ބަލިތައް ދެނެގަނެވޭނެ ވެއާރބަލް ޑިވައިސްއެއް އުފައްދައިފި!

އާހިލް އާސިމް އަބްދުالله 06 ނޮވެމްބަރު 2021

ޔުނިވާރސިޓީ އޮފް އެރިޒޯނާގެ ދިރާސާކުރާ ފަރާތްތަކުން ބަލިތައް ދެނެގަނެވޭނެ ފަދަ ވެއާރބަލް ޑިވައިސް އެއް އުފައްދައިފިއެވެ. މިއީ އުމުރުން ދުވަސްވީ މީހުނަށް ޚާއްސަ، އަތުގައަޅާ ގަޑިއަކަށްވުރެ ކުޑަ ފިޓްނެސް ޓްރެކަރ އެކެވެ.

މި ވެއަރބަލް މެޑިކަލް ޑިވައިސްއަކީ ވަކިލާރި އަކަށް ވުރެ ކުޑަ އަދި މީހާގެ އަތުގައި ނުވަތަ ޖީބުގައި ހުންނަ ފިޓްނަސް ޓްރެކަރ ތަކަށް ވުރެ މާ ޞައްޙަ ޑިވައިސް އެކެވެ. މި ޑިވައިސް އަކިީ ވަރަށް މަޑު، އަތުގަ އަޅާލުމުން ދެވަނަ ހަންގަނޑެއްހެން ހީވާ ޑިވައިސް އެކެވެ.

މި ޑިވައިސްގެ މައިގަނޑު އަމާޒަކީ މީހާ އަތުގައި މި ޑިވައިސް އަޅާލުމުން އެމީހާއަށް ދިމާވެފައިވާ މައްސަލަތަށް ދެނެގަތުން ކަމަށް މި ޑިވައިސް އުފެއްދުމުގެ އިސް އިންޖިނިއާރ ފިލިޕް ގަޓްރަފް ވިދާޅުވިއެވެ. މީގެ އިތުރުން މުޖުތަމައުއަށް މިޑިވައިސްގެ ސަބަބުން ވަރަށް ބޮޮޑެތި ފައިދާތަކެއް ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ޑިވައިސްގައި ހުންނަ ޓްރެކާރ އަކީ ވަރަށް ސެންސިޓިވް ޓްރެކަރެކެވެ. މީހާގެ ފިނިހޫނުމިނަށް ކިތަންމެ ކުޑަ ބަދަލެއެއް އަޔަސް މި ޓްރެކާރއިން ދެނެގަނެއެވެ. 24/7 މި ޑިވައިސްއިން ސިއްހީ މައުލޫމާތުއެއްކުރާއިރު މި އަޅައިގެން ހުންނަ މީހާއަށް މީގެ އެއްވެސް އިހްސާސްއެއް ނުކުރެވޭނެއެވެ.

އަދި މިޑިވައިސްއަކީ ޕަވާރ އައުޓްކާސްޓިމް ސިސްޓަމްއިން ހަކަތަ ހޯދައިގެން މަސައްކަތްކުރާ ޑިވައިސްއެކެވެ. މީގެ ސަބަބުން 24/7 މިގަޑި އަޅައިގެން އުޅުމަށް ފުރުސަތުފަހިވެފައިވެއެވެ.

ޔުނިވާރސިޓީ އޮފް އެރިޒޯނާ އިންދަނީ މި ޑިވައިސް ވީހާވެސް އަވަހަކަށް ބާޒާރަށް ނެރުމަށް މަސައްކަތްކުރަމުންނެވެ.

އާހިލް އާސިމް އަބްދުالله

އާހިލް އާސިމް އަބްދުالله

އަޅުގަނޑުގެ ނަމަކީ އާހިލް އެވެ. ޓެކްނޮލޮޖީގެ އައު ވާހަކަތަކަށް ކެތްމަދުވެފައި ހުންނަ ޒުވާނެކެވެ!

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.