އެމެރިކާއިން "ޗައިނާ ޓެލެކޮމް" ބޭރުކޮށްފި

ޢާއިޝަތު ޝައިހާ 03 ނޮވެމްބަރު 2021

އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނުން (އެފްސީސީ) "ޗައިނާ ޓެލެކޮމް" ވިޔަފާރި އެގައުމުގައި ހިންގުމުގެ ހުއްދަ ބާތިލުކޮށްފިއެވެ. މިހެން ކަންތައް ކުރުމުގެ ސަބަބެއް ކަމުގައި އެފްސީސީ އިން ބުނެފައި ވަނީ ޗައިނާގެ ކުންފުނިތަކުން އެމެރިކާގެ ސަލާމަތަށް ނުރައްކާވާ ކަމުގެ ކަންބޮޑުވުން އޮތުމެވެ.

ޗައިނާ ޓެލެކޮމް އަކީ، ޑިޓޯ ޓެލެކޮމިއުނިޓީ ކޯޕަރޭޝަންގެ 40 އިންސައްތަ ހިއްސާ އޮންނަ، އަދި ފިލިޕިންސްގައި 3 ވަނަ ޓެލްކޮމް ވިޔަފާރި އެކެވެ. އެފްސީސީއިން މި ކުންފުންޏަށް، އެތެރޭގެއާއި ބައިނަލްއަޤުވާމީ ގޮތުން ދޭ ޚިދުމަތްތަކާއި ހުރިހާ އޮޕަރޭޝަންތަކެއް ހުއްޓާލުމަށް 60 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ޗައިނާގެ އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ކުންފުނި ކަމަށްވާ، ޗައިނާ ޓެލެކޮމްއަކީ، ގާތްގަނޑަކަށް 20 އަހަރު ވަންދެން އެމެރިކާގައި ޓެލެކޮމިއުނިކޭޝަން ޚިދުމަތްތައް ދިނުމަށް ހުއްދަ ދެވިފައިވާ ކުންފުންޏެކެވެ.

އެފްސީސީގެ ބަޔާނެއްގައި އޮޅުންފިލުވައިދީފައިވާ ގޮތުގައި، ޗައިނާ ޓެލެކޮމްއަކީ ޗައިނާ ސަރުކާރުގެ ނުފޫޒު އޮންނަ، އެ ސަރުކާރުގެ ބާރުގެ ދަށުގައިވާ ކުންފުންޏެކެވެ. އެހެންކަމުން، ޗައިނާ ސަރުކާރުން އެދޭ އެދުންތަކަށް، ފުރިހަމަ ގާނޫނީ އުސޫލުތަކަށް ތަބާވުމެއް ނެތި، މަޖްބޫރުން ވިޔަސް ޗައިނާ ޓެލެކޮމްއިން އިޖާބަ ދިނުމަކީ ވުން ވަރަށް ގާތް ކަމެއް ކަމުގައި މި ބަޔާނުގައި ބުނެފައި ވެއެވެ.

އެމެރިކާގެ ރެގިއުލޭޓަރ އިން ބުނާ ގޮތުގައި، އެފަދަ "އޯނަރޝިޕްއާއި ބާރުގެ" ސަބަބުން "ގައުމީ ސަލާމަތާއި ގާނޫނު ހިންގުމުގެ ބޮޑެތި ހިރާސްތައް" ކުރިމަތިވާނެއެވެ. އަދި ޑިވިޝަންގެ އޮޕަރޭޝަން އިން ޗައިނާގެ އަމުރުވެރި ފަރާތްތަކަށް "އެކްސެސްވުމާއި، ފަހަށް ބޭނުންކުރަން ބެހެއްޓުމާއި ހުރަސްއެޅުމުގެ" ބާރު ލިބި، އެމެރިކާގެ މުވާސަލާތީ ގުޅުން ނުރައްކަލަށް ހުށަހެޅިދާނެއެވެ. މިހެން ކަންތައް ވެއްޖެ ނަމަ އޭގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށް އެމެރިކާއާއި ދެކޮޅު ހަތިޔާރެއްގެ ގޮތުގައި، އެ ލިބިގެންދާ މައުލޫމާތުތައް ބޭނުންކުރެވިގެން ދިޔުމުގެ ނުރައްކާ ބޮޑުވެގެން ދާނެއެވެ.

އެފްސީސީއިން އިތުރަށް މައުލޫމާތު ދިން ގޮތުގައި، މިހާރު އެމެރިކާގައި ޗައިނާ ޓެލެކޮމް ބޭނުންކުރާ ކަސްޓަމަރުން އެހެން އޮޕަރޭޓަރުންނަށް ބަދަލުކުރުމަށް ގައިޑްލައިންތަކެއް ކަނޑައަޅާނެއެވެ.

މިއީ، ޗައިނާ ސަރުކާރާއި ގުޅުން އޮންނަ ކަމަށް ފެންނަ އޮޕަރޭޓަރުންނާއި ދެކޮޅަށް އެފްސީސީ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފަހުން އަޅާފައިވާ ފިޔަވަޅެވެ. މި ފިޔަވަޅުތަކުގެ ސަބަބުން، މި އަހަރުގެ ކުރީ ކޮޅުގައި، ޗައިނާ ޔުނިކޮމް ވެސް ވަނީ މަނާކުރެވިފައެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.