހު # ޖަހައިފިއްޔާ ފޯންއިން ކުރާ އައުޓްގޮއިންކޯލްތަށް ބްލޮކްކޮށްދެއެވެ. މީހެއްގެ އަތަށް ފޯންކަމަކު ދިނުމަށްފަހު އިތުބާރުުކުރުމަކީ އުނދަގޫ ކަމެކެވެ. މިހާލަތުގައި މިއީ ބޭނުންކުރެވިދާނެ ކޯޑްއެކެވެ.

ފޯންގެ ކޯލްގެ ސިގްނަލް ގެ ބާރުގަދަކަންވެސް ކޯޑްއެއް މެދުވެރިކޮށް ބެލިދާނެއެވެ. *#12345#3001* މިކޯޑް ޖަހައިން މިކަން ބަލާލެވެނެއެވެ. އެއަށް ފަހު އެލްޓީއީއަށް ސްކްރޯލް ކުރުމަށްފަހު ސާރވިން ސެލް މީސް އިޚްތިޔާރު ކުރާށެވެ. އާރްއެސްޕީއޯ އާއި އާރްއެސްޕީ 1 ކައިރީގައި އިންނަ ނަންބަރު ސެެލް ޓަވަރާއި ބެކްއަޕް ޓަވަރު ބަލާލެވޭނެއެވެ. ސުމަކާ މިނަންބަރު ކައިރިވިވަރަކަށް ސިގްނަލްގެ ކޮލިޓީ ރަނގަޅުވާނެއެވެ. މިކޯޑް ބޭނުންކުރެވޭނީ ހަމައެކަނި ކުރީގެ ( 5ޖީ ) ނުހުންނަ އައިފޯންގެ މޮޑެލްތަކަށެވެ.

ފޯންގެ އައިއެމްއީ ނަންބަރު ބެލުމަށް *06#* މިކޯޑްްބޭނުންކުރާށެވެ. އޭރުން ޑިވައިސް އިންފޯ ފެނިގެންދާނެއެވެ. އައިއެމްއީ ނަންބަރު އިންނާނީ މިލިސްޓުގެ 2 ވަަނައިގައެވެ. އަދި މީގެ އިތުރުން ކޯލް ވެއިޓިން އެނޭބަލް ކުރުމަށް #43* ބޭނުންކޮށްލެވޭނެއެވެ.

މީގެ ބަޔެއް ކޯޑްތައް ބޭނުން ކުރެވޭނީ ސަރވިސް ޕްރޮވައިޑަރ އެކަމަށް ހުރަސްނާޅާނަމައެވެ.

އާހިލް އާސިމް އަބްދުالله

އާހިލް އާސިމް އަބްދުالله

އަޅުގަނޑުގެ ނަމަކީ އާހިލް އެވެ. ޓެކްނޮލޮޖީގެ އައު ވާހަކަތަކަށް ކެތްމަދުވެފައި ހުންނަ ޒުވާނެކެވެ!

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.