ރާސްބެރީ ޕައިގެ 2 ޑަބްލިއު ބޯޑުން، އެ ބޯޑުގެ ފޯމް ފެކްޓަރ އާއި އެއްފަދަ އަސްލު ރާސްބެރީ ޒީރޯގެ ފަސް ގުނަ އިތުރު ޖޯރު ފޯރުކޮށްދެއެވެ.
ރާސްބެރީ ޕައިއިން، އޭގެ ކުޑަ ވަޔަރލެސް ޒީރޯ ޑަބްލިއު ބޯޑުގެ އާ ވައްތަރެއްކަމަށްވާ، ޒީރޯ 2 ޑަބްލިއު ތައާރަފުކޮށްފައި ވާއިރު، މި ބޯޑުގައި އަސްލު ބޯޑަށް ވުރެ މަސައްކަތް ކުރުމުގެ ގާބިލިއްޔަތު ރަނގަޅެވެ. މީގެ އަގަކީ 15 ޑޮލަރެވެ. މިއީ އެހެން ބޯޑުގެ އަގުތަކާއި އަޅާ ކިޔާއިރު ތަންކޮޅެއް ބޮޑު އަގެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. މީގައި ބޭނުންކުރެވެނީ، 35 ޑޮލަރުގެ ރާސްބެރީ ޕައި 3 ގައި ބޭނުންކުރި ފަދަ، އެހެންނަމަވެސް ކުޑަކޮށް ޑައުންކްލޮކް ކުރެވިފައިވާ ވައްތަރެއްގެ ބްރޯޑްކޮމް ޑައިއެއް ކަމަށްވާ BCM2710A1 SoC އެވެ. އަދި މިއާއެކު 512 އެމްބީގެ LPDDR2 SDRAM ވެސް ބޭނުންކުރެވިފައި ވެއެވެ. ކުރީގެ ޒީރޯއާއި އަޅާ ބަލާފައި ބޮޑުތަނުން ޕާފޯމެންސް ބޫސްޓެއް ލިއްބައިދޭ އިރު، މަލްޓިތްރެޑެޑް މަސައްކަތްތަކަށް 5 ގުނަ އާއި ހަމައަށް އަވަސްވެގެން ދެއެވެ.
ކުރީގެ ކުޑަ ކުޑަ ޒީރޯއެކޭ އެއްފަދައިން. މި ޒީރޯ 2 ޑަބްލިއުއަކީވެސް އިތުރު ކުޅަދާނަކަން ލިބިފައިވާ އެއްޗެކެވެ. މިއާއެކު 2.4 ގިގަހާޓްޒް އައިއީއީއީ 802.11 b/g/n ވަޔަރލެސް އެލްއޭއެންއަކާއި، 4.2 ގެ ބްލޫޓޫތަކާއި، 2.0 އިންޓަފެރެންސްގެ ޔޫއެސްބީއަކާއި، މައިކްރޯ އެސްޑީ ކާޑު ލައްވާ ތަނަކާއި، ކުޑަ އެޗްޑީއެމްއައި ޕޯޓަކާއި، 40 ޕިންގެ އެޗްއޭޓީ-ކޮމްޕެޓިބަލް I/O ހެޑަރ އެއްގެ އިތުރުން، އޯޕެން ޖީއެލް އީއެސް 1.1، 2.0 ގެ ގްރެފިކްސް އަދި H.264 1080 ޕީގެ އެންކޯޑު އަދި ޑީއެންކޯޑު ކުރުމުގެ ގާބިލުކަން މިއަށް ލިބިގެން ވެއެވެ.
ކުރީގެ ޒީރޯއާއި ޒީރޯ ޑަބްލިއުއާއި އެއް ސައިޒެއްކަމުން، ޒީރޯއަށް ހާއްސަ ގިނަ ކޭސްތަކާއި އެސެސަރީތައް ބަރާބަރަށް މި އާ ބޯޑުގައި މަސައްކަތް ކުރާނެއެވެ. އަދި ހަމަ އެހެންމެ، މިއަށް ޚާއްސަކޮށް ހަދާފައިވާ އާ ކޭހަކާއި ކޭބަލްތައްވެސް ހަމަ މި ބޯޑުގައި މަސައްކަތް ކުރާނެ ކަމަށް ފައުންޑޭޝަނުގެ ބްލޮގް ޕޯސްޓެއްގައި ބުނެފައި ވެއެވެ. މީގެ އިތުރުން، އެންމެ 8 ޑޮލަރަށް ލިބޭ އާ އޮފިޝަލް ރާސްބެރީ ޕައި ޒީރޯ 2 ޔޫއެސްބީ ޕަވަރ ސަޕްލައި ޔުނިޓެއްވެސް ތައާރަފުކޮށްފައި ވާއިރު، މީގެން ރާސްބަރީ ޕައި 3 ބީ އަދި 3 ބީ ޕްލަސް ވެސް ޗާޖުކުރެވޭނެއެވެ. މިހާރު މި ރާސްބެރީ ޕައި ޒީރޯ 2 ޑަބްލިއު، އިނގިރޭސިވިލާތާއި، ޔޫރަޕްގެ ގައުމުތަކުގެ އިތުރުން އެމެރިކާ، ކެނެޑާ އަދި ހޮންގ ކޮންގ ގައި 15 ޑޮލަރަށް، ނުވަތަ 13.50 ޔޫރޯއަށް ގަންނަން ލިބެން ހުންނާނެއެވެ.
އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.