މި ދުވަސްވަރަކީ ބޮޑެތި ޓެކް ކުންފުނިތަކުން ސްމާޓްފޯނު އުފެއްދުމަށް ބޮޑެތި ހަރަދުތަކެއްކޮށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ދުވަސްވަރެކެވެ. ނަމަވެސް މި މަސައްކަތްތަކަކީ ހުރިހާ ކުންފުންޏަކަށް ކާމިޔާބުކަމާއިއެކު ނިންމާލެވިފައިވާ ކަމެއް ނޫނެވެ. އެގޮތުން މާކެޓިންގ ރަނގަޅުނުވުމާއި، އޯއެސް މައްސަލަތަކާއި، ފެންވަރުދަށް ޑިޒައިންގެ ސަބަބުން ބައެއް ކުންފުނިތަކުގެ ސްމާޓްފޯނު ވިޔަފާރިވަނީ އަނދަވަޅަކަށް ވެއްޓިފައިއެވެ. އެގޮތުން މަޝްހޫރު 6 ކުންފުންޏެއްގެ ސްމާޓްފޯނު ވިޔަފާރި މި ލިސްޓްގައި ހިމެނެއެވެ.
1. މޮޓޮރޮއްލާ
ވަރަށް ގިނަ މީހުން ކުޑައިރު ރީތި ކުޑަ މޮޓޮރޯލާ ފްލިޕް ފޯނެއް ގެންގުޅުނު ހަނދާންހުރެދާނެއެވެ. އެގޮތުން މޮޓޮރޯލާ އަކީ އެއް އިރެއްގައި 150،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރި ސްމާޓްފޯނު އިންޑަސްޓްރީގައި މަގްބޫލު ކުންފުންޏެކެވެ.
ނަމަވެސް މީގެ 10 ވަރަކަށް އަހަރުކުރިން ސްމާޓްފޯނުތަކަށް އައި ބަދަލުތަކާއިއެކު މި ބްރޭންޑް ވަނީ ވަޅުޖެހިފައިއެވެ. އެކުންފުނީގެ މަޝްހޫރު ފްލިޕްފޯނުތަކާއިއެކު އެކުންފުނި ވަޅުޖެހިގެން ދިޔައީ ސްމާޓްފޯނު އުފެއްދުމަށްކުރި މަސައްކަތް ނާކާމިޔާބުވީ ހިސާބުންނެވެ. އެކުންފުނީގެ ސްމާޓްފޯނު ވިޔަފާރި އަޑިއަޅާލީ ވަރަށްގިނަ ސަބަބުތަކަކާއި ގުޅިގެންނެވެ. އެގޮތުން އެހެން ސްމާޓްފޯނު އުފައްދާ ކުންފުނިތަކާއި ހިލާފަށް އެކުންފުނީގެ ފޯނުތަކުގައި 3ޖީ ޓެކްނޮލޮޖީ ބޭނުންނުކުރުން ވެގެންދިޔައީ އެކުންފުނީގެ ސްމާޓްފޯނު ވިޔަފާރި ނާކާމިޔާބުވުމަށް ދިމާވި އެންމެ ބޮޑު ސަބަބަށެވެ.
ނަމަވެސް މިފަދަ އެތަށް މައްސަލަތަކެއް މިފޯނުތަކުގައި ހުއްޓަސް މޮޓޮރޯލާގެ އުފެއްދުންތަކަކީ އެހާގޯސް އުފެއްދުންތަކެއް ނޫނެވެ. އެގޮތުން ގިނަ މީހުނަށް އެފޯނުކަމުގޮސްފައިވަނީ ފޯނުގެ އަގާއި އަދި ޑިޒައިން ރަނގަޅުވުމުންނެވެ. ނަމަވެސް މި ފޯނުތަކަށް ސެމްސަންގ އަދި އެޕަލް އާއި ވާދަނުކުރެވި އެކުންފުނީގެ ސްމާޓްފޯނު ވިޔަފާރި އަޑިއަޅާލީއެވެ.
2. އެލްޖީ
އެލްޖީ ކުކީ ފޯނު ހަނދާން އެބަހުރިހެއްޔެވެ؟ މި ފޯނަކީ 2010ގެ ކުރީކޮޅު މަގްބޫލުވެގެންދިޔަ ފޯނެކެވެ. ނަމަވެސް އެލްޖީ ފޯނުތަކަކީ އޭރާއި އަޅާބަލާއިރު މިހާރު އެހާ މަގްބޫލު އުފެއްދުންތަކެއް ނޫނެވެ. މިއީ މިފޯނުތަކުގެ އެކި މައްސަލަތަކާއި ގުޅިގެން އެކުންފުންޏަށް ދިމާވި މައްސަލައެކެވެ.
އެގޮތުން ކުރުގޮތަކަށް ބުނާނަމަ ކަސްޓަމަރުންނަށް އިހްސާސްކުރެވުނީ އެލްޖީ ސްމާޓްފޯންތައް އުފައްދާފައިވަނީ އެންމެ އެކަށޭނެގޮތަކަށް ނޫނެވެ. އެގޮތުން 2015 ވަނަ އަހަރު އެކުންފުނިން ތައާރަފްކޮށްފައިވާ ފޯނުތަކަކީ އަވަސްއަރުވާލައިގެން ނެރެފައިވާ ފޯނުތަކެއްކަމަށް ވަނީ ބެލެވިފައިއެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ އެލްޖީ ޖީ4 ފޯނުގައި ހުރި ބޫޓްލޫޕް މައްސަލަތަކެވެ. މި މައްސަލަތަކުގެ ސަބަބުން އެފޯނު އަބަދު އަމިއްލައަށް ރީބޫޓްވާން މެދުވެރިވިއެވެ. މީގެ އިތުރުން އެކުންފުނީގެ ޖީ5، ވީ10 އަދި ވީ20 ފޯނުތަކުގައިވެސް މި މައްސަލަވަނީ ފާހަގަކުރެވިފައިއެވެ.
މީގެ އިތުރުން އަޕްޑޭޓްތަކަށް ދިގު އިންތިޒާރެއް ކުރަންޖެހުމާއި އާ މޮޑެލްތަކުން ފެނިގެންދިޔަ ނާއުންމީދީ މަންޒަރުތަކުން އެލްޖީ ކުންފުންޏާއިމެދު ކަސްޓަމަރުންގެ އޮތްއިތުބާރު ވަނީ ގެއްލިފައިއެވެ.
3. ނޮކިއާ
ނޮކިއާ ކުންފުންޏަކީ މޯބައިލްފޯނު ވިޔަފާރީގެ އެންމެ އުހުގައި އުޅުނު ކުންފުންޏެކެވެ. ނަމަވެސް ސްމާޓްފޯނުތަކާއިއެކު މާކެޓަށް އައިބަދަލުތަކުގައި އެކުންފުނީގެ ވިޔަފާރިވެސް ވަނީ ދަށަށްގޮސްފައިއެވެ. 2011 ވަނަ އަހަރު އެކުންފުނިން ފުރަތަމަ ތައާރަފްކުރި ސްމާޓްފޯނު ލުމިއާއަށް ކަސްޓަމަރުންގެ ފަރާތުން މާގޯސް ރިވިއުތަކެއް ނުލިބެއެވެ. އެހެންނަމަވެސް އެފޯނުގެ އިންޓަފޭސް ވެގެންދިޔައީ ބޭނުންކުރުން އުދަގޫ އެއްޗަކަށެވެ. ނަމަވެސް މިކަން ހައްލުކޮށް ނޮކިއާއިން ކުރިއަށް ދިޔައެވެ.
ކުރީކޮޅު ސެލްފޯން އިންޑަސްޓްރީގައި އެހެން ބޮޑު ނަމެއް، އެކަމަކު މާކެޓުތައް ފުރާފުރިހަމަވަމުން ދިޔަ ވަރަކަށް ފެއިލްވެގެންދިޔައެވެ. ނޮކިއާ އިން 2011 ވަނަ އަހަރު ފުރަތަމަ ލުމިއާ ސްމާޓްފޯނާއެކު ނުކުތްއިރު، މީހުންނަށް އެ ސްމާޓްފޯނު ލިބުނީ މާ ބޮޑަކަށް ނޫނެވެ. ނަމަވެސް އިންޓަފޭސް އަކީ ވަރަށް އޯވާ ކޮމްޕްލިކޭޓެޑް އަދި ގިނަ ކަސްޓަމަރުންނަށް ވަރަށް އާ އެއްޗަކަށް ވީ އެވެ.
އެކުންފުނީގެ ވިޔަފާރި އަޑިއަޅާލުމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެޕަލް އަދި ސެމްސަންގ ފަދަ ފޯނުތަކާއި ވާދަނުކުރެވުމެވެ. އެގޮތުން އެކުންފުނީގެ އޯއެސް އައުޓްޑޭޓް ވުމާއި މުހިންމު އަޕްޑޭޓްތައް އައުން ލަސްވުން ވެގެންދިޔައީވެސް އެކުންފުނީގެ ފޯނުތަށް ފެއިލްވުމަށް ދިމާވި މައްސަލައެކެވެ.
މިކަމުގެ ސަބަބުން ނޮކިއާގެ ފޯނުތަކަށް ކަސްޓަމުރުންގެ އޮތް އިތުބާރު އަދި ޝައުގުވެރިކަން ގެއްލި މޯބައިލްފޯނު ވިޔަފާރީގައި އެކުންފުނީގެ ދައުރުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިއެވެ. ނަމަވެސް އެކުންފުނިން މިފަހުން ތައާރަފްކުރި އައު އުފެއްދުންތަކާއިއެކު އެކުންފުނީގެ ރިވިއުތަށް ވަނީ ކޮންމެވެސް ވަރަކަށް ރަނގަޅުވެފައިއެވެ.
4. އެމޭޒަން
އެމޭޒަންއަކީ ހަގީގަތުގައިވެސް އީކޮމާސް ވިޔަފާރީގައި ހަރަކާތްތެރިވާންޖެހޭ ކުންފުންޏެކެވެ. އެމޭޒަންއަކީ އެތަށް ބިލިއަން ޑޮލަރެއްގެ އާމްދަނީ ލިބޭ ކުންފުންޏަކަށް ވުމުން ފަޔާ ފޯނާއިއެކު އެކުންފުންޏަށް ސްމާޓްފޯނު ވިޔަފާރީގެ ތެރެއަށް ވަނުންވީ އުގަދޫ ކަމަކަށް ނޫނެވެ. ނަމަވެސް އެކުންފުނީގެ މިއުފެއްދުން ވެގެންދިޔައީ ކާމިޔާބު އުފެއްދުމަކަށް ނޫނެވެ.
އެގޮތުން ފުރަތަމަކަމަކަށް އެމޭޒަންގެ ސްމާޓްފޯނަށް ޝައުގުވެރިވާ ބަޔަކު ނުލިބުނެވެ. އެގޮތުން އެކުންފުނީގެ ފޯނަށްވުރެ މަގްބޫލުވެގެންދިޔައީ އެކުންފުނީގެ އީކޮމާސް ވިޔަފާރިއެވެ. މީގެ އިތުރުން މިފޯނުގެ ނާކާމިޔާބާއި ގުޅިފައިވާ އެންމެ ބޮޑު ސަބަބަކީ އެހެން ފޯނުތަކާއި ހިލާފަށް މިފޯނަށް މަދު އެޕްލިކޭޝަންތަކެއް ބޭނުންކުރެވުމެވެ.
މީގެއިތުރުން މިފޯނުގެ ޑިޒައިންއަކީވެސް ކަސްޓަމަރުންނަށް އެހާ ކަމުދާ ޑިޒައިނެއް ނޫނެވެ. އަދި މިފޯނުގެ އަގުވެސް އެހެން ފޯނުތަކަށް ވުރެ ބޮޑެވެ. އެހެންކަމުން މި ފޯނުވެސް ތާރީހުގެތެރެއަށް ގޮސް ގެއްލުނީއެވެ. އަދި މީގެއިތުރުން މި ނާކާމިޔާބަށްފަހު އެމޭޒަންއިން އިތުރު ސްމާޓްފޯނެއް އުފެއްދުމުގެ މަސައްކަތްކޮށްފައިއެއް ނުވެއެވެ.
5. ގޫގުލް
ގޫގަލްއަކީ ޕިކްސެލް ފޯނާއިއެކު ސްމާޓްފޯނު ވިޔަފާރިތެރެޔަށް ވަނުމަށް މަސައްކަތްކުރާ ބިޔަ ޓެކް ކުންފުންޏެކެވެ. ނަމަވެސް އެކުންފުންޏަށް މިކަމުގައި މާބޮޑު ކުރިއެރުމެއް ލިބިފައިނުވެއެވެ. މިކަމުގެ އެންމެ ބޮޑު ސަބަބަކީ އެފޯނުގެ މާކެޓިންގ ދަށްވުމެވެ.
ގޫގަލްގެ ގިނަ ސަޕޯޓަރުންނަކީ އެންޑްރޮއިޑަށް ތާއީދުކުރާ ބަޔަކަށް ވުމުން އެކުންފުނިން އަމާޒުހިފީ ޕިކްސެލް ފޯނުވެސް އެފަރާތްތަކަށް މާކެޓްކުރުމަށެވެ. ނަމަވެސް މިކަން ނާކާމިޔާބު ވެގެންދިޔައީ މީގެ ތެރެއިން ގިނަ މީހުންނަކީ އެންޑްރޮއިޑް ބޭނުންކުރާ ސެމްސަންގއަށް ވަފާތެރި ބަޔަކަށް ވުމުންނެވެ. އެހެންކަމުން ޕިކްސެލް ފޯނު ބާޒާރަށް ނެރުމުގެ ކުރިންވެސް ގޫގަލްއަށް ލިބިފައިވަނީ ވަރަށް ދަށް ރިވިއުތަކެކެވެ. މީގެއިތުރުން ޕިކްސެލް ފޯނުތަކަށް އެކި މައްސަލަތަށް ވަނީ ދިމާވެފައިއެވެ. އެގޮތުން ކެމެރާ މައްސަލަ ޖެހުމާއި ކަނެކްޝަން މައްސަލަތައް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން މިފޯނު ބައެއް ގައުމުތަކުގައި ބާޒާރަށް ނެރެފައިވެސް ނުވެއެވެ.
ޕިކްސެލް ފޯނުތަކުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ މިފޯނުތަކަށް ލިބޭ ރިވިއުތަށް ރަނގަޅުވުމެވެ. ނަމަވެސް މި ފޯނަށް ދިމާވި މައްސަލައަކީ މި ފޯނު ގަންނާނެ ބަޔަކު ނުވުމެވެ. ފިކްސެލް ގެ ފަހުގެ ފޯނުތަކަށް ލިބެމުންދާ ތައުރީފާއިއެކު ފަހަރުގައި ގޫގަލް އަށް ސްމާޓްފޯން ބާޒާރުގައި ކުރިމަގު އެބައޮތެވެ.
6. ސޮނީ
ޓީވީ، ކެމެރާ، ހެޑްފޯން، އަދި މިނޫންވެސް ތަފާތު އެތައް ދާއިރާއަކުން ސޮނީއިން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައިއެވެ. ސޮނީ އިން ވަނީ އެކްސްޕީރިއާ ސްމާޓްފޯންތަކުގެ ރޭންޖާ އެކު ސްމާޓްފޯން އިންޑަސްޓްރީގައިވެސް ޖާގައެއް ހޯދާފައިއެވެ. ނަމަވެސް މި ފޯނުތަކަށްވެސް މާބޮޑު ޝައުގުވެރިކަމެއް ކަސްޓަމަރުންގެ ފަރާތުން ލިބިފައިނުވެއެވެ.
މިކަން މިގޮތަށް މެދުވެރިވި އެއްސަބަބަކީ އެސްޕީރިއާ ފޯނުތަކުގެ އަގުބޮޑުވުމެވެ. މީގެ އޮތުރުން ކަސްޓަމަރުން ބޭނުންވާ ބަދަލުތައް މިފޯނުތަކުން ފެނުން ލަސްވުންވެސް ވެގެންދިޔައީ މި ފޯނު ފެއިލްވުމަށް މެދުވެރިވި ސަބަބަކަށެވެ. މީގެ އިތުރުން މި ފޯނަށްވެސް އެހެން ސްމާޓްފޯނުތަކެކޭ އެއްގޮތަށް އެޕަލް އާއި ސެމްސަންގ އާއި ވާދަނުކުރެވުނެވެ. ސޮނީއަކީ ޓެކް އިންޑަސްޓްރީގެ އެންމެ އުހުގައި އުޅޭ ކުންފުންޏަކަށް ވިޔަސް މިކަންތަކާއި ގުޅިގެން ސްމާޓްފޯނު ވިޔަފާރީގައި އެކުންފުނި ވަނީ ނާކާމިޔާބުވެފައިއެވެ. އެންމެ ފަހުން ސޮނީއީން އުފައްދާފައި ވަނީ ފޯނަކަށްވުރެއް ބޮޑަށް ކެމެރާއަށް ބަރޯސާވާ ސްމާޓްފޯނެކެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް